އަންހެނުންގެ ދުވަހު ގަވިން ފިހާރައިން ވިޔަފާރިކުރި 50 ވަނަ އަންހެން ކަސްޓަމަރަށް އެ ފިހާރައިން ޚާއްސަ ހަދިޔާއެއް ދީފިއެވެ.
ކޮންމެ އަހަރުގެ މާރިޗު މަހުގެ އަށް ވަނަ ދުވަހު ފާހަގަކުރާ އަންހެނުންގެ ދުވަހާ ދިމާކޮށް ގަވިންއިން ވަނީ، އެ ފިހާރައިން ވިޔަފާރިކޮށްގެން އަންހެން ކަސްޓަމަރަކަށް އިނާމެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފައެވެ.
އެ އިނާމު ހޯދީ ގަވިންގެ ހުޅުމާލެ ފިހާރައިން ރޭ ވިޔަފާރި ކުރި އަންހެނެކެވެ. ރޭ 9:30ހާއިރު އެ ފިހާރައިން އެ ކަސްޓަމަރު ވަނީ 6،000 ރުފިޔާގެ ތަކެތި ގަނެފައެވެ.
ގަވިންއިން ވަނީ އެ އިނާމުގައި ހިމެނެނީ އަންހެނުންނަށް ޚާއްސަ އެއްޗެއް ކަމަށް ބުނެފައެވެ.
މީގެ އިތުރުން ވެސް ގަވިންއިން ވަނީ އިއްޔެ އެ ފިހާރައިން ވިޔަފާރި ކުރި ކޮންމެ އަންހެނަކަށް ވެސް ހަދިޔާއެއް ދީފައެވެ.
ގަވިންގެ ފިހާރަތައް ރޯދަމަހު ހުޅުވާފައި ހުންނަނީ ހެނދުނު 10:00 އިން 4:30 އަށެވެ. އަދި، ރޭގަނޑު 8:30 އިން 10:30ގެ ނިޔަލަށެވެ.
މީގެ ހަތް އަހަރު ކުރީން ހަމައެކަނި ވަޑާންކުރުމުގެ މަސައްކަތުން ފެށި ގަވިންއަކީ މިހާރު ރާއްޖޭގައި އިންޓީރިއާ ޑީޒައިނިން ދާއިރާއިން އެންމެ ފާހަގަކޮށްލެވޭ އެއް ބްރޭންޑެވެ.
ގަވިން ޝޯރޫމް މެދުވެރިކޮށް ބަދިގޭ ސާމާނާއި ނިދާ ކޮޓަރިއަށް ބޭނުންވާ އެނދާއި ލިވިންރޫމަށް ބޭނުންވާ ސޯފާގެ އިތުރުން އެހެން ހުރިހާ ފަރުނީޗަރެއް ވެސް އެއްތަނަކުން ކަސްޓަމަރުންނަށް ލިބޭނެއެވެ.
މީގެ އިތުރުން، ވަޑާމުގެ މަސައްކަތް ކުރާ ވިޔަފާރިތަކަށް ބޭނުންވާ ހުޅާއި އިސްކުރުފަދަ ހުރިހާ އެއްޗެއް ވެސް ގަވިންއިން ލިބެން ހުންނާނެއެވެ.
މި ރޯދަމަހާ ދިމާކޮށް، ގަވިންއިން ވަނީ 100،000 ރުފިޔާގެ އަގުހުރި ތަކެއްޗާއި ޚިދުމަތްތައް ލިބޭ އިނާމަކާ އެކު، ރޯދަ ޕްރޮމޯޝަނެއް ވެސް ފަށާފައެވެ.