ދިރާގުން ކުރީ އަހަރެކޭ އެއްގޮތަށް، މި އަހަރު ވެސް 'ގުޑިފެސްޓް' ބާއްވަން ތައްޔާރުވެއްޖެއެވެ.
ދިރާގުން ބުނީ، ގުޑިފެސްޓް އޮންނާނީ މިއަދު އުސްފަސްގަނޑުގައި 17:00އިން 18:00އަށް ކަމަށެވެ. އެ ހަރަކާތުގެ ކޮންމެ ބައިވެރިއަކަށް ވެސް ހިލޭ ގުޑިއެއް ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ.
ދިރާގުން ބުނެފައިވާ ގޮތުގައި އެ ހަރަކާތުގެ އަމާޒަކީ، ރޯދަމަހު ގުޑި އެރުވުން ފަދަ ދުވަސްވީ ހަރަކާތްތަކުގައި ކުޑަކުދިންގެ ބައިވެރިވުން އިތުރު ކުރުމެވެ.
ދިރާގުން އެ ހަރަކާތް ބާއްވަނީ މާލޭ ސިޓީ ކައުންސިލާ ގުޅިގެންނެވެ.
ކޮންމެ ރޯދަމަހަކު ވެސް ކުޑަކުދިން އުސްފަސްގަނޑުގައި ގުޑި އަރުވަން ތިބޭ މަންޒަރު ފެނުމަކީ އާންމު ކަމަކަށްވާއިރު، މިހާރު ރަސްފަންނާއި ހުޅުމާލޭ ގޮނޑުދޮށުން މި މަންޒަރު ފެނެއެވެ.