"މުއްސަދިކަމާއި މަޝްހޫރުކަމަކީ ހަގީގީ ކާމިޔާބީއެއް ނޫނެވެ. ކާމިޔާބަކީ ފަރުޟު ނަމާދުކުރުމަތީގައި ދެމިހުރުމާއި ހެއްދެވިފަރާތާއި ތިބާއާއި އޮތް ގުޅުން ވީހާވެސް ރަގަޅުވުމެވެ."
***
"ނޭނގޭ ކީ ނުކީއެއް.... ތުއްތުބެ އަށް އެނގުނީ ހަމަ އެކަނި މަދީނާގެ ނަން ކިޔާކަން....އެ ބުދު ނުފެނިގެން ރޮއެ ހެދީ...މެހެކް ބުނި މަދީނާގެ ކޮޓަރީގައޭ އޭތިވި...އެހންވެ އެ ބަލާ ދިޔަގަޑީ ކޮޓަރިގަ ނެތީމަ...އެކަމކު ދެން މިއޮއް ގަޑިގަ އެކަނި ބޭރަށް އަންނާކަށް ވެސް ނުވާނެ ނު...." އޭނަ ނަސޭހަތްތެރިވިއެވެ.
" ދޮންބެ އޯކޭ ނުވެދާނެ..." މަދީނާ ގެ ޚިޔާލު ހުރީ އަދިވެސް ކައިވެންޏާއި މެދުއެވެ. ބަހަނާ އެއް ދައްކާން ބޭނުންވިއެވެ.
" ދެން މާޒް އަކާ ކޮން ބެހޭ ކަމެއް...އިޓްސް ޔޯ ލައިފް...ވަލީ ދޭނީ ބައްޕަ އޭ...."އޭނަ ހިނިގަނޑެއް ޖަހާލިއެވެ. މަދީނާގެ މޫނުގައިވީ މުޅިން ނުތަނަވަސްކަމެވެ. އެއްވެސް ވަރަކަށް އުފާވެރިކަމުގެ އަސަރެއް ނުފެނުނެވެ. އެ ލޮލަށް ޖަމާވި ކަރުނަތައް އަނެއްކާ ތިިރިއަށް ދެމިގަތެވެ. އޭނަ ގެ ހުނުން މަތަވިއެވެ.
" އާ ޔޫ އޯކޭ؟މާޒް ވިސްނާ ގޮތަކާއި މެދުތަ ކަންބޮޑުވަނީ؟އައި ތިންކް ޔޫ އާ ފޮގެޓިން، މާޒް އަށް ވުރެ ބޮޑީ ކާކު ކަން... އެހެން ނޫނަސް މާޒް ހޭޒް ހިޒް އޯން ވޭއި އޮފް ތިންކިންގ...ބަޔަކު މިހަކު ނޭވާލާ ގޮތަކަށް ވެސް އޭނާ ރުޅި އައިސްދާނެ....މީކާ އިޒް އަ ގުޑް މޭން...." އޭނަ ވިސްނައިދޭން މަސައްކަތްކުރިއެވެ.
މަދީނާ އޭނާގެ ހިތުގެ އުދާސްތައް ބަންޑުންކުރުވަން އިންތިހާއަށް ބޭނުންވިއެވެ. އަނގަ ހުޅުވައިލެވެއެވެ. އަސްލު ހަގީގީ ސަބަބު ބުނަން އުޅުމުން ދޫ ބަންދުވެއެވެ. އެކަކަށް ވެސް އޭނާގެ އިހުސާސްތަކެއް ނުވިސްނޭނެއެވެ. ޖިންނިއަކަށް ހިތް ދެވިފައިވާކަމަށް ބުނުމުން ގަބޫލުކުރާނީ ކާކުހެއްޔެވެ؟
" ކިހިނެއްވި؟...ޔޫ ކޭން ޝެއާ ވިތް މީ މަދީނާ....އަނެއްކާ އެހެން މީހެއް ދެކެ ލޯބިވެވުނީތަ؟" އޭނަ އަހާލި ގޮތުން އޭނަ ހެއްވަން މަޖާކޮށްލަނީކަން އެނގެއެވެ. މަދީނާގެ ސިކުނޑީގައި އެ ސުވާލު އެނބުރުނީ ހުދު އޭނާ އަށް ވެސް އެ ސުވާލުގެ ޖަވާބާއި މެދު ޝައްކުވެފައެވެ. ލޯ މަރާލެވުނެވެ. އޭރު ބޮލަށް ބަރުވެވެގެން ގޮސް އިށީދެގެން އިދެވޭވަރެއްވެސް ނޫނެވެ.
