"އަޅުކަމުގެ މޫސުމަށް ތައްޔާރުވާއިރު އެންމެ ފުރަތަމަ ކުރަންވީ ކަމަކީ ފާފަތަކުން ތައުބާވުމެވެ. އަދި ގިނަގިނައިން އިސްތިޣުފާރު ކުރުމެވެ."
***
ޒިކުރު ގިނައިންކޮށް "ކެންޓް އަށް ދާން ލަސްވާކަށް ބޭނުމެއްނޫން...." އުރުޖުވާން އިސްތަށިގަނޑު އޮޅައިލަމުން ހުޅިއެއް ޖެހިއެވެ. ފަން އެ އިސްތަށިގަނޑުން ވެއްޓިފައި އޮންނަ ބައިތައް އެހާމެ ލޯތްބެވެ. މާޒިމް އަނެއްކާވެސް ނެގީ ކެމެރާއެވެ. އުރުޖުވާންގެ ފޮޓޯ ނަގަމުން ދިޔައީ ފޫހިވުމެއްނެތިއެވެ. އުރުޖުވާން ލަދުން މޫނު ފޮރުވިއެވެ.
" ދެން ހެވޭ މާޒް...." އުރުޖުވާން ބާލީހުން މޫނު ފޮރުވާލިއެވެ. އެވަގުތު އޭނާގެ ފޯނަށް މެސުޖުތަކުގެ ނޯޓިފިކޭޝަންތަކެއް އައެވެ. ރެއިން ފެށިގެން އެއްވެސް ވަރަކަށް ފޯނު ބަލައިލަން ހަނދާނެއްވެސް ނެތީއެވެ.
"ދެން ތި ފޯނު ނުނަގަބަލަ...." މާޒިމް އުރުޖުވާން ގެ އަތުން ބާލީސް ދަމައިގަތެވެ. އޭރު އުރުޖުވާން އެއް އަތުން ފޯނާއި ކުޅެމުން ދިޔައެވެ. މިރެލްގެ ފޮޓޯއެއް ކަމަށް ހިތާ އަވަސްއަރުވާލައިގެންނެވެ. އަދި ފޯނު އަތުލިއެވެ.
"ދެން މާޒް...ދީބަ...މެހެކް ކަންނޭނގެ މިރެލް ގެ ހަބަރު ދޭން....ދެން ގިވް..." އުރުޖުވާން ބޮޑާހޭކިއެވެ. އޭނަ ފޯނު އަތު ކޮޅަށް ނަގައިހުރީމަ އުރުޖުވާންގެ އަތެއް އެއަކަށް ނުފޯރައެވެ. ބޮޑުވާ އިނގިލިކުރި ޖައްސައިގެން ތެދުވުނަސް އޭނަގެ ކޮނޑާ ހަމަޔަށްވެސް ނުފޯރައެވެ.
" ޓޫ ކިއުޓް....ދީބަ ފޮޓޯ އެއް ނަގާލަން....ތިހެން ރުޅި އައިސް ތުން ދަމާލީމަ އަދި ނިކަން ލޯބި..." އޭނަ ސަމާސާ ކޮށްލިއެވެ. އަދި އަނެއް އަތުން ފޮޓޯ ނަގަމުން ދިޔައެވެ. އުރުޖުވާން ފުން ނޭވާ އެއް ދޫކޮށްލިއެވެ. އަދި މޫނު މައްޗަށް އެޅިފައި އޮތް އިސްތަށިކޮޅު ދުރުކޮށްލާފައި އުނަގަނޑުގައި އަތް އަޅާލިއެވެ.
" ވާވް...މާ ރީތި ޕޯޒް އެއް ނު...."
އުރުޖުވާން ހޭން ބޭނުންނުވިޔަސް ރަކި ވާވަރުން ހެވެނީއެވެ. އެވަގުތު އަނެއްކާވެސް ފޯނަށް މެސެޖެއްއައި އަޑު އިވުނެވެ.
" ކާކުތަ މިއޮއް ފަދަ ހެނދުނާ...އަދި މިރެލް ނުވެސް ހޭލާނެ...."އޭނަ ފޯނުގެ ނޯޓިފިކޭޝަންސް ބަލާލިއެވެ. ކެނާން ގެ މެސެޖުތަކެކެވެ. އެއާއެކު މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ.
"ކިހިނެއްވީ...އިޒް އިޓް މިރެލް؟ކަމެއް ދިމާވީތަ؟" އުރުޖުވާން ހާސްވިއެވެ. އޭނަ އަވަހަށް އުރުޖުވާން އަށް ފޯނު ދިއްކޮށްލިއެވެ.
"އިޓްސް ކެނާން...." މާޒިމް ގެ މޫނަށް ވެރިވި ކުލަވަރާއި ބަދަލު ފެނި އުރުޖުވާންގެ ހިތް ނުތަނަވަސްވިއެވެ.
