ބަޔާންއިން ލެވަކޫސެން ބަލިކޮށްފި

ބަޔާންގެ ޖަރުމަން ފޯވަޑް މުލާ އާއި އިނގިރޭސި ފޯވަޑް ކޭން -- ފޮޓޯ/ ގެޓީ

ޔުއޭފާ ޗެމްޕިއަން ލީގުގައި ބަޔާ ލެވަކޫސެން ބަލިކޮށް ކްއާާޓާ ފައިނަލްއިން ބަޔާން މިޔުނިކް ޖާގަ ހޯދައިފިއެވެ.

ބަޔާން އާއި ލެވަކޫސެންގެ މެދުގައި ކުޅުނު ރައުންޑް އޮފް 16ގެ ކުރިމަތިލުން ބަޔޭންއިން ކާމިޔާބު ކޮށްފައިވަނީ ފަސް ލަނޑު ސުން ލަނޑުގެ އެގްރިގޭޓް ނަތީޖާ އަކުންނެވެ.

މި ދެ ޓީމުގެ މެދުގައި ކުޅުނު ފުރަތަމަ ލެގު އަމިއްލަ ދަނޑުގައި ތިން ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށްފައިވަނީ ބަޔާންއިންނެވެ. އަދި ރޭ ކުޅުނު ދެވަނަ ލެގު ލެވަކޫސެންގެ ދަނޑުގައި ކުޅެ ދެ ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށްފައިވަނީ ވެސް ބަޔާންއިންނެވެ.

ލެވަކޫސެންއިން ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފެއްދި ދެވަނަ ލެގުގެ ފުރަތަމަ ހާފުގައިވެސް ނުރައްކާތެރި ގިނަ ހަމަލާ އުފައްދާފައިވަނީ ބަޔާންއިންނެވެ. ނަމަވެސް މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ.

ކުއާޓާ ފައިނަލުން ޖާގައެއް ހޯދަން ބޭނުންނަމަ ލެވަކޫސެންއަށް ހަތަރު ލަނޑުގެ ތަފާތުން މޮޅުވުން މަޖުބޫރު މި މެޗުގައި އެ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ކަމަށްވާ ފްލޮރިއަން ވާޓްޒްއަށް އަނިޔާވުމުގެ ސަބަބުން ނުކުޅެވުމުގެ އަސަރު ޓީމުން ފެންނަމުންދިޔައެވެ. މި ގޮތުން މާރަނގަޅު ހަމަލާއެއް މި މެޗުގައި ލެވަކޫސެންއަށް އުފެއްދުނު ތަނެއް ނުފެނުނެވެ.

މި މެޗުގައި ބަޔާންއިން ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗުގެ 52 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ ހެރީ ކޭންއެވެ. މި ލަނޑާއެކު އޭނާ މި ވަނީ މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި 10 ލަނޑު ކާމިޔާބު ކޮށްފައެވެ. މިއީ މި މުބާރާތުގެ ތާރީހުގައި ވާދަކުރި އިނގިރޭސި ކުޅުންތެރިންނަށް ބަލާއިރު އާ ރިކޯޑެކެވެ.

މިހާތަނަށް މިމުބާރާތުގައި ވާދަކުރި އިނގިރޭސި އެއްވެސް ކުޅުންތެރިޔަކަށް އެއް މުބާރާތެއްގައި 10 ލަނޑު ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

މި މެޗުގައި ބަޔާންއިން ކާމިޔާބުކުރި ދެވަނަ ލަނޑު މެޗުގެ 71 ވަނަ މިނެޓުގައި ކޭން ތަނަވަސް ކޮށްދިން ފުރުސަތެއްގައި ކާމިޔާބު ކޮށްފައިވަނީ އަލްފަންސޯ ޑޭވިސްއެވެ. މި މެޗުގައި މީގެ އިތުރުންވެސް ލަނޑު ޖަހާނެ ފުރުސަތު ދެ ޓީމަށް ވެސް ލިބިގެންދިޔަ ނަމަވެސް އެއިން އެއްވެސް ފުރުސަތެއްގެ ބޭނުން ހިފޭގޮތެއް ނުވިއެވެ.

މި ކާމިޔާބީއާއެކު މިމުބާރާތުގެ ކްއާޓާ ފައިނަލްގައި ބަޔާން ބައްދަލުކުރާނީ އިންޓާ މިލާން އާއެވެ.

comment ކޮމެންޓް