ފަހު ރޯދައިގައި ކަރަންޓު ބޭނުންކުރި މިންވަރު އިތުރުވެއްޖެ

މާލޭ މަގުމަތި: ފަހު ރޯދައިގައި ކަރަންޓު ބޭނުންކުރި މިންވަރު ވަނީ އިތުރުވެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރޯދަމަހުގެ ފަހު ދުވަހަށްވީ ނިމުނު ހޮނިހިރު ދުވަހު މާލޭ ސަރަހައްދުގައި ކަރަންޓު ބޭނުންކުރި މިންވަރު އިތުރުވެފައިވާ ކަމަށް މާލޭ ސަރަހައްދަށް ކަރަންޓު ފޯރުކޮށްދޭ ސްޓެލްކޯއިން މިއަދު ބުނެފިއެވެ.

އެ ކުންފުނިން ވަނީ މާލޭގައި ކަރަންޓު ބޭނުންކުރާ މިންވަރު ހާމަކުރަން ފަށާފައެވެ.

އެ ކުންފުނިން އާންމު ކުރި ހިސާބުތަކުން ފެންނަ ގޮތުގައި ރޯދަމަހުގެ ފަހު ދުވަހު އެންމެ ގިނައިން ކަރަންޓު ބޭނުންކުރި ވަގުތުގައި 103،801 ކިލޯވޯޓުގެ ކަރަންޓު ވަނީ ބޭނުންކޮށްފައެވެ. އެއީ، އޭގެ ކުރީ ހުކުރު ދުވަހު އެންމެ ގިނައިން ކަރަންޓު ބޭނުންކުރި ވަގުތަށްވުރެ އިތުރު އަދަދެކެވެ. އެ ދުވަހު އެންމެ ގިނައިން ބޭނުންކުރި ވަގުތު ބޭނުންކުރީ 98،778 ކިލޯވޯޓުގެ ކަރަންޓެވެ.

ހިސާބުތަކުން ފެންނަ ގޮތުގައި ރޯދަމަހުގެ ފަހު ދުވަހު:

  • 14:00 ގައި - 101،818 ކިލޯވޯޓުގެ ކަރަންޓު ބޭނުންކުރި
  • 15:00 ގައި - 103،653 ކިލޯވޯޓުގެ ކަރަންޓު ބޭނުންކުރި
  • 16:00 ގައި - 103،801 ކިލޯވޯޓުގެ ކަރަންޓު ބޭނުންކުރި. މިއީ އެންމެ ގިނައިން ބޭނުންކުރި ވަގުތު
  • 18:00 ގައި - 101،999 ކިލޯވޯޓުގެ ކަރަންޓު ބޭނުންކުރި
  • 21:00 ގައި - 101،008 ކިލޯވޯޓުގެ ކަރަންޓު ބޭނުންކުރި
  • 22:00 ގައި - 102،617 ކިލޯވޯޓުގެ ކަރަންޓު ބޭނުންކުރި
  • 23:00 ގައި - 102،385 ކިލޯވޯޓުގެ ކަރަންޓު ބޭނުންކުރި

އެ ހުރިހާ ވަގުތުތަކުގައި ވެސް އޭގެ ކުރީ ދުވަހު އެންމެ ގިނައިން ކަރަންޓު ބޭނުންކުރި ވަގުތަށް ވުރެ ވެސް ގިނައިން ކަރަންޓު ވަނީ ބޭނުންކޮށްފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ ހުކުރު ދުވަހު ކަރަންޓު ބޭނުންކުރި ގޮތްވީ ދަށެވެ. އަދި، ސްޓެލްކޯއިން މީގެ ކުރިން އާންމުކުރި ހިސާބުތަކުން އެނގެނީ މިދިޔަ ރޯދަމަހަށްވުރެ މި ރޯދަމަހުގެ ފުރަތަމަ ދުވަހު ކަރަންޓު ބޭނުންކުރި މިންވަރު ވެސް ދަށްވިއެވެ.

ސަރުކާރުން ވަނީ ފެން ބިލާއި ކަރަންޓު ބިލުން ވެސް ރޯދަމަހު 10 އިންސައްތައިގެ ޑިސްކައުންޓެއް ދޭން ނިންމައިފައެވެ.

comment ކޮމެންޓް