"ބޭނުމިއްޔާ މެސެޖްތައް ކިޔާލާ.......އިޓްސް..." އުރުޖުވާން އަވަހަށް ބުނެލިއެވެ. މާޒިމްގެ ހިތުގައި ޝައްކުތައް އިތުރުވާން ބޭނުމެއްނޫނެވެ.
" ނޯ އިޓްސް އޯކޭ...އައި ޓްރަސްޓް ޔޫ..." އޭނަ ބޯ ހޫރާލިއެވެ. އެ ހިތުގައި ކެނާން އަށްޓަކައި އުފެދިފައި ވާ ނުރުހުން އުރުޖުވާން އަށް ދައްކަން ބޭނުމެއްވެސް ނުވިއެވެ. އަދި އަވަހަށް ކެމެރާއަށް ސަމާލުކަން ދޭކަމަށް ހަދާލިއެވެ. އުރުޖުވާން ދެރަވިއެވެ. މާޒިމްގެ ހިތުގަ ޖެހޭ ފަދަ ކަމެއް އޭނާއަށް ކުރެވުނީބާއޭ ހިތާއެވެ. އޭނާގެ ހިތުގައި ކެނާންއަށްޓަކާ އެފަދަ އެއްވެސް އިހުސާސެއް ނުވާކަން ޔަގީންކޮށްދޭން ބޭނުންވިއެވެ.
" ސިރިއަސްލީ ލަވް....އައިމް ނޮޓް މޭޑް...." އުރުޖުވާން ނެގިމަޑުވެފައި ހުރިތަން ފެނުމުން އޭނަ ހިނިތުންވެލިއެވެ. އަދި އޭނާގެ ނިތަށް ބޮސްދިނެވެ. ގެނެސް މޭގައި ޖައްސައިލިއެވެ.
" ސީ ނޮޓް މޭޑް....ތިއީ ބަސްއަހާ ކުއްޖެއްނު...މާޒް މިދަނީ ރެޑީ ވެލަން....މިރެލް އަށް ގުޅާލަނީ ދޯ ބްރެކްފާސްޓް ކާލައިގެން...އެންމެ ގަޑިއެއްހާއިރު މިއޮތީ........." އޭނާ އެނދުމަތީގައި ކެމެރާ ބޭއްވުމަށް ފަހު ދިޔައީ ތާޒާ ވެލުމަށެވެ. އުރުޖުވާން ހިތަށް ތަސައްލީއެއް ލިބުނެވެ. ނަމަވެސް އޭނާއަށް މާޒިމްގެ ހިތުގެ އިހުސާސްތައް ކޮންމެވެސް ވަރަކަށް ވިސްނެއެވެ. ކެނާން އާއި މެދު އޭނާއަށްވެސް މިހާރު ދެކެވޭ ގޮތް ތަފާތެވެ. ކެނާން އާއި ވާހަކަ ދައްކަންވެސް އުނދަގުލެވެ. މާޒިމް އަށް ކުރެވޭ ހީ އަކީ ހަގީގަތަކަށް ވުމަށް އޭނާގެ ހިތް ނޭދެއެވެ. އެފަދަ ކަމެއް ގަބޫލުކުރުމަށްވެސް ހިތް ދެކޮޅު ހަދައެވެ. ކެނާން އެފަދަ ވިސްނުމެއް ހުރެދާނެކަމަށް އޭނަ ގަބޫލެއް ނުކުރާނެއެވެ. އެންމެފަހުން އޭނައަށް ނުހުރެވިގެން ފޯނުގެ މެސެޖުތަށް ބަލާލިއެވެ. ކެނާންގެ ސުވާލުތައް ހުރީ މަދީނާއާއި ބެހޭގޮތުންނެވެ. އަދި މިރެލް ގެ ފޮޓޯއެކެވެ. ކެނާން ގެ އުނގުމަތީގައި އޮށޯވެލައިގެން ނިދާލާފައި އޮތް ފޮޓޯއެކެވެ. އެވަގުތު މީކާއިލް ގެ މެސެޖެއް ވެސް އައެވެ. އެއީވެސް ފޮޓޯ އެކެވެ. އޭނަ ދައްކާލީ ގަހަނާ ސެޓުތަކެކެވެ. މިއިން މަދީނާ އެންމެ ގަޔާވާނެ ފަދަ އެއްޗެއް އަހަން ވެގެންނެވެ. އުރުޖުވާން މީކާއިލް އަށް ގުޅިއެވެ.
" ސީރިއަސްލީ؟މިކޮން ކަމެއް؟" އުރުޖުވާން ހައިރާންވިއެވެ.