"އޯ ހެލޯ....މަދީނާ؟....ތިޔޮށް ނިދެނީ ނު...ހިނގާ ދެން..." އޭނަ މަދީނާގެ ބޮލުގައި މަޑުމަޑުން ފިރުމައިލިއެވެ. މަދީނާ ފުން ނޭވާ އެއް ދޫކޮށްލްލިއެވެ. ރޭގަނޑުގެ ފިނި އުޑު މައްޗަށް ބަލާލިއެވެ.
" ގިވް މީ އަ މިނިޓް....ބޭރުގެ މި އަނދިރި ފިނީ ތެރޭގައި ލިބޭ ހަމަޖެހުން މާ ބޮޑު...ގެއަށް ވަނަސް އައި ވޯންޓް ބި އޭބަލް ޓު ސްލީޕް...." މަދީނާ ބުނެލިއެވެ.
" އައިމް ޝުއާ އޮލް ޔޯ ފިއާސް ވިލް ބީ ގޯން ވެން ޔޫ ސީ މީކާ....ސައުދީގަ އުޅުމުން އޭނަ ހަމަ ހިވަނީ މުޅިން ޢަރައްބެއް ހެން....މަދީނާ ވެސް ދުވަސްކޮޅަކުން އެކޮޅަށް ދޯ ދާނީ....މީކާ ބުނި އެކޮޅުގަ އޭ ދިރިއުޅެން ބޭނުންވަނީ..." އޭނަަ ހަނދާން ނެތިގެން ހުރިޙާ ވާހަކަ އެއް ކިޔައިދެވުނީއެވެ. އެއާއެކު ޗުސްކަނޑާލާފައި އަމިއްލަ ބޮލުގައި އަތުން ޖެހިއެވެ.މަދީނާއަށް ހެވުނެވެ.
" ސާބަހޭ...މިކާ ދައްކާނެ އިތުރު ވާހަކައެއް ނެތެއްނު އެހެންވީމަ...ތުއްތު ތި ހުރިހާ ވާހަކ އެއް ކިޔާލަދެނީވިއްޔާ...." މަދީނާ ގެ މޫނުގައި ވީ ހިނިތުންވުން ފެނި އޭނަ ގެ ހިތަށް ފިނިކަން ލިބުނެވެ.
" ކިހާ ލޯބި....ތިހެން އުފަލުގަ ހުރުމަށް އަބަދުވެސް އެދެނީ...ހަޔާތުގެ ކުރިޔަށް ވާނެ ކަންކަމާއި މެދު އެހާ ހާސްނުވަމާ ދޯ....އެހެން ނޫނަސް ކާކަށް އެނގޭނީ ދެން އަޅާ ފިޔަވަޅެއްގަ އެމީހެއްގެ ދިރިއުޅުމުގަ ވާނެ ގޮތެއް....ލުކް އެޓް އަވާ ބްރަދާ ކެނާން.....އެ ހާލުގައިވެސް އެއްވެސް ޝަކުވާއެއްކުރުމެއް ނެތި...." އޭނަ އަށް ކެނާން އާއި މެދު ވިސްނުނެވެ.
" ކުޑަބެ ދޯ......އަސްލުވެސް ވަރަށް ކެތްތެރި....އައި ފީލް އިފް ދެޓް ހެޕެންޑް ޓު މީ....." މަދީނާ އަށް އެ ކިޔާން އެޅުނު ވާހަކަ ފުރިހަމަ ނުވަނިސް އޭނަ ހުއްޓުވިއެވެ.
