ރޯދަމަހަކީ ކަދުރު ލިބުމުން، ހަމައެކަނި ރޯދަ ވީއްލަން ބޭނުންކުރުމުގެ އިތުރަށް ވެސް ކަދުރު ބޭނުންކޮށްލަން ވާނެއެވެ. އެގޮތުން މިއީ ކަދުރު ބޭނުންކޮށްގެން ކޭކެއް ތައްޔާރުކުރެވޭނެ ގޮތެވެ.
ބޭނުންވާ ތަކެތި
- 1 ލާހި ފުށް
- 1/2 ތަށި މާޖިރިން (ކުޑަ ތަށި)
- 1/2 ލާހި ހަކުރު
- 1 ސައި ސަމްސާ ވެނީލާ އެސެންސް
- 1 ސައި ސަމްސާ ބޭކިން ޕައުޑަރު
- 1 ޖޯޑު ކަދުރު (އޮށްތައް ނަގާފައި)
- 3 ބިސް
ތައްޔާރު ކުރާނެ ގޮތް
އެންމެ ފުރަތަމަ މާޖިރީނާއި ހަކުރު ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު ފަހަރަކު ބިހެއް އަޅައި މިކްސް ކުރަމުން ދާށެވެ. ހުރިހާ އެއްޗެއް ރަނގަޅަށް ގިރާލެވުމުން ފުށް އަޅާށެވެ. އަނެއްކާވެސް މިކްސް ކުރުމަށްފަހު ވެނިލާ އެސެންސްއާއި ބޭކިން ޕައުޑަރު އަޅާލާށެވެ. އެންމެ ފަހުން ކަދުރު އަޅައި މިކްސް ކޮށްލާށެވެ.
ހުރިހާ އެއްޗެއް ރަނގަޅަށް މިކްސް ކޮށްލެވުމުން ބޭކިން ޓްރޭއެއްގައި 25-30 މިނިޓް 160 ޑިގްރީގައި ފިހެލާށެވެ.