Dhiraagu
Ooredoo

ސަން ބަދިގެ: ބަރަބޯ ބަތް

އެސްއެސްޓީވީގެ 'ދިވެހި ރަހަ' ޕްރޮގްރާމުގައި މިފަހަރު ގެނެސްދެނީ ބަރަބޯ ބަތް ތައްޔާރު ކުރާނެ ގޮތެވެ.

ADK GENERAl

ބޭނުންވާ ތަކެތި

  • ބަރަބޯ (ކުދިކޮށް ކޮށާފައި)
  • ފިޔާ
  • ލޮނުމެދު
  • ބަތް
  • ހިކިމިރުސް
  • ވަޅޯމަސް
  • ރީނދޫ
  • ތެޔޮ
  • ލޮނު
  • ހިކަނދިފަތް

ތައްޔާރުކުރާނެ ގޮތް

ފުރަތަމަ، ތެއްޔަކަށް ފިޔާ، ލޮނުމެދު، ހިކަނދިފަތް އަދި ބަރަބޯ އަޅައި އުދާށެވެ. އަދި ތެޔޮ ފޮދަކާއި ލޮނުކޮޅަކާއި ރީނދޫކޮޅެއް އަޅައި، އުނދުން ރޯކުރާށެވެ.

ބަރަބޯ ވަޅޯވާން ފެށުމުން، ކޮށާފައި ހުރި ވަޅޯމަހާއި ހިކި މިރުސްކޮޅު އަޅާލާށެވެ. ދެން، ބަރަބޯ މަޑުވަންދެން އިރުކޮޅަކަށް މަތި ޖަހައިފައި ބަހައްޓާށެވެ.

ބަރަބޯ މަޑުވުމުން ތެލީގެ ތެރެއަށް ބަތް އަޅައި އެއްކޮށްލާށެވެ. އެހާ ހިސާބުން ބަރަބޯ ބަތް ތައްޔާރުކުރެވުނީއެވެ. މި ބަތް އާންމުކޮށް ކައި އުޅެނީ ރިހާކުރު ދިޔައާއެކުގައެވެ.

Redstar
comment ކޮމެންޓް