އެއަ ފްރަޔަ: ރޯދަ މަހު އެންމެ ގިނަ ބައެއްގެ ބަދިގޭގެ އެކުވެރިޔާ

އެއަ ފްރަޔަ އަކީ އެއާނުލާ ބަދިގެ ފުރިހަމަ ނުވާ އެއްޗެއް ކަމަށް ގިނަބަޔކު ދެކޭ--ފޮޓޯ/ޕިންޓްރެސްޓް

ސިއްހަތަށް ފައިދާހުރި ގޮތަކަށް ކެއުން ބައްޓަން ކުރުމަށް އަޅުގަނޑުމެން ހާއްސަ ސަމާލުކަމެއްދޭ މި ރޯދަ މަހު އެންމެ ގިނަ ބަޔަކު ގެއަށް ގަނެފައިވާ އެކައްޗަކީ ފެންވަރު ރަނގަޅު އެއަ ފްރަޔައެކެވެ.

އެއަ ފްރަޔަ އާއްމުގޮތެއްގައި ބޭނުން ކުރަނީ ޑީޕް ފްރައިކޮށްފައި ހުންނަ ކެއުންތަކުން ދުރުހެލިވެ ވީހާ ވެސް މަދުން ތެޔޮ ބޭނުންކޮށްގެން ކާނާ ތައްޔާރު ކުރުމަށެވެ.

ސިއްހީ ކެއުންތަކަށް އިސްކަން ދިނުމަށް އާއްމުން ހޭލުންތެރިކުރުވުމަށް ތަފާތު އެކި ޕްރޮގްރާމްތައް ހިންގަމުން އަންނައިރު އެންމެ ގިނަ ބަޔަކު އިސްކަމެއްދެނީ ވެސް ތެލުގެ ބާވަތްތަކުން ދުރުހެލިވުމަށެވެ. އެކަމުގައި އެންމެ ބޮޑު އެހީތެރިކަމެއް ލިބޭ އެއް ވަސީލަތަކީ ގެއަށް ގަންނަ އެއަ ފްރަޔައެވެ.

ހަމައެކަނި މި ރޯދަ މަހަށް ބަލައިލިކަމުގައި ވިޔަސް ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ގިނަ ބަޔަކު އެއަ ފްރަޔައެއް ގަނެފައިވާކަން ސޯޝަލް މީޑިއާއަށް ބެލިކަމުގައި ވިޔަސް އެނގެއެވެ.

ކުކުޅު އަދި އެކި ކަހަލަ ތަރުކާރީ ގްރިލްކޮށްލުމަށް ވެސް އެންމެ ރަނގަޅީ އެއަ ފްރަޔަ ކަމަށް ޑައިޓީޝަނުން ލަފާދޭ--ފޮޓޯ/އެޕިކިއުރިއަސް

ބައެއް ފިހާރަތަކުގައި ރޯދަ މަހާ ދިމާކޮށް ހެޔޮ އަގުގައި އެއަ ފްރަޔަ ލިބެން ހުރިއިރު މިއީ ކުރިއާ ޚިލާފަށް ބޮޑު އަގުގައި ލިބެން ހުންނަ އެއްޗެއް ނޫން ކަމަށް ވެސް ބައެއް މީހުން ފާހަގަކުރެއެވެ.

ރެޖިސްޓަޑް ޑައިޓީޝަން އަދި ފިޓްނެސް ޕްރޮފެޝަނަލިސްޓެއް ކަމަށްވާ ޖެރެޑް މީޗަމްގެ ލިޔުމެއްގައި ބުނެފައި ވަނީ، ޑީޕް ފްރައިކޮށްފައި ކާނާގެ ބާވަތަށް ވުރެ އެއަ ފްރަޔާ ބޭނުންކޮށްގެން ތައްޔާރުކުރާ ކެއުންތަކުގައި ފެޓް އެކުލެވޭ މިންވަރު މަދު ކަމަށެވެ.

އެހެންކަމުން އެއީ ސިއްހަތަށް އެކަމުން ހެޔޮ އަސަރު ކުރާނެ ކަމެއް ކަމަށް ޑައިޓީޝަން ޖެރެޑްގެ ލިޔުމުގައި ފާހަގަކޮށްފައިވެއެވެ. އާއްމުގޮތެއްގައި އެއަ ފްރަޔަ ބޭނުން ކުރަނީ، އެކި ވައްތަރުގެ މަހުގެ ބާވަތްތައް ފިހެލުމަށާއި ނުވަތަ މުރަނަކޮށް ކުޑަ ތެޔޮކޮޅެއް ބޭނުންކޮށްގެއް ތައްޔާރުކުރުމަށެވެ.

އެގޮތުން ޗިކަން ނަގެޓްސް، ޗިކަން ވިންގްސް، އެކި ވައްތަރުގެ ކޭކު ނުވަތަ ޕިއްޒާ ރޯލް ފަދަ ބާވަތްތައް ފިހެލުމަށް ވެސް އެއަ ފްރަޔަ ބޭނުންކުރެއެވެ.

ހަމައެއާއެކު ކެއުމުގެ ކުރިން ކާތަކެތި ހޫނުކޮށްލުމަށް ވެސް މިވަރެއް ނެތް ކަމަށް ދާދިފަހުން އެއަ ފްރަޔަ ގަނެގެން ބޭނުންކުރަން ފެށި ރަހްމަތްތެރިއަކު ވަނީ ބުނެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު