"ހަރާމް ގޮތުގައި ހޯދައިގަންނަ މުދަލަށްވުރެ ހަލާލް ގޮތުގައި ހޯދާ ކުޑަ މުސާރަވެސް ރަގަޅެވެ."
***
"ނޮޓް ފަނީ ކުޑަބެ...." ދަނީން ފޫހިގޮތަކަށް އަނގަޔަށް ހެދިއެވެ. އަލްބާން ވަނީ މަރްވާން އާއި ވާހަކަ ދެއްކުމަށް ފަހު މައްސަލަ ހައްލުކޮށްފައެވެ.
" އޯކޭ....އެހެންވީަ ދެން ހިނގާ ދޯ ފަށަމާ...އެކަމު ފެށުމުގެ ކުރީން...އައި ހޭވް އަ ސަޕަރައިސް ފޯ ސަމްވަން ސްޕެޝަލް...." އަލްބާން ގޮނޑިން ތެދުވެލިއެވެ. ޒަވިޔާރު ނިތުގައި އަތް އަޅާލިއެވެ. އެ ވަގުތު ބާބިލް ބަދިގެއިން އައި ކާ އެއޗިހީގެ ތަބައް ހިފައިގެންނެވެ.
" ލޯބި ވެވުނީތަ؟....މިހަކު ހޯދުނީ ދޯ އަލްބާން...." ނައީމު ފޯރީގައި ބުނެލިއެވެ. އެވަގުތު ބާބިލް ގެ ހިތާ ބާރަށް ތެޅިގަތެވެ.
" އާނ...އެކަމަކު..." އެވަގުތު ބާބިލް އަތުގައި ހުރި ތަބައް ވެއްޓުނެވެ. ތަޅުންމައްޗަށް ވިހުރުވުގެން ދިޔަ ބިއްލޫރި އެތިކޮޅުތަކަށް އިރުގެ އަލި އެޅި ވިދަމުން ދިޔައިރު އެވެސް އޭނައަށް މަލާމާތްކުރާފަދައެވެ. ބާބިލްއަށް އަޑެއް ލައްވައިލެވުނީ ތަދަށްވުރެވެސް ފޫހިވީލެއް ބޮޑުކަމުންނެވެ. އޭނައަށް އެއްވެސް ކަމެއް ރަގަޅަށް ނުކުރެވޭނީހެއްޔެވެ؟ އަމިއްލަ ނަފުސާއިމެދު މާޔޫސްވިއެވެ. ބާބިލް ތެޅިފައިވާ ބިއްލޫރިތައް ނަގަން އުޅުނިއިރު ސިކުނޑިތެރޭގައި ތަފާތު ޚިޔާލުތައް އަޑުގަދަކުރަމުން ދިޔައެވެ. ފިޔަވަޅުތަކުގެ އަޑު ކައިރިވިއެވެ.
"ބާބް....ކިހިނެއްވީ؟"އަލްބާން ގުދުވެލިއިރު މޫނުން ފެނުނީ ކަންބޮޑުވުމާއި ތަދެވެ.
"ލެޓް މީ ހެލްޕް.."އަލްބާންވެސް ބިއްލޫރިތައް ނަގަން އުޅުމުން ބާބިލް ސީރިޔަސްވިއެވެ.
"ނަގައިފީމޭ..."
"ބާބް. އަތަށް އަނިޔާވީތަ؟.ތިހާ ވަރަށް....."
"ބުނެފީމެއްނު ނެގިދާނެއޭ...."އަލްބާން އަތުގައި ހިފަން އުޅުމުން އަތްދަމައިގަތް ގޮތުން ބިއްލޫރިގަނޑެއް ހެރި އަތުން ލޭގެ ސައިލެއް އޮހިގަތެވެ.
ޑޭމްއިޓް ބާބިލް...ލުކް އެޓް ޔޫ...."އޭނައަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އެއަޑުގައިވަނީ ތަފާތު އަސަރެކެވެ.
"ކިތަންމެ ދުރުކޮށްލަން އުޅުނަސް މިހާރު މާ ލަސްވެއްޖެ. ބާބްއަށް އެހީނުވެ އަހަންނަކަށް ނުހުރެވޭނެ ބަލަން.."
