ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގާނޫނުގެ ދަށުން ނ. އަތޮޅުގައި މުއްސަނދިންނަށް ޚާއްސަ ޚިދުމަތްތައް ގާއިމްކުރުން ހިމެނޭ ޓައުންޝިޕް ޕްރޮޖެކްޓެއް ހިންގަން އިކޮނޮމިކް މިނިސްޓްރީން މިއަދު ހުއްދަ ދީފިއެވެ.
އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައިވަނީ މި ހުއްދަ ދީފައިވަނީ ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން ހުށަހެޅި އެޕްލިކޭޝަން ދިރާސާކުރުމަށްފަހު އެ ކުންފުންޏަށް ކަމަށެވެ.
"ޕްރޮޖެކްޓް އޭލާ"ގެ ނަމުގައި ކުރިއަށްގެންދާ މި ޕްރޮޖެކްޓަށް ދީފައިވަނީ ނ. އަތޮޅު ދިގުފަރު ފަޅުުގައި އޮންނަ ދެ ރަށް ކަމަށްވާ ދެކެނަންފަރާއި ކުރަމާދޫއެވެ.
މި މަޝްރޫއުގެ ތެރެއިން މައިގަނޑު ގޮތެއްގައި ތަރައްގީކުރާނީ މަތީފަންތީގެ ރިއަލްއެސްޓޭޓް ޕްރޮޕަޓީތަކެވެ. ހަމައެއާއެކު ދުނިޔޭގެ މަތީފެންވަރުގެ ސިއްހީ ޚިދުމަތްތައް ވެސް ގާއިމްކުރާއިރު މި ޓައުންޝިޕަށް ބޭނުންކުރާ 60 ޕަސެންޓު ކަރަންޓަކީ އިއާދަކުރަނިވި ހަކަތައަށް ވާނެކަމަށް ބުނެފައެވެ.
މީގެ އިތުރުން ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި ޒަމާނީ ދަނޑުވެރިކަމާއި، މަސްވެރިކަމުގެ ވަސީލަތްތައް ގާއިމްކޮށް، މުއްސަނދިން އެ ތަނަށް އަންނާނެ ފަދަ މަތީ ފަންތީގެ ހައުސިންއާއި، ތައުލީމީ އަދި ސިއްހީ ޚިދުމަތްތައް ވެސް ގާއިމްކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.
މި މަޝްރޫއުގެ ފުރަތަމަ ހުއްދައާއެކު 180 ދުވަހުގެ ތެރޭ، ފީސިބިލިޓީ އެސެސްމަންޓާއި، އިންފްރާސްޓްރަކްޗާ މާސްޓާޕްލޭނާއި، އިންޖިނިއަރިން އަދި ތިމާވެށީގެ ދިރާސާ އަދި ތަފްސީލީ ވިޔަފާރި ޕްލޭނެއް ވެސް ހުށަހަޅަން ޖެހެއެވެ. މީގެ އިތުރުން ރިއަލްއެސްޓޭޓާއި، ސިއްހީ ޚިދުމަތާއި، ދެމެހެއްޓެނިވި ހަކަތަ ބޭނުންކުރާނެ ގޮތާއި، ކާބޯތަކެތީގެ ރައްކާތެރިކަން ޔަގީންކުރާނެ ގޮތުގެ ޕްލޭން ވެސް ހުށަހަޅަން ޖެހެއެވެ.
އަދި އެ ތަނުގައި މަސައްކަތް ކުރާނެ މީހުންގެ ދުޅަހެޔޮކަން ކަށަވަރުކުރަން ކުރާނެ ކަންކަމުގެ ޕްލޭން ވެސް އިކޮނޮމިކް މިނިސްޓްރީއަށް ދޭންޖެހެއެވެ.
އެއާއެކު އިކޮނޮމިކް މިނިސްޓްރީން ބުނީ މި ހުއްދައަކީ އެސްއީޒެޑު ގާނޫނުގެ ދަށުން މަޝްރޫއު ހިންގަން ބޭނުންވާ ދިރާސާތައް ކުރަން ދިން ހުއްދައެއް ކަމަށާއި، އަދި ކުރިއަށް ހުރި މަޝްވަރާތަކާއެކު ކުރިއަށް ދާން އެޅުނު ފުރަތަމަ ފިޔަވަޅު ކަމަށެވެ.
