ކީރިތި ޤުރުއާނަށް ދިވެހި މުޖުތަމަޢު ހޭލުންތެރި ކުރުމަށް ކުއްލިއްޔާ އޮފް ޤުރުއާން އެންޑް ސުންނާއިން ކޮންމެ ރަމަޟާން މަހެއްގައި ބާއްވަމުން އަންނަ "މަހްރަޖާނުލް ޤުރްއާނިލް ކަރީމް" މާދަމާ ރޭގެ 21:20ގައި އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް) ހޯލުގައި ބޭއްވުމަށް ނިންމައިފިއެވެ.

އައިޔޫއެމްއިން ބުނީ މިއީ އާންމުންނަށް ހުޅުވާލައިގެން ކީރިތި ޤުރްއާނުގެ ތަފާތު ގިރާއަތްތަކަށް ކިޔަވާލާ އަޑުއަހާލުމުގެ އިތުރުން ތަފްސީރާއި އިޢުޖާޒުލް ޤުރްއާންގެ މަޢުލޫމާތު މުއްސަނދި ކޮށްލުމަށް ވަރަށް ރަނގަޅު ބައްދަލުވުމެއްކަމަށެވެ.
ކުއްލިއްޔާ އޮފް ޤުރުއާން އެންޑް ސުންނާގެ ޑީން މުޙައްމަދު މަންޞޫރު ވެސް ވަނީ އެކަން ފާހަގަކުރައްވާފައެވެ.
މިބައްދަލުވުމުގައި ރާއްޖޭން ބޭރުގެ ޤާރީންނާއި ދިވެހި ޤާރީވެރިންގެ ކިޔެވުން އަޑުއިވެގެންދާއިރު ރާއްޖޭގެ މަޤްބޫލު ދީނީ ޢިލްމުވެރިޔާ އައްޝައިޚް ޢަލީ ޒާހިރުބިން ސަޢީދު ޤާސިމް ތަފްސީރުކުރުގެ އިތުރުން ޢިލްމުވެރިންގެ މަޢްލޫމާތުން ފުރިގެންވާ ވާހަކަތަކެއް އަޑުއިވިގެން ދާނެ ކަމަށް އައިޔޫއެމްއިން ބުނެއެވެ.
މާދަމާރޭ 21:30އިން 22:30އަށް ކުރިޔަށްގެންދާ މިބައްދަލުވުމުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވެ މައުލޫމާތު މުއްސަނދި ކުރުމަށް ކުއްލިއްޔާއިން ވަނީ އެދިފައެވެ.
މި ބައްދަލުވުން ޓީވީއެމްގެ އިތުރުން އިތުރު ދެ ޗެނަލަކުން ލައިވް ކުރާނެއެވެ. ދިވެހިން ދީނީގޮތުން ހޭލުންތެރިކުރުމަށް އައިޔޫއެމްއިން އަންނަނީ ވަރަށް ހާރަކާތްތެރިކޮށް ތަފާތު އެކި އެކި ޕްރޮގުރާމްތައް ތަޢާރަފުކޮށް ހިންގަމުންނެވެ.
އަދި ވަކީން ޚާއްސަކޮށް ރަމަޟާން މަހު ޤުރުއާނުގެ ދާއިރާގެ ގިނަ ހަރަކާތްތަކެއް އެ ޔުނިވާސިޓީން ހިންގަމުން ދާކަން ފާހަގަ ކުރެވެއެވެ.
comment ރަގަޅުކުރޭ
1 month 4 day ago
އައިޔޫއެމްގެ ހިންގުން ހަރުދަނާ ކުރެވޭތޯ ބެލުން މުހިއްމު ނޫނީތޯ ވެރިންނަށް؟ ޓިއުޝަން ކުލާހެއް ހިންގާ ގޮތަކަށްނޫން ޔުނިވާސިޓީތައް ހިންގަންޖެހޭނީ