" ސަލާމެއްވެސް ގޮވުމެއް ނެތް ދޯ ސިސްޓާ....މި ހަމަ ސީރިޔަސްކޮށް....ވަލީ ލިބޭތޯ...." މީކާއިލް ހެވިފައިހުރިކަން އަޑުން އެނގުނެވެ. އުރުޖުވާން ހައިރާންވިއެވެ. އޭނާއަށް މިދުވަސް ކައިރިކަން އެނގުނު ނަމަވެސް ހަމަ އުފަލުގެ ހައިރާންކަމެކެވެ.
"ޑަޒް ޝީ ނޯ.....މަދީނާ ވަރަށް ސްޓްރެސްގަ އިނގޭ...ޓޭކް އިޓް ސްލޯ އިފް ޔޫ ކޭން....މޭއިބީ އެހާ ދުރުގަ ހުރެފަ ފެންނާތީ ކަންނޭގެ އޭނަ މުޅިން ހާސްވެފަ...." އުރުޖުވާން ބުނެލިއެވެ.
" މަދީނާ ކުރެން އަހާކަށެއް ނުނޭ މިދަނީ....ނާޝިދްބެ ކައިރީން....އަންހެންވެރިންގެ ވައްތަރު އެއީ...ޑްރާމާ ވާނެ..." މީކާއިލް ޖެއްސުމުގެ ރާގުގައި ބުނެލިއެވެ.
" ދެން ފިރިހެނުންނޯ؟ތިހެން އުޅެންޏާ ނުދޭނަން އިންޓެލް މީގެ ފަހުން...." އުރުޖުވާން ފޮނިވެލިއެވެ.
" އިންޓެލް ދޭން ތިހިރީ ގޮސް ހަނީމޫނެއްގައި.....އެހެން ނޫނަސް ތާޒާ ޚަބަރު ލިބޭ ހުޝަލް ފަރާތުން..." މީކާއިލް ހިނިގަނޑެއް ޖަހާލިއެވެ.
"ހޫން ދެން ވަރިހަމަ....އެކަމު އުރޫޖް މެން އަންނަންދެން މަޑުކޮށްލަންވީނު....އައި ވޯންޓް ޓު ބީ ދެއާ ފޯ މަދީނާ..." އުރުޖުވާން އާދޭސްކުރިއެވެ. މީކާއިލް އިތުރު އެއްޗެއް ނުބުނެ ހިމޭންވެލިއެވެ.
"އޯކޭ....ބަޓް މާޒް...ނެތީމަ...." މީކާއިލް އަޅައިގަންނަމުން ވާހަކަ ދައްކަން ފެށިއެވެ.
"މާޒް އިޒް އިމްޕޯޓެންޓް ޓޫ..." އުރުޖުވާން އަޑަށް ހަރުކަށިކަމެއް ގެނައެވެ.
"އެހެން ނެއް ނުން މިބުނީ...އިޓްސް ޖަސްޓް އައި ފީލް މާޒް ޑަޒަންޓް އެޕްރޫވް އޮފް އަވާ ރިލޭޝަންޝިޕް...." މީކާއިލްއަށް އެހެން ބުނަން އުނދަގޫވިއެވެ.
" ނޫން. ތީ ހަމަ ހީވާގޮތް. ކުށްހީއެއް......މާޒް، ބޭނުމެއްނުވޭ އެއްވެސް މީހަކަށް ފޯސްކުރާކަށް މެރީ ކުރަން....ހީ ފީލްސް ދެޓް ފެމިލީ އެރޭންޖްޑް އޭ...ބަޓް ދެޓްސް ހިޒް ނޭޗާ....މީކާ ޑިސްއެޕްރޫވް ކުރާތި ނޫން..." އުރުޖުވާން މާޒިމް ދިފާއު ކުރިއެވެ. މީކާއިލް ހޫމް އެއް އަޅުވައިލިއެވެ. އަދި ފޮނުވާފައިވާ ފޮޓޯއިން މަދީނާ އަށް ކަމުދާނެ އެއްޗެއް އަވަހަށް ބުނުމަށް އެދިފައި ފޯނު ބޭއްވިއެވެ.
އުރުޖުވާން ފޯނު ބާއްވާފައި ފުން ނޭވާއެއް ދޫކޮށްލިއެވެ. މިއީ ދިރިއުޅުމުގެ ހަގީގަތެވެ. އެތައް ޒިންމާތަކާއި އިމްތިހާނުތަކެއް އަންނާނެއެވެ. ޝަކުވާތަކާއި އަރައިރުމެވެ. އުފަލާއި ލޯތްބެވެ. ކަރުނައެވެ.