އޭރު އާސީވެސް ފަސްޓްއެއިޑް ކިޓެއް ހިފައިގެން އައިސް ތަޅުންމަތީގައި އިށީނެވެ.
"ހާދަ ވަރެއް އެވީ...ބާބިލްއަށްވުރެވެސް ބޮޑުވަރު. އަލްބާންއަށް މާތަދުވެއްޖެހެން ހީވާކަހަލަ......ޒަވިޔާރުއަށް އެކަން މަޖާވެ ހުނުން އޭނައަށް ނަގައިގަންނަން އުދަގޫވިއެވެ. މިޒާޖު އެހާ ބަދަލުވަނީ ކީއްވެހެއްޔެވެ؟
"ޒަވިޔާ ދެން ތި މަޖާވަނީ އެންމެ ރަގަޅު ވަގުތަކު ތަ؟ ސަމްވަން އިޒް ހާޓް...."މައިރާވެސް އަވަސްވެގަތީ ބާބިލްއަށް އެހީތެރިވުމަށެވެ. މައިރާ ބާބިލް ގެނެސް ގޮނޑިއެއްގައި ބޭންދިއިރު އެންމެން ނަޒަރުތައް ބަދަލުކުރިއެވެ. އަލްބާން އެހާވަރުން ހާސްވުމުން އެތައް ސުވާލުތަކެއް އުފެދިފައިވިއެވެ.
"މިގޭގައި ޑޮކްޓަރުން ގިނަވެފައިދޯ. ހިތުގެ ޑޮކްޓަރެއްނެތްތަ؟"ނައީމު ޖެއްސުމުގެ ރާގަކަށް ބުނެލިއެވެ.
"އަނެއްކާ ނައީމް ހިތުގެ ބައްޔެއް ހުރީތަ؟ ޒަވިޔާރުއަށް އެފަދަ ޑޮކްޓަރުންވެސް އެނގޭނެ ދޯ ދަރިފުޅު.."
ނައީމު ކަޑަނުވާންވެގެން ހީލިއެވެ.
"އެންމެނަށް މަޖާ ކަމަކަށް ވީ؟"އަލްބާންގެ އަޑުގައި ވީ މަޑުމައިތިރިކަމެވެ. އެކަމަކު އެތަނުގައި ތިބި އެންމެންގެ ސިއްރު ވާހަކަކަތަށް ނިމުމެއް އައެވެ.
"ބާބް މަރުވަނީހެން ހީވާފަދަ ގޮތަކަށް ވިއްޔާ ތިއުޅެނީ.."
އަލްބާންގެ ކޮލުކަށިގަނޑަށް ބާރުކޮށްލެވުނެވެ. އެންމެ ރަގަޅެވެ. ބާބިލް މަރުވަނީއެއްނޫނެވެ. ނަމަވެސް އެކުއްޖާއަށް އަނިޔާވެއްޖެ ނޫންހެއްޔެވެ؟ އެފަދަ ވޭނެއްގައި އުޅޭތަން ދެކެން އޭނައަށް ކެތް ނުވީއެވެ. އޭނަގެ އިހުސާސްތައް އެހެން މީހުންނަކަށް ނޭގޭނެއެވެ.
"ހިތުގެ ޑަކުތަރުކަން ކިޔަވަންވީއެއްނު އަލްބާން ކޮއިފުޅު..."ނައީމުއަށް ކެތްނުކުރެވިގެން އަނެއްކާވެސް އެ ވާހަކަ ފެށިއެވެ. ސީދާކޮށް ބުނަން އަދިވެސް ފަސްޖެހެވެނީ އަލްބާންދެކެ ގަންނަ ބިރެއްގެ ސަބަބުންނެވެ."ތިވަރަށް އަޅާލުމާއި ހެޔޮކަން....އަލްބާން.. ބޭކާރު ކިޔެވުމެއްނު..އަލުން ބަލުން ޑަކުތަރުކަން ކިޔަވާ. އެވެސް ހިތް..ޚާއްސަކޮށް ވަކި ހިތަކަށް ބޭސްފަރުވާކުރަން."
"ޝަޓަޕް ނައީމް..."އަލްބާން ލޯ ހަނިކޮށްލިއެވެ.
