މުޖުތަމައުގައި އަންހެން ދަރީންނަށް އޮތް ފުރުސަތުތައް އިތުރަށް ފަހިކޮށްދީ ސަރުކާރު ހިންގުމުގައި އަންހެނުންގެ ހިއްސާ އިތުރުކުރުމަކީ ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތު ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު އެފަދައިން ވިދާޅުވީ، ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައިފޮނުއްވި ޚާއްސަ ހިތާބުގައެވެ.
ރައީސް ވިދާޅުވީ އަންހެނުންނަކީ ފުދުންތެރި، ބާރުވެރި ބަޔަކަށް ހެދުމަކީ ވެސް ސަރުކާރުގެ ސިޔާސަތެއްކަމަށެވެ. އަދި ދިވެހި އަންހެނުންނަކީ، ދިވެހި އުންމަތް، ސިލްމާ ސަލާމަތުގައި އެތައް ހާސް އަހަރަކު ދެމެހެއްޓި ދަރިކޮޅުތަކުގެ މަންމައިންގެ ގޮތުގައި އެ މަނިކުފާނު ވަނީ ސިފަކުރައްވާފައެވެ.
މިހާތަނަށް ކުރި ކާމިޔާބު ކޮންމެ މަސައްކަތެއްގައި ވެސް ދިވެހި އަންހެނުންގެ ފުރިހަމަ އެއްބާރުލުމާއި ބައިވެރިވުން ލިބިފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި މުޖްތަމައުގެ ދެމިއޮތުމާއި ކުރިމަގަށް މުހިންމު މައިދާންތަކުގައި ގިނައީ އަންހެން ޚިދުމަތްތެރީންކަމަށާއި، ކުޅިވަރުގެ މައިދާނުގައި ދިވެހި އަންހެން ކުޅުންތެރީން ހާސިލުކުރާ އަރުތަ ގިނަގުނަކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ ސާނަވީއާއި މަތީ ސާނަވީ އަދި ޔުނިވާސިޓީތަކުން ވެސް ގިނަ އަންހެން ދަރިންތަކެއް އުނގެނޭއިރު، މަތީ ނަތީޖާ ހޯދާ ގިނަ ދަރިވަރުންނަކީވެސް އަންހެނުން ކަމަށެވެ.
ރަސޫލާ މުޙައްމަދު صلى الله عليه وسلم ކަމާއި، އެކަލޭގެފާނު ސުވަރުގެ ވަޑައިގަތުމުގެ ކުރީން އެންމެ ފަހަށް ވަޞިއްޔަތްޕުޅު ކުރެއްވި އެއްކަމަކީ، އަނބީންނަށް އޯގާތެރިވުން ކަމުގައި ރައީސްގެ ހިތާބުގައި ހަނދާންކޮށްދެއްވިއެވެ.
ހަމައެއާއެކު ދިވެހި އަންހެން ދަރީންނަށްޓަކައި ދިވެހި ގައުމު އަބަދުވެސް ފަޚުރުވެރިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.