އެވަގުތު ތުނިތުނިކޮށް ވާރޭ ވެހެން ފެށިއެވެ.
"ދެން ހިނގާބަލަ މަދީނާ...މިހާޜު ވާރޭ ތިކިވެސް ޖަހަން ފަށައިފި...." އޭނަ އަވަހަށް މަދިނާ އަތު ހިފައި ކޮޅަށް ނެގިއެވެ. އަދި ގެއާއި ދިމާއަށް ހިނގައިގަތީ ތަންކޮޅެއް ބާރަށެވެ. މަދީނާ އަށް ތަންކޮޅެއް ދުރުގައި ބަލަން ހުރި އުވައިސް ފެނުނެވެ. އެއީ އޭނަގެ ޚިޔާލުން ދައްކުވައިދޭ މަންޒަރެއްކަމެއް ނޫނީ އަސްލު ފެންނަނީ ކަމެއް ނޭނގުނެވެ. ގޭގެ ދޮރު ހުޅުވާލުމާއެކު ހުޝަލް އަށް ލިބުނީ ސިހުމެކެވެ. ސިޓިން ރޫމްގެ ސޯފާގައި މެހެކް އާއި މިރެލް އިށީދެލައިގެން ތިއްބެވެ. މިރެލްގެ ލޮލުގައި ނިދީގެ ހަމަ އެއްވެސް ނިޝާނެއް ނެތެވެ. އެލޮލުގައިވީ ތަފާތު ވިދުމެކެވެ. ތޫނު ބެލުމެކެވެ.
" އަޅެ ހަމަ ދޫނުކޮށް މަދީނާ ކައިރިޔަށް ނުދެވިގެން.....ހުޝަލް އަޅެ މިރެލް ކައިރި ބުނީ ދޯ ދަމުން..." މެހެކް ލޯ އަޅާލިއެވެ.
މިރެލް އަށް މަދީނާ ފެނުމާއެކު ދުވެފައިއައީ ދޫކޮށްލި ވަޒަނެއްހެންނެވެ. އޭނަ އެރީ އުރަށެވެ، އަދި މަދީނާގެ ކަރުގައި އެ ކުޑަކުޑަ އަތުން ބައްދައިގަތެވެ. ބަލާ މިހަކަށް ހީވާނީ ނިކަން ލޯބިންހެންނެވެ. ނަމަވެސް މަދީނާވެސް ހައިރާންވެ ސިހުނީ ވީ ތަދެއްގެ ބޮޑުކަމުންނެވެ. އާދަޔާ ޚިލާފް ބާރެއް އެ ކުޑަ އަތުގައިވިއެވެ. އާއްމުކޮށް ފިނިކޮށް ހުންނަ މަޑު އަތުން ހޫނުކަމެއްވެސް އިހުސާސްކުރެވުނެވެ.
" އުވެއިސް....ހީ ކާންޓް ބީ ޔޯސް..."އޭނަ ލާނެތް ހިނިގަނޑަކާއި އެކީ ބުނެލިއެވެ. އެއީ ދަންނަ އަޑެކެވެ. މަދީނާ އަށް ވަގުތުން މިރެލް ގަޔާއި ދުރުކޮށްލެވުނެވެ. ބާރަށެވެ. މިރެލް ގެ އަތް އޭނާގެ ކަރުން ނެއްޓުނެވެ. އެއާއެކު ވިއްސައިގެން ގޮސް ސޯފާ މައްޗަށް ގުޅައަކަށް ޖެހުނެވެ.
"މަދީނާ....މިރެލް ކޮއްޕާލީނު ތި....ހީލި ހުއްޓަސް ބޮޑުވަރު ދޯ.. ބޮޑު އަނިޔާއެއްވެސް ވެދާނެއްނު...." ހުޝަލް މިރެލް ނަގާފައި ކޮނޑަށް ލިއެވެ. އޭރުވެސް މިރެލް ހުރީ މަދީނާ އަށް ލޯ އަޅާލައިގެން ބަލަނަށެވެ. މަދީނާގެ ލޯ ބޮޑުވެ ބިރުންގޮސް ފިނިވިއެވެ. މެހެކްއަށްވެސް މިރޭ މިރެލްގެ ފަރާތުން އާދަޔާޚިލާފް ކަނތައްތަކެއް ފެނުނު ހެން ހީވެއެވެ.
