Ooredoo
Dhiraagu

ސަން ބަދިގެ: ބޯކިބާ

އެސްއެސްޓީވީގެ ދިވެހި ރަހަ ޕްރޮގްރާމުގައި މިފަހަރު ގެނެސްދިނީ ދިވެހިން އާންމު ގޮތެއްގައި ކައި އުޅޭ ބޯކިބާ ތައްޔާރުކުރާނެ ގޮތެވެ. ނަމަވެސް މި ފަހަރު މ. އަތޮޅުން މި ގެނެސްދެނީ ބޯކިބާ ތަފާތު ގޮތަކަށް ތައްޔާރުކުރާނެ ގޮތެވެ.

MTCC

ބޭނުންވާނެ ތަކެތި

  • ހަނޑޫ ފުށް
  • ގިތެޔޮމިރުސް (ކޮށާފައި)
  • ފިޔާ (ކޮށާފައި)
  • ހިކަނދިފަތް (ކޮށާފައި)
  • ލުނބޯ
  • ލޮނު
  • ރީނދޫ
  • ވަޅޯމަސް
  • ހުނި

ތައްޔާރުކުރާނެ ގޮތް

ފުރަތަމަ ބޯތައްޓަކަށް ފިޔައާއި މިރުހާއި ހިކަނދިފަތާއި ލޮނާއި ރީނދޫ އަޅައިލާށެވެ. އޭގެ ތެރެއަށް ލުނބޯ ފެލުމަށްފަހު އެއްކޮށްލާށެވެ. ދެން އެ ފިޔާގަނޑަށް އެއްކުރާނީ ވަޅޯމަހެވެ.

ވަޅޯމަސް ރަނގަޅަށް އެއްކުރުމަށްފަހު ދެން އަޅާނީ ހަނޑޫ ފުށެވެ. ފުށްގަނޑު ރަނގަޅަށް އެއްނުކުރެވޭނަމަ ފެން ފޮދެއް އަޅާލެވިދާނެއެވެ. މި ދެ ބައި ރަނގަޅަށް އެއްކުރެވުމުން ބޯކިބާގެ ރޯފިލުވާ ގަޑި ޖެހުނީއެވެ.

އާންމު ގޮތެއްގައި ބޯކިބާ ފިހެނީ ތަވައެއްގައި ނުވަތަ އަވަނުގައި ކަމަށްވީ ނަމަވެސް މިފަހަރު ތައްޔާރުކުރަނީ ތެއްޔެއްގައެވެ. އެގޮތުން ތެޔޮފޮދެއް ހާކާލުމަށްފަހު ތެލި އުދައި، އުނދުން ރޯކޮށްލާށެވެ.

ތެޔޮ ހޫނުވުމުން އުނދުން ނިއްވާލާނީއެވެ. ނިއްވާލުމަށް ފަހު ބޯކިބާ ފުށްގަނޑު އަޅައި، ތެލީގައި ފަތުރާލާާށެވެ.

އެއަށްފަހު، ތެލީގައި ދަގަނދު މައްޗެއް އަޅައި، ރޯކޮށްފައިހުރި ބޮނބި އޭގެ މައްޗަށް އަޅަނީއެވެ. ބޯކިބާ ފިހެން ނަގާނީ ގާތްގަނޑަކަށް 30 މިނެޓެވެ. އެހާ ވަރަށް ގިނައިރު މަޑުކޮށްލުމަށްފަހު މަތި ނަގައި، ތެލި ބަހައްޓާނީ ރޯކޮށްފައި ހުރި ބޮނބީގެ މަތީގައެވެ. އެގޮތަށް 20 މިނެޓު ބެހެއްޓުމަށްފަހު ނަގާއިރު ބޯކިބާ ހުންނާނީ ތައްޔާރުވެފައެވެ.

Redstar
comment ކޮމެންޓް

comment ކަނަކް

1 week 8 hour ago

ކަމުދާ އެއްޗެއްނޫން އެއްވެސް އެއްޗެއް އަޅަންވީ ވަރެއް ބުނެ ނުދޭ. ކިހާ ހަނޑޫ ފުށެއް ކަމެއް ، ވަޅޯމަސް ކިހާވަރެއް ކަމެއް ޢެއްޗެއް ހަމަ ލިޔިނަކަސް ކަމަކު ނުދާނެ މާލެއިން ވިޔަސް ރާއްޖެތެރެއިން ވިޔަސް އަޅަންވީ މިންގަނޑުތައް އެނގެން ޖެހޭނެ

comment އައްޓަމަސް

1 week 20 hour ago

މީ ރަށްރަށުގަ ބޯކިބާ ފިހޭނެ ގޮތް ދޯ؟ ބޮނބި ތެލީ މައްޗަށް އަޅައި ފިހޭނެ ގޮތަށް މާލޭގައި ބަދިގެތައް ހުންނަހެން ހީނުވޭ. މާރަނގަޅުވީސް، އަޑި ފިހެވުނީމަ ގްރިލް އޮންކޮށްފަ 10 މިނިޓްއަށް އަވަނަށް ލާން ބުނެލިނަމަ! ރަަށްރަށުގަވެސް މިހާރު ބޭނުންކުރަނީ އަވަންއާ ގްރިލް!