"ނައިމްވެސް ދެން ދިމާނުކޮށްބަލަ..މިއީ ދެން ސަމާސާކުރުމާއި ދިމާކުރަކަހަލަ ވަގުތެއްނޫން..." ޒަހުރާ ކިތަންމެ މަޑުމައިތިރި ނަމަވެސް މުނާސަބު ވަގުތުތަކުގައި އެއްޗެއް ބުނަން ފަސްނުޖެހެއެވެ."ވަގުތަށް އިހުތިރާމްވެސް ކުރަންވާނެ.."
މައިރާ ބާބިލްގެ އަތްތިލަ ބެންޑޭޖްކުރަމުން ދިޔައިރު އަލްބާންއަށް ބަލަހައްޓައިގެން ހުރެވުނެވެ. މައިރާގެ ބަދަލުގައި އޭނައަށް އިހުސާސްކުރެވުނީ އޭނައަށް އެތާ އިނދެވުނުކަމެވެ. ބޭސްއަޅާ ނިމިގެންވެސް އެ މަޑު އަތްތިލައިގާ ހިފަހައްޓައިގެން އިނދެވުނުފަދައެވެ.
***
ތާޒ\ާ ފިނިފެންމަލާއި ޖޭޒްމިންގެ ވަސް ގޭތެރެއަށް ފޭދިގަތީ މީހުންގެ ފިޔަވަޅުތަކުގެ އަޑު އިވުމުގެ ސިކުންތުކޮޅެއް ކުރިންނެވެ. ގަހަނާ ތަބައްތަކުގެ ލުއި ތެޅުމުގެ އަޑާއި ފަށުވި ފޭރާންތަކުގެ މަޑުމަޑު ބީހިލުމުގެ އަޑާއެކު ވައިގާ ހިފައިލި ޖޯޝާއި ފޯރި އައީ ޚާއްސަކަމެއްގެ ސިގްނަލް ދެމުންނެވެ.
އެންމެ ކުރިން ގޭތެރޭގައި ފައި އެޅީ ސަކީނާއެވެ. އެހެން ދުވަހާއި ޚިލާފަށް ރީތިކޮށް ހެދުން އަޅާ ސެންޓްޖަހާލައިގެން އަބުއިގޮތަކަށް ހިނގާލާފައި އައިއިރު ތުންފަތުގައިވީ ބޮޑު ހިނިތުންވުމެކެވެ. މަރްވާންގެ އަތުގައި ހުރި ތަބަކުގައި ޝާހީ ފޭރާމާއި ސެންޓް އަދި ރަނުގެ ރިބަންތަކުން ބަންދުކޮށްފައިވާ ފޮށިތައްވީއިރު އެއަށްވުރެ ޒުވާން ކުދިންވެސް އައީ ހަދިޔާތަކުން އަތްތައް ބަރުކޮށްގެންނެވެ.
"މިއީ ޒަހްރާއަށް....ކައިވެންޏަށް އައި އާއިލާއަށްޓަކާ....."ސަކީނާ ތަބައްތަކަށް އިޝާރާތްކުރިއެވެ.
ޒަހްރާގެ ލޮލުގެ ވިދުންގަދަވިއެވެ. ކަސަބުން ވިޔެފައިވީ ފޭރާމުގައި އަތް ޖައްސައިލެވުނެވެ." މާތްﷲ ދައްތަގެ ގޭގައި ބަރަކާތް ލައްވާށި..އަދި މި އާ ފެށުމަށް އުފާވެރިކަމާއި ނަސީބު ލައްވާށި......"
އެންމެންވެސް އެ އުފަލުގައި ބައިވެރިވީއިރު ނައީމުހުރީ ހަސަދަވެރިކަމުން ފޯވެ މޫނު ހަދާލައިގެންނެވެ. އޭނަގެ ލޯ ދަހިވެތިކަމާއެކު އެ ހަދިޔާތަކަށް ދަތުރުކުރިއެވެ." މިއީ ދެން ކޮންކަމެއްތަ؟ މިހުރިހާ ހަދިޔަތައް....އަހަރެމެންނަށް ނުބުންޏަސް އެނގިއްޖެއޭ ކާކަށްކަން......"
އަލްބާންއަށް ކަޅި އަޅައިލެވުނެވެ. އަހެދްއާއި މުރުތަސިމްގެ މަތިންވެސް ހަނދާންވިއެވެ. އެދެމީހުންވެސް އަންނާކަށް ނޫޅުނެވެ.
