ތެލެސީމިއާ ސެންޓަރުން ޚިދުމަތްދޭ ވަގުތު 21:00އަށް އިތުރުކޮށްފި

ތެލަސީމިއާ ސެންޓަރުގެ އެތެރޭގައި ބައެއް ބަލި މީހުން ލޭ އަޅަނީ --

ފެށޭ ހަފުތާގެ އާދިއްތައިން ފެށިގެން ތެލެސީމިއާ ސެންޓަރުން ޚިދުމަތްދޭ ވަގުތު އިތުރުކުރުމަށް ނިންމައިފިއެވެ.

މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް)އިން ގެޒެޓުކޮށްފައިވާ އިއުލާނެއްގައިވަނީ އަންނަ އާދިއްތައިން ފެށިގެން އެ ތަނުން ފޯރުކޮށްދޭ ޚިދުމަތްދޭ ގަޑިތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.

އެ ގޮތުން ކޮންމެ ހަފުތާއެއްގެ ހޮނިހިރުން ފެށިގެން ބުރާސްފައްޗަށް، ހެނދުނު ހެނދުނު 08:00 އިން ރޭގަނޑު 21:00 އަށް އެ ތަން ހުޅުވާފައި ހުންނާނެއެވެ.

މި ވަގުތުތަކުގައި ޚިދުމަތްދޭ ގަޑިތަކަށް ވެސް ވަނީ ބަދަލު ގެނެސްފައެވެ. އެ ގޮތުން:

  • އެޗްބީ ބެލުމަށް ސާމްޕަލް ނެގުން: ހޮނިހިރުން ފެށިގެން ބުރާސްފަތީގެ ނިޔަލަށް 08:00 – 20:00އަށް
  • ކްރޮސްމެޗް ހެދުމަށް ސާމްޕަލް ނެގުން: ހޮނިހިރުން ފެށިގެން ބުދައިގެ ނިޔަލަށް 08:00 – 20:00އަށް
  • ކްރޮސްމެޗް ހެދުމަށް ސާމްޕަލްނެގުން: ބުރާސްފަތި ދުވަހު 08:00 – 17:45އަށް
  • ތެލަސީމިއާ ސްކްރީނިން: 08:30 – 13:00އަށް
  • ތެލަސީމިއާ ކާޑް ދޫކުރުން: 08:00 – 14:00އަށް
  • ޑޯނަރުން ގައިން ލޭ ނެގުން: 08:00 – 19:45އަށް
  • ޑޯނަރުން ގައިން އެފެރެސިސްކޮށް ލޭ ނެގުން: 08:00 – 19:30 އަށް
  • ހުރިހާ އުމުރުފުރައަކަށް ލޭ ގުޅައިދިނުން (1 ޔުނިޓް): 08:00 – 16:30އަށް
  • ހުރިހާ އުމުރުފުރައަކަށް ލޭ ގުޅައިދިނުން (2 ޔުނިޓް): 08:00 – 14:30އަށް
  • ޑޮކްޓަރުން ބެއްލެވުން: 08:00 – 20:30އަށް

ތެލަސީމިއާ ސެންޓަރުގައި ބޭނުންކުރާ ފިލްޓަރުތައް ހަލާކުވެ، ލޭ ޕެކެޓުތަކުން އިސްރާފުވާ މިންވަރު އިތުރުވާތީ ތެލަސީމިއާ ޕޭޝަންޓުންނާއި، އެ މީހުންގެ އާއިލާތަކުން ވަނީ މިދިޔަ މަހު 23ގައި މުޒާހަރާކޮށްފައެވެ. އެ މުޒާހަރާއާ އެކު ޖެހިގެން އައި ދުވަހު ރައީސް ވަނީ އެ ސެންޓަރަށް ވަޑައިގެންފައެވެ.

https://sun.mv/204013

އެ ދުވަހު ރައީސް ވަނީ އެ ތަނުގެ ހާލަތު އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފައެވެ. އެހެންވެ، އެ މަނިކުފާނަށް ފާޑުކިޔުން އަމާޒުވިއެވެ.

އެއާއެކު ރައީސް ވިދާޅުވެފައިވަނީ މަހެއް ތެރޭ ތެލަސީމިއާ ސެންޓަރުގެ މަސައްކަތް ނިންމަން، ސިފައިންނާ ހަވާލުކޮށްފައިވާ ކަމަށެވެ.

ތެލެސީމިއާ ފަރުވާ ހަރުދަނާ ކުރުމުގެ ގޮތުން ހުޅުމާލޭގައި ޖާގައިގެ ގޮތުން ވަރަށް ތަނަވަސް، އަދި ގިނަ ވަސީލަތްތަކާއެކު އައު ތެލެސީމިއާ ސެންޓަރެއް އެޅުމަށް ވެސް ސަރުކާރުން ވަނީ ނިންމައިފައެވެ.

comment ކޮމެންޓް