"މިއޮތް ދަންވަރު މި ކޮން ޖަލްސާއެއް...." ކެނާން ގޮނޑި ދުއްވަމުން އައެވެ. މިރެލް ދުވެފައި ދިޔައީ ކެނާން ގާތަށެވެ.
" އައި ވިލް ސްލީޕް ވިތް ޔޫ...." މިރެލް އޭނާގެން ގުޅޭ ބުދާއެކު ކެނަންގެ އުނގަށް އަރާ މޭމަތީ އޮށޯވެލިއެވެ.
***
ފިނި ހެނދުނެއްގެ އިރުގެ ދޯދިތައް ކޮޓަރިޔަށް އެޅިފައިވިއެވެ. އުރުޖުވާންގެ އިސްތަށިގަނޑު ހާމަޔަށް ނިއުޅާލެވިފައިވީ އިރު ކުދި އިސްތަށިކޮޅުތައް އޭނާގެ ލޯ މައްޗަށް އެޅިފައިވިއެވެ. އޮމާން ސާފު މޫނެކެވެ. ނިދީގައި އަދި އެ މައުސޫމްކަމުން ބަލާލާ ކޮންމެ މީހަކަށް ހިތްހަމަޖެހުން ގެނުވައިދޭނެއެވެ. އެ ގޯނާ ކުރަމުންދާ އިސްތަށިކޮޅުތައް އެއްފަރާތްކޮށްލުމަށް ހިތް އެދެވުނަސް އުރުޖްވާންގެ ނިދިން ހޭލައްވާލަކަށް މާޒިމް ބޭނުމެއްނުވިއެވެ. މި ހިނދުކޮޅު ދިގު ދެމިގެން ދިޔުމަށް ނޫނީ އޭނަ ނޭދެއެވެ. އެނދު މަތީގައި ހުރި ރަތް ފިނިފެނަމަލުގެ ފިޔަތައް ވަނީ އެކި ތަންތާގައެވެ. ނިއުޅިފައިވާ އިސްތަށިގަނޑުގައި ހަރުލާފައިވާ އެ ފިޔަތަކުން އެ ރީތިކަމަށް ގެނެސްދިނީ އިތުރު ފުރިހަމަ ކަމެކެވެ. މާޒިމް ކުދި ފިޔަވަޅުތަކުގައި ގޮސް ނެގީ ޕޮލޮރޮއިޑް ކެމަރާއެކެވެ. އަނެއްކާވެސް މަޑު ފިޔަވަޅުތަކުގައި އުރުޖުވާންއާއި ގާތަށް ޖެހިލަމުން ފޮޓޯ ނަގަމުން ދިޔައެވެ. ފޮޓޯ ކެނޑޭ ކޮންމެ އަޑަކަށް އޭނަ ކުޑަކޮށް ހެލިލައެވެ. ލޯބި ކުދި ހަރަކާތްތަކެއް މޫނަށް ގެނުވައެވެ. ދިގު ރީތި އެސްފިޔަތައް ފިޔަ ޖަހައިލައެވެ.
" މާޒް....މިރެލް..." އުރުޖުވާން ނިދީގައި މަޑުމަޑުން ކިޔައިލިއެވެ. އުރުޖުވާންގެ އަތް ފުނާ އަޅަމުން ދިޔައީ އެނދު މަތީގައެވެ. މިރެލް ލިބުނު ފަހުން ނިދީގައިވެސް އާދަވެފައި ވީކަމެކެވެ. ކައިރިގައި ވި ހުސް ކަން އިހުސާސްވެ އުރުޖުވާން ތެދުވުނީ ސިހިފައެވެ. އެވަގުތު ކެމެރާގެ ފްލޭޝް ކެނޑުނެވެ.
"އައުޗް....." އުރުޖުވާންގެ ލޮަލަށް ކެނޑުނު އަލިން އުދަގޫވެގެން ލޯ މަރާ ބާރުކޮށްލިއެވެ.
