"ވަގުތުގެ ބޭނުން އެންމެ ރަގަޅުގޮތުގައި ހިފާށެވެ. ދުނިޔޭގައި އުޅެން ލިބެނީ ވަރަށް މަދު ދުވަސްކޮޅަކަށެވެ. އެންމެ ފުރަތަމަ ދުނިޔެއަށް އައި މަގުސަދު ހަދާންނައްތާ ނުލައި ގިނަވަގުތު އަޅުކަމުގައި ހޭދަކޮށްފައި ދުނިޔަވީ ކަންތައްތަކާއި އުޅުމުން ދެ ދުނިޔޭގެ އުފާވެރިކަންވެސް ލިބިގެން ހިގައިދާނެއެވެ."

***

"ހަމަޖެހޭ....އެހާ ނާމާންތަ؟" އޭނާގެ ސިގާ ރޯކޮށްލިއެވެ. އެ ހުޅުކޮޅުގެ ފަނޑު އަލި ނޫން އައްޔެއް އެ ކާރުތެރޭގައި ނެތެވެ. އުރުޖުވާން ބާރަށް ހިފަހައްޓާލާއިގެން ހުރީ މާޒިމް ގެ ގަމީހުގައެވެ.

"ކީއްވެ ބޮކި ނިވާލީ.....މިއީ ޖެއްސުމެއްތަ؟..." މާޒިމް އޭނާގެ އަޑު ހަރުކަށި ވި ނަމަވެސް ބެލީ މި ހިނދުކޮޅުގައި ކެތްކުރުމަށެވެ. ރުޅީ އިސްކޮށްގެން އެއްވެސްކަމެއް ގޯސް ވެގެން ދާން އޭނަވެސް ބޭނުން ނުވިއެވެ. ކާރުގެ ދުވެލި ބާރުވިއެވެ. އުރުޖުވާން އަށް މާޒިމް ގެ އަތށް ބާރުކޮށްލެވުނެވެ. އޭރު ކާރުތެރެ ފުސްވެފައިވަނީ ދުމުންނެވެ. ދުވާ ނުބައިވަހުން ނޯށް ދަމާލަން ކެރޭވަރެއް ނޫނެވެ. މާޒިމް އަނެއްކާވެސް އެއްޗެއް ބުނަން ގަސްތުކޮށް އަނގަ ހުޅުވާލިތަނާ ބޮކިތައް ދިއްލުނެވެ. އޭރު އެތާ އިން މީހާ ފެންނާކަށް ނެތެވެ. ކާރު ތެރޭގައި ހުރި ކައްސާ ދޮރު އިނީ ހަނި ކޮށް ހުޅުވިފައެވެ. ބޭރުން ފެނުނީ މީހަކު ބަލަހައްޓައިގެން ހުރިތަނެވެ. ހެވިފައެވެ. ހަނި ރޮގުން ފެނުނީ އެ މީހާގެ ލޮލާއި ދިއްލިފައިވާ ރިހި ދަތެވެ. އުރުޖުވާން ގެ ގަޔަށް ނުބައި ހީގަނޑެއް ވަނެވެ. އިންތިހާއަށް ބިރުގަތެވެ. އެވަގުތު އެ ދޮރު ލެއްޕުނެވެ. އަދި އެތަނުން ސިކިއުރިޓީ އެއް ވާހަކަ ދައްކަން ފެށިއެވެ.

" ޔޫ އެރައިވްޑް ޔޯ ޑެސްޓިނޭޝަން...."

މާޒިމް އިނީ ހައިރާންވެފައެވެ. އޭނާއަށް ދާންވާ ތަނެއް ބުނެލެވުނު ހެއްޔެވެ؟ އަދި އެހާ އަވަހަށް އެ ހޮޓެލަށް އާދެވިދާނެހެއްޔެވެ؟ މަންޒިލަށް އަދި ނާދެވުނުކަމުގައި ވިޔަސް އޭނަ ބޭނުންވީ ވީހާވެސް އަވަހަށް އެ ކާރުން ފައިބާށެވެ. އުރުޖުވާން ގެ ހަތަރެސްފައި ފިނިކަމުން ގަނޑުފެންކޮޅެއްފަދައެވެ.

" ތޭންކްސް ޓު ޔޯ ބޮސް.....ޑިޑް ހި ލީވް އޯލްރެޑީ؟" ކާރުގެ ދޮރު ހުޅުވުމާއެކު މާޒިމް އަހާލިއެވެ. ސިކިއުރިޓީ ބޯ ޖަހާލާފައި އިޝާރާތްކޮށްލީ ކާރު ތެރޭގައި އިން ސްލައިޑިން ދޮރަކަށެވެ. ކުއްލިއަކަށް މިއުޒިކްގެ އަޑު ގަދަވާން ފެށިއެވެ. އަދި އެއް ސެކުއިރިޓީ އެތަނަށް ވަނުމަށް ދޮރު ހުޅުވާލި ވަގުތު ޑިސްކޯ ލައިޓް ތައް ދިއްލިފައި ހުރިތަން ލޮލުގައި އަޅައިގަތެވެ. އަންހެނުންގެ ހުނުމުގެ އަޑުވެސް އިވެން ފެށިއެވެ.

