Ooredoo
Dhiraagu

ބަންގްލަދޭޝްގެ މިނިވަންދުވަސް: ރައީސް ވިދާޅުވީ ގުޅުން ކުރިއެރުވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް

ރައީސް މުއިއްޒު --- ފޮޓޯ/ މަޖިލިސް

ބަންގްލަދޭޝްގެ 54 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސް މުޙައްމަދު ޝަހާބުއްދީނަށާއި، ވަގުތީ ސަރުކާރުގެ ޗީފް އެޑްވައިޒަރު ޑރ. މުޙައްމަދު ޔޫނުސްއަށާއި، އެ ޤައުމުގެ ސަރުކާރާއި ރައްޔިތުންނަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ADK GENERAl

ދެބޭފުޅުންނަށް ވަކިވަކިން ފޮނުއްވި ސިޓީފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ރާއްޖެއާއި ބަންގްލަދޭޝާ ދެމެދު އޮންނަ ގާތް އަދި މުޙްތަރަމް ގުޅުން ހަރުދަނާކޮށްދެނީ، ސަރަޙައްދީ ސުލްޙަ މަސަލަސްކަން ދެމެހެއްޓުމާއި ފަރުދީ ފެންވަރުގައި ގުޅުންބަދަހިކުރުމާމެދު ދެ ޤައުމުން ހިއްސާކުރާ ޤަބޫލުކުރުންތައްކަމަށެވެ.

އެ މަނިކުފާނު ވަނީ، ތަފާތު ދާއިރާތަކުން އެއް ޤައުމުން އަނެއް ޤައުމަށް އެއްބާރުލުންދީ އެކުގައި މަސައްކަތްކުރުމުގައި ދެމިތިބެ، ދެ ޤައުމަށް ވެސް މަންފާ އިތުރުވާނޭ ފަދަ ގޮތެއްގައި މިގުޅުން ކުރިއަރަމުންދާނޭކަމުގެ ޔަޤީންކަން އެބައޮތްކަން ހާމަކުރައްވާފައެވެ.

ބަންގްލަދޭޝަށް މިނިވަންކަން ލިބިފައިވަނީ 1971 ވަނަ އަހަރުގެ މާރިޗު މަހުގެ 26 ވަނަ ދުވަހެވެ.

ބަންގްލަދޭޝްގެ މިނިވަންދުވަސް އިޙުތިފާލުކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ވެސް ތަހުނިޔާގެ މެސެޖެއް ހިއްސާކުރައްވާފައެވެ.

އެ މެސެޖުގައި ވެސް އެ މަނިކުފާނު ވަނީ ބަންގްލަދޭޝަށް ކާމިޔާބާ ހަމަޖެހުން އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.

Redstar
comment ކޮމެންޓް