ސަން ބަދިގެ: ކުލްފީ

ރޯދަވީއްލާ ވަގުތު ކަރުހިއްކުން ފިލުވާލުމަށް، ފިނިކޮށްފައި ހުންނަ ފޮނި އެއްޗެއް އާންމުކޮށް ބޭނުންވެއެވެ. އެގޮތުން، ދިވެހީންގެ މެދުގައި މިފަހުން މަގުބޫލުވެފައިވާ ކުލްފީއަކީ ފަސޭހަކަމާއެކު ތައްޔާރުކުރެވިދާނެ އެއްޗެކެވެ.

ބޭނުންވާނެ ތަކެތި

  • 414 މިލިލީޓަރުގެ ގެރިކިރު
  • 414 މިލިލީޓަރުގެ އެވާޕަރޭޓެޑް މިލްސް
  • 1 1/4 ޖޯޑު ހެވީ ވިޕިން ކްރީމް
  • 1/2 ސައިސަމުސާ ވެނީލާ އެކްސްޓްރެކްޓް
  • 1/2 ސައިސަމުސާ މުގުރި ކާފޫރު ތޮޅި
  • 1/4 ޖޯޑު ޕިސްތާޝިއޯ (ކުދިކޮށް ކޮށާފައި)

ތައްޔާރުކުރާނެ ގޮތް

ކުޑަ ތަވައެއްގައި ގެރިކިރާއި އެވާޕަރޭޓެޑް މިލްކާއި ހެވީ ކްރީމް އުދައި، މެދުމިނުގެ ގިނީގައި ގާތްގަނޑަކަށް 15 މިނެޓަށް ކައްކާށެވެ.

ދެން އުނދުން ނިއްވާލުމަށް ފަހު މުގުރި ކާފޫރު ތޮޅިއާއި ވެނީލާ އެކްސްޓްރެކްޓް އަޅައި އެއްކޮށްލާށެވެ. އަދި އެ މިކްސް ހިހޫ ވަންދެން މަޑުކޮށްލާށެެވެ.

އެއަށްހު ޕިސްތާޝިއޯ އޭގެ ތެރެއަށް އަޅާލާށެވެ. އަދި ލޮލީ ތައްޔާރުކުރަން ބޭނުންކުރާ ފަދަ ޓްރޭއަކަށް އަޅައި، އައިސްއަލަމާރީގެ ގަނޑުކުރާ ބަޔަށް ލާށެވެ.

ކުލްފީ ކެއުމަށް ރަނގަޅު ވަރަކަށް ގަނޑުވާން މަދުވެގެން ހަތަރު ގަޑިއިރު ބޭނުންވާނެއެވެ.

comment ކޮމެންޓް