ދަނީން އޭނަގެ މަންމަގެ ގާތުގައި މަޑުމަޑުން ހުއްޓިލައިގެން ހުރެފައި އެއް ފަޔަށް ކުޑަކޮށް ބަރުވެލިއެވެ. ވާން އުޅެނީ ކީއްކަން އޭނަގެ ހިތުގެ ފުންމިނުން ދޭހަވިއެވެ. އަދި މަރްވާން އޭނަގެ ބައްޕައާއި ދިމާލަށް އެނބުރުމާއެކު އޭނަގެ ނޭވާވެސް ހުއްޓުނެވެ.
"ހިޝާމްބެ...." މަރްވާން ވާހަކަދެއްކީ އިހުތިރާމްއާއެކުގައެވެ. އެ އަޑުގައިވީ އަމިއްލަ ނަފުސަށް އޮތް އިތުބާރެވެ." އަޅުގަނޑު މިއައީ ހަމައެކަނި ހަދިޔާތަކެއް ހިފައިގެނެއްނޫން. އެކަމަކު އެއަށް ވުރެ އަގުބޮޑު އެއްޗަކަށް އެދެން..."
މުޅި ތަނަށް މަރުފަދަ ހިމޭންކަމެއް ވެރިވިއެވެ.
"އަޅުގަނޑު ބޭނުމީ ދަނީންއާއި ކައިވެނިކުރަން..."
މާނައިން ފުރިގެންވި ފުން ހިމޭންކަމެއް ދެމިގެން ދިޔައެވެ. ދެން އިރުގެ މަޑު ހޫނުކަން ފަދަ ހޫނުކަމެއް ފެތުރި އެންމެންވެސް އެކަމާއި ގަބޫލުކަން އެނގޭފަދަ ހިނިތުންވުންތައް ބަދަލުކުރެވުނެވެ.
"ވަރަށް ދުވަސްފަހުން ތިހިތްވަރު ކުރެވުނީ.."އެކަކު ދިމާކޮށްލިއެވެ. އެންމެން ހޭންފެށިއެވެ. ޒަހްރާ އޭނަގެ ދަރިފުޅު މާހްޒަބީންއަށް ބަލައިލަމުން ހިނިތުންވެލިއެވެ. ދަނީންގެ ހިތުގެ ތެޅުން ބޭރަށް އިވޭހެން ހީވިއެވެ. އެންމެންގެ ސަމާލުކަން ލިބުމުން މޫނަށް ހޫނުވިއެވެ. ހިޝާމް އާދައިގެ މަތިން އިރުކޮޅެއްވާންދެން ވިސްނަން ހުރުމުން އޭނަދޭނެ ޖަވާބަކަށް އިންތިޒާރުކުރަން އިރުކޮޅެއްވާންދެން ތިބެންޖެހުނެވެ.
"ޔޫ ހޭވް މައި ބްލެސިން މަރްވާން..."އޭނަ ބޯ ޖަހައިލިއެވެ.
އެތަނަށް ވެރިވި ނުތަނަވަސްކަން ފިލައިގެން ދިޔައެވެ. ހުނުމާއި މަރްހަބާ ސިއްރު ވާހަކަތައް އަދި "ޢަލްހަމްދުލިﷲ"ގެ އަޑު ކޮޓަރީގެ ހިމޭންކަން ނަގައިލިއެވެ. ނައީމު ހުރީ ތުންފަތް ތުނިކޮށް ރޮގެއްހެން ހަދާލައިގެންނެވެ. އަލްބާންގެ ހިތް ކޮއްކޮއަށްޓަކާ އުފަލުން ފުރުނަސް އެއްބައިގާ ނުތަނަވަސްކަން އުފެދުނެވެ. އެ ހުށަހެޅުމާއިމެދުގައެއްނޫނެވެ. މަރްވާން އޭނައަށް ސިއްރުކުރިކަމަށްޓަކައެވެ. ދުވަހަކުވެސް ދަނީންއަށްޓަކާ އެހިތުގައިި އިހުސާސެއްވާކަމުގެ ކުޑަ ކުޑަ ހިލަމެއްވެސް ވިޔަނުދެއެވެ. އެކަމަކުވެސް ދަނީންގެ މޫނުގައި ވި އުފާވެރިކަން ފެނުމުން އޭނަގެ ހިތަށް ވި ނުތަނަވަސްކަން ނެތިގެން ގޮސް ހިތަށް ފިނިކަމެއް ލިބުނެވެ.
