ސަން ބަދިގެ: ކުޅި ބަތްޕެން

އެސްއެސްޓީވީގެ 'ދިވެހި ރަހަ' ޕްރޮގްރާމުން މިފަހަރު ގެނެސްދެނީ ކުޅި ބަތްޕެން ތައްޔާރުކުރާ ގޮތެވެ.

ބޭނުންވާނެ ތަކެތި

  • ބަނބުކެޔޮ (ކުދިކޮށް ކޮށާފައި)
  • ދިވެހިހަވާދު، އަސޭމިރުހާ އެއްކޮށްފައި
  • ހިކަނދިފަތް
  • ރާނބާފަތް
  • ވަޅޯމަސް
  • ބޯކިރު
  • ހަނޑޫ
  • ލޮނު

ތައްޔާރުކުރާނެ ގޮތް

ފުރަތަމަ ހަނޑޫ ދޮވެ، ތެއްޔަކަށް އަޅާނީއެވެ. ބޮޑު ބަނބުލޭކެއްގެ ފަޅިއަކުން ކައްކާ ނަމަ، ދެ ލާހި ހަނޑޫ ބޭނުންވާނެ ކަމަށް ބަލައިގެން ބަތް ކެއްކޭނެއެވެ.

ހަނޑުލަށް ވާވަރަށް ފެނާއި ލޮނު އަޅައި، ކައްކަން އުދާށެވެ. އަދި ފެން ކެކެން ފެށުމުން އޭގެ ތެރެއަށް ކޮށާފައި ހުރި ބަނބުކެޔޮ އަޅާށެވެ.

އެއަށްފަހު ބަނބުކެޔޮ މަޑުވެ، ބަތް ކެކެން ދެން މަޑުކުރުމަށް ފަހު ދެ ބާވަތް އެއްކޮށް ޗަސްކުރާނީއެވެ. ދެން އަޅާނީ ހަވާދާއި ވަޅޯމަހާއި ހިކަނދިފަތާއި ރާނބާފަތެވެ.

އެ ހުރިހާ ބާވަތެއް އެއްކުރުމަށް ފަހު، ބަނބުކެޔޮ ކައްކައި ނިމޭނީ ބޯކިރު އަޅައި، އެއްކޮށްލުމުންނެވެ.

comment ކޮމެންޓް