comment އަހުމަދު
4 week 6 day ago
އަނެއްކާ އަނެއް ބަންކަރިންގެ ޚިދްތްމިފެށެނީ.. ތާސްކުޅުން އިރުއޮއްސޭ ތަނާއި އަރާތަން ބެލުން . ފޮތްކިޔުން.. ކަހަލަ...
comment ޝަމް
4 week 6 day ago
މުއްސަނދިން އިހަށް ބަހައްޓާފަ ބޯހިޔާވަކަން ނުލިބި ތިބި ރައްޔިތުންނަށް ފުލެޓާއި ގޯތިދޭށެވެ. ވެރިކަމަށް އަހަރެއް ވެގެން ދިޔަ އިރުވެސް ހަރުދަނާ ގޮތުގައި ގައުމަށް ފައިސާ ވަންނާނެ އައު ރަނގަޅު އިންޑަސްޓުރީއެއް ނުވަތަ ދާއިރާއެއް ނުއުފައްދާތިބެފަ ކުއްލިއަކަށް މުއްސަނދިންގެ ސަހަރެއް ތިއުޅެނީ ފެނިގެން. ތިގޮތަށް ރަސްމާލެ ކިޔާ ހިއްކުމެއްވެސް ފެށި، އެޔަކުން އަދި އެންމެ ލޯލާރިއެއްވެސް ދައުލަތަށް ނުވަންނާނެއެވެ. ކުރެވުނީ ބޮޑު ޚަރަދުގަނޑަކާއި ވަގުތު ތަކެއްގެ އިސްރާފެކެވެ. އެއީ މިއަދު މިވަގުތާއި ހާލަތާއި ގުޅޭ މަޝްރޫއެއްވެސް ނޫނެވެ. އަދި ރާއްޖެއަށް ބައިނަކް އަގުވާމީ ބޭންކުން ދީފައިވާ ލަފާއަކާއިވެސް ގުޅޭ މަޝްރޫއެއް ނޫނެވެ. ކަންކަން ކުރަން އުޅެނީ ދިމާ އިދިކޮޅަށްހެންވެސް ހީވާ ފަހަރު މަދެއް ނޫނެވެ.
comment ދިލްސާ
4 week 6 day ago
ނެތްކަމެއްތަގުދީރުގާ ވާކައްނުވެސްއޮންނާނޭބުނާހެން ތިމީހުން ކިއަވައިގެންލިބުނު ސެޓްވިކެޓެއް އޮތްހެންހީނުވޭ ބަންކަރިންހިދުމަތްދޭންއުޅުނީ ބޮއްކުރާ ފަހަރައްތެލާފެނާއަޅައިގެން
comment ސަމް
4 week 6 day ago
ސައިދު ހީކުރަނީ ދުނިޔޭގަ ތިބި މުއްސަނދިން މިތާގައި މި ތާކުންތާކު ނުޖެހޭ އިގްތިސޯދުގެ ތެރެއަށް އެމީހުންގެ ފައިސާ އަޅާނެކަމަށްތޯ.؟ މިތަނަކީ މިއީ ދުނިޔޭގެ އެންމެ ރަނގަޅު ހެލްތުސާރވިސްތަކާއި ސުކޫލުތަކާއި އެޔާޕޯޓު ތަކާއި ބޭންކިން ސިސްޓަމްއަދި ލޮޖިސްޓިކް އޮތް ގައުމުތޯ މުއްސަނދިން މިތަނަށް އައިސް ދިރިއުޅެން ބޭނުންވާނެ. މިތާ އެކަނިތޯ ބީޗްސައިޑް ޕުރޮޕަޓީތަށް އޮތީ.؟ ތިއީ އެއްވެސް ހަރުދަނާ އަސާސްތަކެއްގެ މައްޗަށް އުފައްދައިގެން އުޅޭ ކަންކަމެއް ނޫންކަން އެބަ ވިސްނޭ އިނގޭތޯ. މިއީ ފޭކު ވާހަކަ ދައްކަން އޮތް ވަގުތެއްނޫން.
comment އަހަންނާދީ
4 week 6 day ago
ތީ ހުސް ވާހަކަ. ބަންކަރިން ކަހަލަ ފެއިލްޑް ޕްރޮޖެކްޓަކަށް ތި ވާނީ.. ލާރިކޮޅެއް ނަގައިގެން 2 ރަށް ވިއްކާލީ ކަމަށް ވާނީ.
reply އަހައްމާ
4 week 6 day ago
ހެޔޮކޮށް ތިބުނީ.