އަލްބާން ދަނީންގެ ކޮނޑުގައި އަތް ޖައްސައިލިއެވެ."ސަޕްރައިޒް ކިހިނެއްވަނީ؟"
"އަސްލު އުފާނުވަނީއެއްނޫން. މިއަށްވުރެ އުފާވެރި ދުވަހެއް ނާދޭ އެކަމަކު ފީލްވަނީ ބިޓްރޭޑް ހެން...މަރްވާން ދުވަހަކު އެވާހަކަ ޝެއާ ނުކުރާތީ. އަނދިރީގައި ބެހެއްޓީތީ.."
އޭރުވެސް ދަނީން ހުރީ ޝޮކެއްގައެވެ. އޭނަގެ ލޮލުން އޮހިގަތޫ އުފަލުގެ ކަރުނައެވެ. އަލްބާންގެ ގައިގާ ބައްދައިލެވުނީ ރޮމުންނެވެ.
"އަވަހަށް ދަރިފުު ދޭ ތައްޔާރުވެލާން....މި ހުށަހެޅުމަށް އާއެކޭ ބުނަން ރީތިވެލައިގެން އާދޭ...."ޒަހްރާ ބުނެލިއެވެ. ދަނީން ކުޑަކޮށް ޖެހިލުންވެފައި ހުރެފައި ބޯ ޖަހައިލިއެވެ. އޭނަގެ ދިރިއުޅުންވެސް ބަދަލުވެގެން ދަނީއެވެ. އާފެށުމެކެވެ. އާ ހަޔާތެކެވެ.
އަލްބާންއާއި މަރްވާންގެ ނަޒަރު ބަދަލުވުމުން އޭނަ ކުޑަކޮށް ބޯޖަހައިލިއެވެ. ބައެއްކަންތައްތަކަށް ވަގުތު ނަގަނީއެވެ. އެކަމަކު ބައެއް އެއްޗިއްސާއި މީހުންނަށް އެހެން ވަގުތު ނެގުންވެސް ހަމަ ހައްގެވެ.
ޒަވިޔާރު ދެކުނީ ދަނީން އާ ދިރިއުޅުމެއްފަށަން އެކަށީގެންވާވަރަށް ވުރެ ޅަ ކަމުގައެވެ.
***
މައިރާ އޭނަގެ ފިރިމީހާ ޒަވިޔާރުގެ ކުރިމަތީގައި އާވި އަރައަރާ ހުރި ލެންޓިލް ސޫޕްތަށްޓެއް ބެހެއްޓިއެވެ. އޭރުވެސް ޒަވިޔާރު އިނީ ފޯނާއި ކުޅުމުގައި ގެއްލިފައެވެ.
"ޒަވިޔާ......ބުނަން ވާހަކައެއް.."
"ހޫމް..."އޭނަ އަދިވެސް އިސްއުފުލާ ބަލާ ނުލައެވެ.
"މަޣުރިބު ނުކުރަމެއްނު އަދި........."މައިރާ މަޑުމައިތިރިކަމާއެކު އަހައިލީ ކުރިމަތީގައި ހުރި ގޮނޑީގައި އިށީންނަމުންނެވެ.
"ގޯޑް.......ނޯ....މައި އަބަދު ތި ނޫން ގޮތަކަށް ވާހަކަަ ނުދައްކާނީތަ؟ އަހަރެން މީ ކުޑަކުއްޖެއްނޫނޭ........"
"އެކަމަކު ރިމައިންޑްކޮށްދޭން އޮވޭ.."
"ހަމަ މަންމަހެން ވާހަކަ ތިހުންނަނީ..."
"ތިއީ ހަމަ ތައުރީފެއްގެ ގޮތުގައި ނަގާނީ.....ކުޑަކޮށް ނަމާދަށް ކަންނެތްވިޔަސް މަންމަ ހަމަ ރެއިޒްކުރީ ރަގަޅު ފިރިހެންދަރިއެއް.."
