ސަން ބަދިގެ: ޗީޒް އެންޑް ޕޮޓޭޓޯ ޕައި

ރޯދަމަހު ޕައިއެއް ނަހަދައި ނިންމައިނުލެވޭނެއެވެ. މިފަހަރު މިއީ ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ވެސް މީރުވާނެ ޕައިއެކެވެ.

ބޭނުންވާ ތަކެތި:

  • 1 ކިލޯގެ އަލުވި (ބޮޑުކޮށް ކޮށާފައި)
  • 25 ގުރާމް ބަޓަރު
  • 250 މިލިލީޓަރު ކިރު
  • 1 ސައިސަމުސާ މަސްޓަޑް
  • 255 ގުރާމް ޗެޑާ ޗީޒް
  • 6 ސްޕްރިންގް އޮނިއަން
  • 1 ބިސް
  • ލޮނާއި ބްލެކް ޕެޕާ

ތައްޔާރު ކުރާނެ ގޮތް:

ބޮޑު ތެއްޔަކަށް އަލުވި އަޅައި، އަލުވީގެ މަތިން އަރާވަރަށް ފެން އަޅައިލާށެވެ. އޭގެ ތެރެއަށް 1 ސައިސަމުސާގެ ލޮނު ވެސް އަޅައިލާށެވެ.

އަލުވި 12-15 މިނެޓަށް ކައްކައި، މަޑުކުރާށެވެ. އެއަށްފަހު ފެން ހުސްކުރުމަށްފަހު، އަލުވި ހިހޫ ވަންދެން ބަހައްޓާށެވެ.

އަވަން 190 ޑިގްރީގައި ޕްރީހީޓް ކުރަން ޖައްސާލާށެވެ. އަދި ބޭކިން ޑިޝްއެއްގައި ބަޓަރު ހާކާފައި ބަހައްޓާށެވެ. އަލުވި އެއްކޮށް މޭޝް ކުރުމަށްފަހު ބަޓަރާއި ކިރާއި މަސްޓަޑް އަޅައިލާށެވެ. އަދި ޗީޒްގެ ތިންބައިކުޅަ ދެބައި އަޅައި، ސްޕްރިންގް އޮނިއަންއާއި ބިސް ވެސް އަޅައި މިކްސް ކޮށްލާށެވެ. ރަހަލާ ވަރަށް ލޮނާއި ޕެޕާ ވެސް އަޅައިލަންވާނެއެވެ.

އެއަށްފަހު ބޭކިން ޑިޝްއަށް އަލުވި އަޅައިލާނީއެވެ. މަތި އޮމާންކޮށްލުމަށްފަހު އޭގެ މައްޗަށް ޗީޒް އަޅައިލާށެވެ.

ޕައި އަވަނުގައި ފިހޭނީ 35-40 މިނެޓަށެވެ. އެހާއިރު ވާއިރު މަތި ހުންނާނީ މުޝި ކުލަ އަރައި، ކްރިސްޕީވެފައެވެ.

comment ކޮމެންޓް