ހެޕިނެސްޑޭގެ އުފަލުގައި އުރީދޫ މާކުންބޭއާ ވާހަކަ ދައްކައިގެން ހިލޭ ކޮފީއެއް ހީދުމުގެ ފުރުސަތު އުރީދޫން މިއަދު ހުޅުވައިލައިފިއެވެ.
މިކަމާ ގުޅިގެން އުރީދޫން "ސަން"އާ މައުލޫމާތު ހިއްސާކުރަމުން ބުނީ، މިމަހުގެ ފޯލްކް ކެރެކްޓާގެގޮތުގައި ކަނޑައަޅާފައިވަނީ މާކުންބެކަމަށެވެ. އެގޮތުން މާކުންބެއާ ވާހަކަ ދައްކައިގެން ހުޅުމާލެ ކާނި މަގުގައި ހުންނަ ލަޔާ ކެފޭއިން 1000 މީހުންނަށް ކޮފީ ލިބޭނެކަމަށް އެ ކުންފުނިން ބުންޏެވެ.
ކޮފީ ހޯދުމަށް ލިންކެއް މެދުވެރިކޮށް މާކުންބެއަށް މެސެޖް ކުރެވޭނެއެވެ. އެގޮތުން މާކުންބެއާ ޗެޓް ކުރުމުން ފޯން ނަންބަރު ދިނުމަށް ބުނާނެއެވެ. އަދި ފޯން ނަންބަރު ދިނުމުން ޓެކްޓް މެސެޖެއް ގޮތަށް މެސެޖްއެއް އަންނާނެއެވެ.
ފޯނަށް އަންނަ ކޮންފަމޭޝަން މެސެޖް ލަޔާ ކެފޭ ކައުންޓަރަށް ދައްކާލުމުން ކޮފީލިބޭނެއެވެ. ކޮންމެ ނަންބަރަކަށް ލިބޭނީ އެއް ކޮފީއެވެ.