ރޯދަމަހު ގައިގައި ވަރު ޖެއްސުމަށް އެންމެ ގިނަ ދިވެހީންނަށް ކަމުދާ ކެއުމުގެ ތެރޭގައި ބަތްޕެން ހިމެނޭނެއެވެ. މިފަހަރު މި ގެނެސްދެނީ ބަތްޕެން ތަފާތުކޮށް ތައްޔާރުކުރެވޭނެ ގޮތެކެވެ.
ބޭނުންވާ ތަކެތި
- ހަތަރު ވައް ކަށިކެޔޮ (ލިޔެލާފައި)
- ބައި ލާހި ހަނޑޫ
- ފެން (ބަތް ކައްކަން)
- ރާނބާފަތް
- ތިން މޭޒުމަތީ ސަމުސާ ހަކުރު
- ބޯކިރު
ތައްޔާރުކުރާނެ ގޮތް
ހަނޑޫ ފުރަަތަމަ މިކްސަރަކަށް އަޅައި، ކުޑަކޮށް މުގުރާލާށެވެ. އެއަށްފަހު ތެއްޔަކަށް އަޅައި، ހަނޑޫ މަޑުވާ ވަރަށް ފެން އަޅައި ކައްކަން ފަށާށެވެ. އެ ފެނުގެ ތެރެއަށް ރާނބާފަތް ވެސް އަޅާލަންވާނެއެވެ.
ލިޔެފައި ހުރި ކަށިކެޔޮ ވެސް މިކްސަރަށް އަޅައި މުގުރާލާށެވެ. ބަތް ކެކެން ފެށުމުން އޭގެ ތެރެއަށް ކަށިކޭލާއި ހަކުރު އަޅާލާށެވެ. އަދި ކަށިކެޔޮ މަޑުވެ، އޮލަވަންދެން މަޑުކޮށްލާށެވެ. އެއަށްފަހު ބޯކިރުކޮޅު އަޅައި، އުނދުން ނިއްވާލާށެވެ. އެހާ ހިސާބުން ކަށިކެޔޮ ބަތްޕެން ތައްޔާރުކުރެވުނީއެވެ.