"ތައުރީފަކުން މަގޭ އާދަތައް ބަދަލެއްނުކުރެވޭނެ ސޮރީ....."
"ބަދަލުކުރާކަށް ނޫން ޒަވީ. ބޭނުމީ ޖަންނަތުގައި އެކީވުން..."
ޒަވިޔާރު އެއްޗެކޭ ނުބުނެ ސޫޕް ތަށި ބޯންފެށިއެވެ. އެމޫނުމަތިން ހިތްހަމަނުޖެހުމުގެ ކުލަވަރު ފެނުމުން ނާއުއްމީދުވާން އުޅެފައިވެސް މައިރާ އަމިއްލަ ނަފުސަށް ވިސްނާދިނީ ކޮންމެވެސް ދުވަހަކުން އޭނަގެ ދުއާތައް އިޖާބަކުރައްވާނެކަމުގައެވެ. އޭނަ އެކަންޏެއްނޫނެވެ. މަންމަވެސް މެއެވެ. މަންމަވެސް ޒަވިޔާރުމެންނަށް ހިދާޔަތް ދެއްވަން ދުޢާކުރާނެކަން ޔަގީނެވެ.
***
މުއުތަސިމް ހުރީ އެއްގޮތަކަށްވެސް އެފަދަ ގޮތަކަށް އެލީޒީއާއި ބައްދަލުވެދާނެކަމަކަށް ނޫނެވެ. އޭނައަށް އެލީޒީ ފެނުނު ތަނާއި ހާލަތާއިމެދު ބޮޑު ޝޮކެއް ލިބުނެވެ. އެލީޒީއަށްވެސް ވީ ހަމަ އެވަރެވެ.
***
ޒަވިޔާރު އޭނަގެ މަންމަ ބުނެގެން ލޮލަށް އަޅަން ރިފްރެޝް އައިޑްރޮޕްސް ހިފައިގެން އައިއިރު މަންމަ އިނީ ނަމާދުކޮށްގެން މުސައްލަމަތީގައި ގުރުއާން ކިޔަވާށެވެ. މަންމައަށް މައިރާ ގެނެސްދިން ރަންކުލައިގެ ބަނޑޭރިގަނޑު ލީ މުސްހަފް ވީ އޭނަގެ މަންމައަށް ދެވަނައެއްނެތް އަގުުރި ހަދިޔާއަކަށެވެ. އެހަދިޔާ ލިބުނުފަހުން މަންމަ އިތުރު ހިތްވަރަކާއެކު ގުރުއާން ކިޔަވާކަން އޭނައަށް ފާހަގަވިއެވެ. ފެންނަ ކޮންމެ ފަހަރަކުހެން މަންމަ އިންނަނީ އެކަމަށް ގެއްލިފައެވެ.
"މަންމާ މިހިރީ ލޮލަށް އަޅާ ބޭސް...."ޒަވިޔާރު މޭޒުމަތީގައި ބޭސްފުޅި ބެހެއްޓިއެވެ.
"ކިތައްފަހަރު އަޅަންވީ؟"
"ހަތަރު އިރުވެސް ރަގަޅުވާނެ. ނޫނީ މަންމަ ލޮލަށް އުދަގޫވަންޏާ. އެކަމަކު މާ ގިނައިން ފޮތް ބެލީމަވެސް ލޯ ހިކޭނެ....މަންމަ ހާދަ ގިނައިން ތިކިޔަވަނީ؟ ހިތުދަސްކުރަނީތަ؟"
ދަރިފުޅު...ގިނައިން ކިޔެވީމަ ނޫނީ އަޑުއެހީމަވެސް ހިތުގައި ލިޔެވިފައިހެން އިންނާނީ..."
"މަންމަ ސިކްރެޓިވްކަން. އެއްވެސް މީހަކަށް ނާންގާ މަންމަ މެމަރައިޒް ކުރަނީ ދޯ ހެހެ......މަންމަ ދުވަސްކޮޅަކުން ހާފިޒަކަށްވާނެ..."ޒަވިޔާރު އެނދުގައި އިށީނެވެ."މަންމާ....މަންމަ މައި ގާތު އެއްޗެކޭ ބުނިންތަ؟"
ނުނިމޭ