Ooredoo
Ooredoo

ގޫގުލް މެސެޖަށް "ޑިލީޓް ފޯ އެވްރީވަން" ފީޗާ ތައާރަފުކުރަނީ

ގޫގުލް މެސެޖަސްއަކީ އެންޑްރޮއިޑް ފޯނުތަކަށް ޚާއްޞަ އެޕެއް --

އެންޑްރޮއިޑް ފޯނުތަކުގައި ބޭނުންކުރާ ގޫގުލް މެސެޖް އެޕްލިކޭޝަނަށް "ޑިލީޓް ފޯ އެވްރީވަން" ފީޗާ ތައާރަފުކުރަން މަސައްކަތްކުރަމުންދާ ކަމަށް ޓެކް ރިޕޯޓެއްގައި ބުނެފިއެވެ.

MTCC

މި ފީޗާއަކީ ފޮނުވާފައިވާ މެސެޖެއް ފަހުން ޑިލީޓް ކޮށްލަން ބޭނުން ވެއްޖެނަމަ އެންމެންގެ ފޯނުތަކުން ވެސް ޑިލީޓްކުރެވޭނެ ފީޗާއެކެވެ.

އެންޑްރޮއިޑް އޮތޯރިޓީގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، މި ފީޗާ ފެނިފައިވަނީ ގޫގުލް މެސެޖަސް އެޕްގެ ބީޓާ ވާޝަންގެ އޭޕީކޭ ޓިއާޑައުންއަކުންނެވެ. މި ފީޗާ ތަޢާރަފުކުރެވުމުން، މެސެޖެއް ފޮނުވުމަށްފަހު އެ މެސެޖު ޑިލީޓްކުރަން ބޭނުންވާނަމަ، އެ މެސެޖު ފޮނުވި ފަރާތަށާއި ލިބުނު ފަރާތަށް ވެސް ނުފެންނަ ގޮތަށް ޑިލީޓްކުރެވޭނެއެވެ.

މި ފީޗާ ބޭނުންކުރުމުން، މެސެޖެއް ޑިލީޓްކުރާއިރު ދެ އޮޕްޝަނެއް ދައްކާނެ ކަމަށް ބެލެވެއެވެ. އެއީ "ޑިލީޓް ފޯ އެވްރީވަން" އަދި "ޑިލީޓް ފޯ މީ"އެވެ. ނަމަވެސް، "ޑިލީޓް ފޯ އެވްރީވަން" އޮޕްޝަން ބޭނުންކުރެވޭނީ އާރްސީއެސް (ރިޗް ކޮމިއުނިކޭޝަން ސާވިސަސް)އަށް ގެނެވިފައިވާ އެންމެ ފަހުގެ ބަދަލުތަކާ އެއްގޮތްވާ ޑިވައިސްތަކުގައި ކަމަށް ބެލެވޭ ކަމަށް އެ ރިޕޯޓްގައ ބުނެފައިވެއެވެ.

ޑިލީޓްކުރެވޭ މެސެޖުތަކުގެ ބަދަލުގައި "މެސެޖު ޑިލީޓްކުރެވިއްޖެ" މިފަދަ ލޭބަލެއް ފެންނާނެ ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ. އަދި މެސެޖު ޑިލީޓްކުރާއިރު ދައްކާ ޕޮޕްއަޕް ވިންޑޯގައި، އެޕްގެ ކުރީގެ ވާޝަން ބޭނުންކުރާ ފަރާތްތަކަށް ޑިލީޓްކުރެވުނު މެސެޖު ފެނިދާނެ ކަމަށް އަންގައިދޭނެ ކަމަށް ވެސް ބެލެވެއެވެ.

މި ފީޗާ ތަޢާރަފުކުރެވުމުން، ޓެލެގްރާމް އަދި ވަޓްސްއެޕް ފަދަ އެހެން މެސެޖިން އެޕްލިކޭޝަންތަކުގައި ހުރި "ޑިލީޓް ފޯ އެވްރީވަން" ފީޗާއާ އެއްގޮތް ފީޗާއެއް ގޫގުލް މެސެޖަސްއިން ވެސް ލިބިގެންދާނެއެވެ. ނަމަވެސް މި ފީިޗާ ރަސްމީކޮށް ތަޢާރަފުކުރާނެ ތާރީޚެއް އަދި އިޢުލާނުކޮށްފައެއް ނުވެއެވެ.

ގޫގުލް މެސެޖަސްއަކީ އެންޑްރޮއިޑް ފޯނުތަކުގައި ޑިފޯލްޓް މެސެޖިން އެޕްލިކޭޝަންގެ ގޮތުގައި ބޭނުންކުރެވޭ އެޕެކެވެ. މި އެޕް ވަނީ ފާއިތުވި އަހަރުތަކުގައި ގިނަގުނަ ބަދަލުތަކަކާއެކު ތަރައްޤީވެފައެވެ. ޚާއްޞަކޮށް އާރްސީއެސް ޓެކްނޮލޮޖީ ތަޢާރަފުކުރުމާއެކު، މި އެޕްގެ ބޭނުންތެރިކަން އިތުރުވެފައިވެއެވެ.

އާރްސީއެސްގެ ސަބަބުން ޓެކްސްޓް މެސެޖުތަކުގެ އިތުރުން ފޮޓޯ، ވީޑިއޯ އަދި އޯޑިއޯ ފަދަ މީޑިއާ ފައިލްތައް ވެސް ފޮނުވުމުގެ ޤާބިލުކަން ލިބިގެންދިޔައެވެ. އަދި މިހާރު ތަރައްޤީކުރަމުންދާކަމަށް ބުނެވޭ "ޑިލީޓް ފޯ އެވްރީވަން" ފީޗާއަކީ މި އެޕްގެ ބޭނުންތެރިކަން އިތުރަށް ފުޅާކޮށްދޭނެ ކަމެއްގެ ގޮތުގައި ބެލެވެއެވެ.

Redstar
comment ކޮމެންޓް