ޓެކްނޮލޮޖީ ކުރިއަރުވަން އުރީދޫން ރާއްޖޭގައި ކުރާ އިންވެސްޓްމަންޓުތައް ކުރިއަށް ގެންދާނަން: ޚާލިދު

އުރީދޫ މޯލްޑިވްސްގެ ސީއީއޯ ހާލިދު އަލް ހަމާދީ

ދިވެހިންގެ ޑިޖިޓަލް ދިރިއުޅުން ކުރިއެރުވުމަށް އުރީދޫ މޯލްޑިވްސްއިން ކުރިއަށް އޮތްތަނުގައި ވެސް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އެ ކުންފުނީގެ ސީއީއޯ ޚާލިދް އަލް ހަމާދީ ދެއްވައިފިއެވެ.

އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުން ޚާލިދު ވަނީ ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަނަށް އުރީދޫން އަބަދުވެސް އިންވެސްޓްކުރުމަށް ކުރާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައިފައެވެ.

އެގޮތުން ކަނެކްޓިވިޓީ އިތުރަށް ހަރުދަނާކުރުމަށާއި އީޖާދީ ޑިޖިޓަލް ހައްލުތައް ތައާރަފުކުރުމާއި އައިއޯޓީގެ ގާބިލްކަން ފުޅާކޮށް ޓެކްނޮލޮޖީގެ ޒަރިއްޔާއިން މުޖުތަމައުތައް ބާރުވެރި ކުރުވުމަށް ރާއްޖޭގައި ކުރާ އިންވެސްޓްމަންޓްތައް ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ، ޑިޖިޓަލް އެކްސެސްގެ ސަބަބުން އިޤްތިޞާދީ ކުރިއެރުމާއި، އިޖްތިމާޢީ ކުރިއެރުމަށް މަގުފަހިކޮށްދޭ، މުސްތަޤްބަލަށް ތައްޔާރުވެފައިވާ ޑިޖިޓަލް ރާއްޖެއެއް އުފެއްދުން." ޚާލިދު ވިދާޅުވިއެވެ.

އުރީދޫ މޯލްޑިވްސްއަކީ ރާއްޖޭގެ ޑިޖިޓަލް ކުރިއެރުމުގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ އެއް ކުންފުންޏެވެ.

އެގޮތުން އެ ކުންފުނިން ދަނީ އިނޮވޭޝަނާއި ކަސްޓަމަރުންގެ ތަޖުރިބާއަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދީގެން އެ ކުންފުނީގެ ނެޓްވޯކް އިންފްރާސްޓްރަކްޗާ ހަރުދަނާކޮށް، އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކުގެ ބޭނުންތައް ފުއްދައިދޭ ޑިޖިޓަލް ޚިދުމަތްތައް ތައާރަފު ކުރަމުންނެވެ.

ސްޓްރެޓެޖިކް ޕާޓްނާޝިޕްތަކާއި ޓެކްނޮލޮޖީގެ ކުރިއެރުންތަކުގެ ތެރެއިން، ޑިޖިޓަލް އިންކްލޫސިވް މުޖުތަމައެއް ބިނާކޮށް، ދުނިޔޭގެ ފެންވަރުގެ ޑިޖިޓަލް ތަޖުރިބާތަކާއި ފުރުސަތުތައް ދިވެހިންނަށް ހޯދައިދިނުމަށް އުރީދޫ މޯލްޑިވްސް އިން އަބަދުވެސް މަސައްކަތް ކުރާކަމަށް އެ ކުންފުނިން ބުންޏެވެ.

ގުޅޭ ޓެގު
comment ކޮމެންޓް