ދިރާގު 3X3 ބާސްކެޓް ބޯޅަ މުބާރާތް ނިންމާލައިފިއެވެ.

މި މަހުގެ 13އިން މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް އެ މުބާރާތް ކުރިއަށް ޒުވާނުންގެ މަރުކަޒުގެ އައުޓްޑޯ ކޯޓުގައެވެ.
ޓައިޓަންސް ބާސްކެޓް އެކަޑަމީން އިންތިޒާމް ކުރި މި މުބާރާތަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށް ދިރާގުން ބުނެއެވެ.
ސަތޭކަ ތިން ޓީމަކުން 408 ކުޅުންތެރިން ބައިވެރިވި މި މުބަރާތުގެ މަގުސަދަކީ ބާސްކެޓް ބޯޅައަށް ޝައުގުވެރިކަން ހުންނަ ކުދިންނަށާއި ޒުވާނުންނަށް އެ ކުޅުންތެރިންގެ ހުނަރުތައް ދައްކާލައި، ތަރައްގީ ކުރުމަށް ވާދަވެރި ޕްލެޓްފޯމެއް ހޯދައިދިނުމަށް ކަމަށް ދިރާގުން ބުނެއެވެ.
ދިރާގުން ބުނީ، މި މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ އަންހެން އަދި ފިރިހެން ޑިވިޝަން ވަކިން ހަ އުމުރުފުރާއަކަށް ބަހާލައިގެން ކަމަށެވެ. އެއީ، އަށް އަހަރުން ދަށް، ދިހަ އަހަރުން ދަށް، ބާރަ އަހަރުން ދަށް، ސާދަ އަހަރުން ދަށް، ސޯޅަ އަހަރުން ދަށް އަދި، ނަވާރަ އަހަރުން ދަށެވެ.
އެކަމުގެ ސަބަބުން، ގިނަ އުމުރުފުރާތަކުގެ ކުދީންނަށް އެކުދިންގެ ހުނަރުތައް ދައްކާލުމަށް ވާދަވެރި ޕްލެޓްފޯމެއް ލިބުނު ކަމަށް ދިރާގުން ބުންޏެވެ.
މުބާރާތުގެ އެކި އުމުރުފުރާތަކުން ޗެންޕިއަންކަން ހޯދި ޓީމުތަކަކީ:
އަންހެން ޑިވިޝަން:
- 8 އަހަރުން ދަށް: ޑްރީމާސް
- 10 އަހަރުން ދަށް: އެއާ ބޯލާސް
- 12 އަހަރުން ދަށް: ވޮރިއާސް
- 14 އަހަރުން ދަށް: ފެލްކަންސް
- 16 އަހަރުން ދަށް: އާޖީލަކަށް
- 19 އަހަރުން ދަށް: ލެޕާޑްސް
ފިރިހެން ޑިވިޝަން:
- 8 އަހަރުން ދަށް: ހޮޓްވީލާސް
- 10 އަހަރުން ދަށް: ބްލޭޒް
- 12 އަހަރުން ދަށް: ބަގްސް ބަނީ ބީސީ
- 14 އަހަރުން ދަށް: ބްލޫމް ސްކުއަޑް
- 16 އަހަރުން ދަށް: ފެލްކަންސް
- 19 އަހަރުން ދަށް: ގޯޓް އެސްސީ