ޚިދުމަތާ ގުޅޭ ގޮތުން ކަންބޮޑުވުން އިތުރުވެފައި އޮތް ފުވައްމުލަކު ހޮސްޕިޓަލަށް ސީޓީ މެޝިނެއް

ޚިދުމަތާ ގުޅޭ ގޮތުން ކަންބޮޑުވުން އިތުރުވެފައި އޮތް ފުވައްމުލަކު ހޮސްޕިޓަލަށް ސީޓީ މެޝިނެއްވަނީ ގެނެސްފައި -- ފޮޓޯ/ ފުވައްމުލަކު ހޮސްޕިޓަލް

ފުވައްމުލަކު ހޮސްޕިޓަލުންްދޭ ޚިދުމަތާމެދު އާންމުންގެ ކަންބޮޑުވުން އިތުރުވެފައިވަނިކޮށް، އެ ހޮސްޕިޓަލަށް ހެލްތު މިނިސްޓްރީން ސީޓީ ސްކޭން މެޝިނެއް ފޮނުވައިފިއެވެ.

ފުވައްމުލަކު ހޮސްޕިޓަލުން ބުނީ މިއީ އެ ސިޓީން ދެމުންދާ ސިއްޙީ ޚިދުމަތްތައް ރަނގަޅުކޮށް، ޒަމާނީ ފަރުވާ ދިނުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

ޚިދުމަތާ ގުޅޭ ގޮތުން ކަންބޮޑުވުން އިތުރުވެފައި އޮތް ފުވައްމުލަކު ހޮސްޕިޓަލަށް ސީޓީ މެޝިނެއްވަނީ ގެނެސްފައި -- ފޮޓޯ/ ފުވައްމުލަކު ހޮސްޕިޓަލް

އެ ހޮސްޕިޓަލުން ބުނީ ސީޓީ މެޝިނުގެ ފައިނަލް އިންސްޕެކްޝަން ނިމިފައިވާ ކަމަށާއި، ސީޓީ ސްކޭންގެ ޚިދުމަތް ވީހާ ވެސް އަވަހަކަށް ފެށުމަށް ޓަކައި ހެލްތު މިނިސްޓްރީގެ ޓީމަކާ ގުޅިގެން ބުރަކޮށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެހެން ނަމަވެސް ސީޓީ ސްކޭންގެ ޚިދުމަތް ދޭން ފެށޭނެ ދުވަހެއް އެ ހޮސްޕިޓަލުން ބުނެފައެއް ނުވެއެވެ.

ޚިދުމަތާ ގުޅޭ ގޮތުން ކަންބޮޑުވުން އިތުރުވެފައި އޮތް ފުވައްމުލަކު ހޮސްޕިޓަލަށް ސީޓީ މެޝިނެއްވަނީ ގެނެސްފައި -- ފޮޓޯ/ ފުވައްމުލަކު ހޮސްޕިޓަލް

ފުވައްމުލަކު ހޮސްޕިޓަލުންދޭ ސިއްޙީ ޚިދުމަތުގެ ފެންވަރު ދަށްކަމަށް ބުނެ އާންމުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ސޯޝަލް މީޑިއާގައި މީހަކު ބުނެފައިވަނީ އެ ހޮސްޕިޓަލުގެ ފެންވަރު ވަރަށް ދަށް ކަމަށާއި، ސްކޭން، އަލްޓްރާސައުންޑް އަދި ލޭގެ ޓެސްޓެއް ވެސް އެ ތަނުން ނުހެދޭ ކަމަށެވެ.

އެހެން މީހަކު ފޭސްބުކްގައި ބުނެފައިވަނީ ފުވައްމުލަކު ހޮސްޕިޓަލުން މި މައްސަލަ ހައްލު ކުރުމަށް ޓަކައި އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ. ހޮސްޕިޓަލަކުންދޭ ޚިދުމަތުގެ ފެންވަރު ދަށްވުމަކީ އާދައިގެ ކުޑަކުޑަ ކަމެއް ނޫންކަމާއި، މި ކަމުގެ ސަބަބުން އެ ސިޓީގެ ރައްޔިތުން ތިބީ ނުރައްކަލެއްގެ ތެރޭގައިކަން އެ ޕޯސްޓުގައި ފާހަގަކޮށްފައިވެއެވެ. އެހެން ކަމުން އެ ހޮސްޕިޓަލުގެ ޚިދުމަތްތަކަށް އަވަސް ބަދަލުތަކެއް ގެނައުމަށް ގޮވާލާފައިވެއެވެ.

އިތުރު މީހަކު ސޯޝަލް މީޑިއާގައި ބުނެފައިވަނީ ހޮސްޕިޓަލުގެ ފެންވަރު ރަނގަޅު ކުރުމަށް ރައްޔިތުން ގޮވައިލަމުންދާއިރު، މި ވަގުތު އެ ތަނުން ދޭ ސިއްޙީ ޚިދުމަތްހުރީ ނުރައްކާތެރި ހާލަތެއްގައި ކަމަށެވެ. ފެންވަރު ދަށް ޚިދުމަތުގެ ސަބަބުން މީހުން ފުރާނަ ނުރައްކަލަށް ހުށަހެޅިގެންދާ ކަމަށް އޭނާ ބުންޏެވެ. އެ ސިޓީގެ ރައްޔިތުންނަށް ވެސް ފުރިހަމަ ސިއްޙީ ޚިދުމަތެއް ލިބެންޖެހޭނެކަން ފާހަގަކޮށް އެ ޕޯސްޓުގައިވަނީ އެ ކަން ކަށަވަރުކުރުމަށް ސަރުކާރަށް ވެސް ގޮވާލައިފައެވެ.

އާންމުންގެ ކަންބޮޑުވުންތަކާ ގުޅޭގޮތުން "ސަން"އާ ވާހަކަ ދައްކަވަމުން ފުވައްމުލައް ސިޓީ ކައުންސިލްގެ މެންބަރު އިބްރާހީމް މުހައްމަދު ވިދާޅުވީ ހޮސްޕިޓަލުގެ ހާލަތު ހުރީ ކަންބޮޑުވާ މިންވަރެއްގައި ކަމަށެވެ. އެހެން ނަމަވެސް އެ ތަނުން ލިބުން ދަތިވާ ޚިދުމަތްތަކުގެ ތަފުސީލެއް އޭނާ ނުދެއްވައެވެ.

comment ކޮމެންޓް