ޔޯޔޯ ހަނީ ސިންގްގެ ލަވަ 'ޕާޔަލް' ޚާއްސަކުރީ ނޯރާއަށް

އިންޑިއާގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ޔޯޔޯ ހަނީ ސިންގްގެ ލަވަ "ޕާޔަލް"އަށް ލިބުނު ކާމިޔާބީއާ ގުޅިގެން އެ ލަވަ ޚާއްސަކުރަން ބޭނުންވަނީ ނެށުންތެރިޔާ ނޯރާ ފަތެހީއަށް ކަމަށް ބުނެފިއެވެ.

ދާދިފަހުން ހަނީ ސިންގް ކުރިއަށްގެންދިޔަ މިލިއަނަރު އިންޑިއާ ޓުއާ ކޮންސަޓްގައި އޭނާ ވަނީ މިއުޒިކް ވީޑިއޯ "ޕާޔަލް"އަށް އޮންލައިން ސްޓްރީމިންގް މެދުވެރިކޮށް 200 މިލިއަން ވިއުސް ލިބުމާ ގުޅިގެން އެކަން ފާހަގަކޮށްފައެވެ.

ސްޓޭޖްމަތީ އޯޑިއަންސާ ވާހަކަ ދައްކަމުން ހަނީ ސިންގް ބުނީ، "ޕާޔަލް" ލަވަ ޅާއްސަ ކުރަން ބޭނުންވަނީ އެ ލަވައިގައި ހަނީ ސިންގްއާ އެކު ފެންނަ ނެށުންތެރިޔާ އަދި ބަތަލާ ނޯރާއަށް ކަމަށެވެ.

މިއުޒިކް ވީޑިއޯ "ޕާޔަލް"ގެ ޝޫޓިންގްތެރޭ ނޯރާ އާއި ހަނީ ސިންގް--ފޮޓޯ/ފޭސްބުކް

ނޯރާ އަކީ މޮރޮކޯއަށް ނިސްބަތްވާ މީހަކަށްވީ ނަމަވެސް ނޯރާގެ ހިތުގައި އިންޑިއާއަށް ދެވިފައިވާ ޚާއްސަ ލޯބި ފެނި ހައިރާންވާ ކަމަށް ހަނީ ސިންގް ވަނީ ބުނެފައެވެ.

ނޯރާއާ އެކު މަސައްކަތް ކުރުމަށް ލިބުނު ކުޑަ ދުވަސްކޮޅުތެރޭ އޭނާ ހިންދީ ބަސް ދަސްކުރުމަށް ކުރާ މަސައްކަތް ވަރަށް ގާތުން ފެނުނު ކަމަށާއި ބެލުންތެރިންގެ ލޯބި ނޯރާއަށް ލިބެނީ ކީއްވެގެންކަން އެ ދުވަހު ވަޒަން ކުރެވުނު ކަމަށް ހަނީ ސިންގް ވަނީ ބުނެފައެވެ.

މި މިއުޒިކް ލަވައިގެ މަސައްކަތް ނިމުނުއިރު ދެ މީހުންނަކީ ވަރަށް ގާތް ރަހްމަތްތެރިންނަށް ވެފައިވާ ކަމަށާއި ނޯރާ އަކީ އެކީގައި މަސައްކަތް ކުރަން ވަރަށް ފަސޭހަ އާޓިސްޓެއްގެ ގޮތުގައި ހަނީ ސިންގް ވަނީ ސިފަކޮށްފައެވެ.

ނެށުމާއި އެކްޓް ކުރުމުގެ އިތުރުން މިއުޒިކީ ދާއިރާގައި ވެސް ނޯރާ އަކީ ފާހަގަކޮށްލެވޭ ފަންނާނެކެވެ. ދާދިފަހުން ފިލްމު "ބީ ހެޕީ"އިން ފެނުނު ބަތަލާގެ ކުރިއަށްހުރި ފިލްމުތަކުގެތެރޭ "ކަންޗަނާ 4" އަދި ނެޓްފްލިކްސްއިން ގެނެސްދޭ "ރޯޔަލްސް" ހިމެނެއެވެ.

comment ކޮމެންޓް