އިމްރާންގެ ފިލްމު 'އާވާރާޕަން'ގެ ދެވަނަ ބައެއް އުފައްދަނީ

އިމްރާން އަދި ބަތަލާ ޝްރިޔާ ސަރަން ފިލްމު "އާވާރާޕަން"ގެ މަންޒަރެއްގައި--ފޮޓޯ/ވިއޯނިއުސް

މީގެ 18 އަހަރުކުރިން ރިލީޒްކުރި ބޮލީވުޑް އެކްޓަރު އިމްރާން ހާޝްމީގެ ފިލްމު "އާވާރާޕަން"ގެ ދެވަނަ ބައެއް އުފައްދާނެކަން އެކްޓަރު އިއުލާނުކޮށްފިއެވެ.

އިމްރާންގެ 46 ވަނަ އުފަންދުވަހާ ގުޅިގެން އެކްޓަރުގެ ސަޕޯޓަރުންނަށް އުފަންދުވަހުގެ ހަދިޔާއެއްގެ ގޮތުގައި ދޭން ބޭނުންވަނީ ފިލްމު "އާވާރާޕަން"ގެ ސީކުއަލްގެ ޚަބަރު ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.

މޯހިތު ސޫރީ ޑައިރެކްޓްކޮށް މުކޭޝް ބަޓް ޕްރޮޑިއުސްކޮށްފައިވާ ފިލްމު "އާވާރާޕަން"އަކީ އިމްރާންގެ ކެރިއަރުގެ އެންމެ މަގުބޫލު އަދި ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދި ފިލްމެކެވެ.

އިމްރާންގެ އަމިއްލަ އިންސްޓަގްރާމް މެދުވެރިކޮށް މި ފިލްމު އިއުލާނުކޮށްފައި ވަނީ ހާއްސަ ޓީޒާއާ އެކުއެވެ. މި ޓީޒާގައި 2007ވަނަ އަހަރުގެ "އާވާރާޕަން"ގެ މުހިއްމު ސީންތަކާ އެކު "އާވާރާޕަން"ގެ ސީކުއަލް ބެލުންތެރިންނަށް ގެނެސްދޭނެ ތާރީޚު ވެސް ވަނީ އިއުލާނުކޮށްފައެވެ.

އިމްރާން ބެލުންތެރިންނަށް ދޫކޮށްލި ޓީޒާއިން ހާމަވާގޮތުގައި މި ސީކުލް ބެލުންތެރިންނަށް ގެނެސްދޭން ނިންމާފައި ވަނީ 2026ވަނަ އަހަރުގެ އޭޕްރިލް މަހުގެ ތިން ވަނަ ދުވަހެވެ.

https://www.instagram.com/reel/DHksRvRSRNm/?igsh=NjZwMmIzMGgxcmxs

ފިލްމު "އާވާރާޕަން"އިން އިމްރާންއާ އެކު ބަތަލާގެ ގޮތުގައި ފެނުނީ ތެލުގޫ އަދި ތަމަޅަ ފިލްމުތަކުން ބޮޑު މަޝްހޫރުކަމެއް ހޯދުމަށްފަހު ބޮލީވުޑްގެ ފިލްމުތައް ވެސް ކުޅެފައިވާ ޝްރިޔާ ސަރަންއެވެ. ފިލްމު "އާވާރާޕަން"ގެ ސީކުއަލް އިއުލާނުކުރި އިރު ފިލްމުގެ ކާސްޓުންނާ ބެހޭ މައުލޫމާތު ހާމަކޮށްފައެއް ނުވެއެވެ.

ދެހާހުގެ އަހަރުތަކުގެތެރޭ ބޮޑު މަގުބޫލުކަމެއް ހޯދި އިމްރާނު އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒްކުރި ވަޠަނީ ފިލްމު "އޭ ވަޠަން މޭރޭ ވަޠަން"އިންނެވެ.

ފިލްމު "ޓައިގާ 4"ގެ ވިލެންގެ ރޯލްއިން 2023ވަނަ އަހަރު ފެނުނު އެކްޓަރު ވަނީ މިހާތަނަށް ދެ ވެބް ސީރީސްއެއްގެ މަސައްކަތް ވެސް ކޮށްފައެވެ. އިމްރާން އަންނަނީ މި އަހަރު އިތުރު ތިން ފިލްމެއްގައި މަސައްކަތް ކުރަމުންނެވެ. މީގެތެރެއިން ދެ ފިލްމަކީ ތެލުގޫ ދެ ފިލްމެވެ.

comment ކޮމެންޓް