ސަން ބަދިގެ: ޗޮކްލެޓް ސްޓްރޯބެރީ ސްމޫތީ

ދުވަސްކޮޅަކަށް ވިއްސާރަވުމަށް ފަހު، ހޫނުގަދަ ދުވަސްތައް މިހާރު ފެށެނީއެވެ. އެހެންވެ، ރޯދަ ވީއްލާ ވަގުތު ފިނި ބުއިމެއް އާންމުކޮށް ބޭނުންވެއެވެ. އެގޮތުން މިއީ ރޯދަވީއްލާ ވަގުތަށް ތައްޔާރު ކުރެވޭނެ ބުއިމެކެވެ.

ބޭނުންވާ ތަކެތި:

  • 1 1/2 ޖޯޑު ސްޓްރޯބެރީ (ގަނޑުކޮށްފައި)
  • 1 ދޮންކެޔޮ (ގަނޑުކޮށްފައި)
  • 1/2 ޖޯޑު ޕްލެއިން ޔޯގަޓް
  • 3/4 ޖޯޑު މިލްކް
  • 1 މޭޒުމަތީ ސަމުސާ ކޮކޯ ޕައުޑަރު
  • 1 މޭޒުމަތީ ސަމުސާ ޕީނަޓް ބަޓާ
  • 1/2 ސައިސަމުސާ ވެނީލާ އެކްސްޓްރެކްޓް

ތައްޔާރުކުރާނެ ގޮތް

ހުރިހާ އެއްޗެެއް އެއްކޮށް މިކްސަރަށް އަޅައި ގިރާލާށެވެ. ސްމޫތީގެ ދިޔާކަން އެ މީހަކު ބޭނުން ވަރަކަށް ބެހެއްޓުމަށް ޓަކައި އިތުރަށް ނުވަތަ މި ރެސިޕީގައިވާ ވަރަށް ވުރެ މަދުން ކިރު އެޅޭނެއެވެ.

comment ކޮމެންޓް