އުރުޖުވާންއަށް އެނދުމަތީ އޮތް ކެމެރާ ފެނުމުން އެ ނެގިއެވެ. މާޒިމް ނަގާފައިވާ ފޮޓޯތައް ބަލައިލުމަށެވެ. އެތަށް ބައިވަރު ފޮޓޯއެކެވެ. އެކަމަކު ހަމައެކަނި އުރުޖުވާންގެ ފޮޓޯތަކެވެ. މި ކެމެރާގައި އޭނަ ނޫން އެއްވެސް މީހެއްގެ ފޮޓޯއެއް ނެތެވެ. މިރެލް ގެ ވެސް މެއެވެ. އޭނަގެ ލޯ ފެންކަޅިވިއެވެ. މާޒިްމ އޭނައަށް އެއްވެސް ސަމާލުކަމެއް ނުދޭކަމަށް ހީކުރެވުނީތީއެވެ. އޭނަ އަށް ނޭނގި އެތައް ފަހަރެއްގަ މަތީން މާޒިމްގެ ލޯ ވަނީ އޭނާއަށް ހުއްޓިފައެވެ. ދުލުން ނުބުނި ކަމުގައިވިޔަސް އޭނާވަނީ އެ އިހުސާސްތައް ފޮޓޯތަކުގައި ރައްކާކޮށްފައެވެ. މި ކެމެރާގެ އެންމެ ކުރީގަައި ހުރި ފޮޓޯ ހުޅުވާލެވުނެވެ. އޭނަ ހުރީ ބަސް ސްޓޮޕެއްގައި މަޑުކޮށްލައިގެންނެވެ. ވަގުތުން ލޯ ފެންކަޅިވިއެވެ.
މާޒިމް ފާޚާނާއިން ނުކުމެގެން އަންނަތަން ފެނުމުން އުރުޖުވާންއަށް ބަލައިލެވުނެވެ.
" ހޭވް ޔު އޯލްވޭއިސް ބިން ދިސް އެޓެންޓިވް....." އުރުޖުވާންގެ ސުވާލާއިއެކު އޭނަ އަވަހަށް ކެމެރާ އަތުލިއެވެ.
" އުރޫޖް ވެސް ދޯ....ވަރަށް ހާވާލައޭ ދޯ މި މަންޖެ...." މާޒިމް ބުމަ އަރުވައިލިއެވެ. އޭނާގެ ކެމެރާގައި ހުރި ފޮޓޯތައް ދުވަހަކުވެސް އެހެން މީހަކަށް ނުދައްކައެވެ. މިފަހަރުވެސް ހަނދާން ނެތިގެން ކެމެރާ އެނދު މަތީ ބާއްވާފައި ދެވުނީއެވެ.
" ނޯ ސީރިއަސްލީ.....ފޯ ހައު ލޯންގް؟" އުރުޖުވާން އަހާލިއެވެ.
" ސިްނސް ދަ ފަސްޓް މޮމެންޓް މައި އައިސް ލެއިޑް އޮން ޔޫ...." އޭނަ އިނގިލި ކުރިން އުރުޖުވާންގެ ނޭފަތާއި ކުޅެލިއެވެ.
" އައި ކާންޓް ބިލީވް.... ކީއްވެ ކުރީން ނުބުނީ ދުވަހަކުވެސް؟." އުރުޖުވާން އަހާލިއެވެ. އޭނާ ހީކުރީ މާޒިމް އޭނާ ދެކެ ލޯބިވާން ފެށީ ހާލަތު ނިޔާ ކުރިގޮތުން ކަމުގައެވެ.
"ބައެއް ކަންތައްތަކަކީ ދުލުން ބުނާ ވަރަށް ވުރެ ހިތުގަ ބޭއްވުމުން ޚާއްސަ ވާ ކަންތައްތަކެއް....ސަމްތިންގްސް ކާންޓް ބީ ސެޑް...އިޓްސް ޖަސްޓް ފެލްޓް...." އޭނަ ގެ ނަޒަރުގައި ވީ ލޯތްބާއި ކުލުނެވެ. ދުވަހެއްގެ ކޮޅުންވެސް އެ ލޯ ކުރިމަތިން އުރުޖުވާން ގެއްލެން ނޭދެއެވެ. އުރުޖުވާންދެކެ އޭނާގެ ހިތުގައި ވާ ލޯބި ދުލުން ބަޔާންކޮށްދޭނެ ލަފުޒުތަކެއް އޭނައަކަށްވެސް ނޭގެއެވެ.
"ކޮބާ ލަސްވަނީ....."އޭނަ އުރުޖުވާންގެ މޫނަށް ފެން ތިކި ތައް ބުރުވާލިއެވެ. އެ ތެތް އިސްތަށިގަނޑުގައި ހަރުލާފައި ހުރި ފެންތައް ބުރުވާލީ އެ ހިނދުކޮޅުގެ ވެސް ނިމުން ގެންނަމުންނެވެ. އުރުޖުވާން ގެ ލޮލުގައި ގިނަވެގަތް ކަރުނަތައް އެ ފެން ތިކިތަކާ އެކުވިއެވެ.
ނުނިމޭ