" މާޒް....ދެން...މި މީހުން ފޮޓޯ ނަގާ ކަހަލަ ވަގުތު ތަ؟" އުރުޖުވާން ބޮޑާހާކާލިއެވެ.
" ކީއްވެ ނުނަގަންވީ؟ޔޫ އާ މައި މިއުޒް....މި ޓްރިޕްގަ އައި ބޯޓް ހުރިހާ ކެމެރާއެއްވެސް....އައި ވޮންޓް ޓު ޓޭކް މޯ ޕިކްޗާސް އޮފް ޔޫ....އޮފް އަސް..." އޭނަ އުރުޖުވާން ގެ ނިތުގައި ބޮސްދިނެވެ. އެއުރުޖުވާން އަތުގައި ޖެހުނު ކުޑަ ބާލީސް މާޒިމްއާއި ދިމާލަށް ހޫރުވައިލިއެވެ. މަޖާވެފައެވެ.
" އުރޫޖް. ވަރަށް ގޯސް ތި ވީ......." އޭނަ ބާލީސް ނަގައި އުކަން އަތް މަޅާލިއެވެ. އުރުޖުވާން އަތުނުވާންވެގެން އެނދުން ތެދުވެ ދުއްވައިގަތެވެ.
" ތިހާ ފަސޭހައިން ދެވޭނެ ކަމަށްތަ ހީކުރީ؟ ޔޫ ކާންޓް ސްލިޕް ތްރޫ މައި ފިންގާސް..." މާޒިމްގެ އަތު ހިމާޔަތަށް ގެނައިލެއް ފަސޭހަކަމުން އުރުޖުވާން ތުން ފިތައިލިއެވެ. އޭނަ ދަތްދޮޅީގައި ހިފާ އިސްއުފުލައިލިއެވެ.
" ޑޫ ޔޫ ތިންކް ވީ މައިޓް ގެޓް އަ ލިޓިލް ލޭޓް ޓު ގޯ ކެންޓް؟" އޭނަ އުރުޖުވާން ގެ މޫނުގައި މަޑުމަޑުން އަތް ޖައްސައިލިއެވެ. އުރުޖުވާން ވަރަށް ފަރުވާތެރި ކަމާއެކު މާޒިމްގެ އަތުގައި އިނގިލިތައް ބިއްސާލިއެވެ. އެއީ މާޒިމް ހީލިކަރުވާކަމަކަށް ވާތީއެވެ. އޭނައަށް ލިބުނު ސިހުމާއެކު އުރުޖުވާންގެ ގައިން ދޫކޮށްލުމުން ލިބުނު ފުރުސަތުގެ ބޭނުން ހިފާ ދުރަށް ދިޔައެވެ. އޭރު އުރުޖުވާންގެ ދިގު އިސްތަށިގަނޑު އޭނަގެ މޫނުގައި ބީހިލިއެވެ. ވަޔާއެކު އޭނަގެ މޫނުގައި ފިރުމައިލަދިންއިރު މީރު ވަހެއް ނޭފަތުގައި ޖެހުނެވެ.
" އޭ...އުރޫޖް...އަނެއްކާ......" މާޒިމް ބުމަ އަރުވައިލިއެވެ.
" ކެންޓް އަށް ދާން ލަސްވާކަށް ބޭނުމެއްނޫން...." އުރުޖުވާން އިސްތަށިގަނޑު އޮޅައިލަމުން ހުޅިއެއް ޖެހިއެވެ. ފަން އެ އިސްތަށިގަނޑުން ވެއްޓިފައި އޮންނަ ބައިތައް އެހާމެ ލޯތްބެވެ. މާޒިމް އަނެއްކާވެސް ނެގީ ކެމެރާއެވެ. އުރުޖުވާންގެ ފޮޓޯ ނަގަމުން ދިޔައީ ފޫހިވުމެއްނެތިއެވެ. އުރުޖުވާން ލަދުން މޫނު ފޮރުވިއެވެ.
"ދެން ހެވޭ މާޒް...."
ނުނިމޭ