"ލެޓްސް ގޯ ދެން....." އުރުޖުވާން ވެސް ހުރީ އަވަހަށް އެތަނުން ސަލާމަތްވާން ބޭނުންވެފައެވެ. ހޮޓެލްގެ ވެލޭ އެމީހުންނަށް މަރުހަބާ ކިޔުމަށް އަވަސްވެލިއެވެ.

" ވަޓް އޭން އެޑްވެންޗާ ދޯ....ވިޔާޑް މޭން.....ހާދަ ހިވެޔޭ ދަންނަ މީހެކޭ....ދެން ނޭނގޭ ވަރަށް ވިޔާޑް ވައިބްސް...." މާޒިމް ބުނެލިއެވެ. އުރުޖުވާން ބޯ ޖަހާލިއެވެ.

"އާ ވަރަށް ދަންނަ މީހެއް ފާޑު ދޯ....ދެން އެކަމަކު މުޅި ކާރުގަ ބޮކި ނިވާލީމަ ދެން ވަރަށް ބިރުވެރި....ޑިޑް ޔޫ ސީ ހިމް ސްމައިލިން އެންޑް ސްޓެއަރިންގް....ވަރަށް ކްރީޕީކޮށް...." އުރުޖުވާން ފާހަގަކުރިއެވެ.

"ކޮން އިރަކު؟...އަނެއްކާ އޭނަ..." މާޒިމްގެ މޫނަށް ރުޅީގެ ރަތްކުލަ ވެރިވިއެވެ. އޭނައަށް މާނަކުރެވުނީ ހީކުރެވުނީ އެމީހާ އުރުޖުވާންއަށް ނުބައި ނަޒަރަކުން ބެލީކަމަށެވެ. މައްސަލަ ޖައްސަން ދާންކަމަށް އެނބުރި ބަލާލިއިރު ކާރު ދުއްވާލައިފިއެވެ.

" ކާމް ޑައުން މާޒް....އެހެނެއް ނޫނޭ...ވަރަށް މޮޔަ ކަހަލަ މީހެއް ދޯ ދެން...އޯ ނޯ..." އުރުޖުވާން ކަމެއް ހަނދާންވުމުން ހާސްވާގޮތްވިއެވެ.

" ލަގެޖް؟" އުރުޖުވާންގެ ސުވާލުން އޭނަވެސް ހަނދާންވީ އެމީހުން ގެ ކާރުގައި ދަބަސްތައް ބެހެއްޓިފައިވީކަމެވެ.

" ޔޯ ލަގެޖް ހޭސް އޯލރެޑީ އެރައިވްޑް ސަރ..." ވަރަށް އަދަބުވެރިކަމާއެކު ހޮޓެލް ގެ ވެލޭ ބުނެލިއެވެ.

މާޒިމް އުރުޖުވާންގެ ބުރަކަށީގައި އަތް ޖައްސާލާފައި އޭނާއަށް ކުރިއަށް ދިއުމަށް މަގުދެއްކިއެވެ.

ދޮރުކައިރީގައި ޒީނަތްތެރި ކުރަން ބަހައްޓާފައިވާ މާމެލާމެލީގެ މީރުވަސް މުޅި ފަޒާއަށް ފަތުރަމުން ދިޔައީ ފިނި ވައިރޯޅިތަކުންނެވެ.

"ނުވެސް އަހާނަންތަ، ކިހިނެއްކަމެއް ލަގެޖް އައީ ވެސް؟" އުރުޖުވާން ހުރީ ހާސްވެފައެވެ. އޭނަ ޗުސް ކަނޑާލީ ބޯ ހޫރާލަމުންނެވެ.

"ތީ ކުރާ ކަހަލަ ސުވާލެއްވެސް ނޫނެއްނު...އެއަށް ވުރެ މުހިންމު ކަންތައް އެބަހުރި.....ބޭކާރު ކަންތަކާ ހާސްވާންވީ ކީއްވެ..." އޭނަ ބޭނުންވީ އުރުޖުވާން ރަކި ކޮށްލުމަށެވެ.

"ތިބުނީ....ކޮން ކަމެއް؟އެ ލިމޯ ގަ އިން މީހާ ހޯދަން؟" އުރުޖުވާން ލަދުގަތްކަން ފޮރުވަން ސީރިޔަސްވިއެވެ. އޭނަ އުރުރުޖުވާން ގެ އުނގަނޑުގައި އަތް ޖައްސައިލިއެވެ.

" އުރޫޖް....ސަމްޓައިމްސް ޔޫ ވޮރީ އެބައުޓް ދަ ރޯންގް ތިންގްސް...."އޭނަ މޫނު އުރުޖުވާން އާއި ކައިރިކޮށްލިއެވެ. އުރުޖުވާން ލަދުންގޮސް ލޯ ބޮޑުކޮށްލިއެވެ. ހޮޓެލްގެ ދޮރުކައިރީ މަރުހަބާ ކިޔުމަށް ތިބި އެންމެން ތިބީ ހެވިފައެވެ.

" ނިއުލީ ވެޑްސް....ޔޯ ހަނީމޫން ސޫޓް އިޒް ރެޑީ...."

" މާޒް....ޕީޕަލް އާ ވޮޗިންގ...." އުރުޖުވާން ރަކިވިވަރުން ތުން ތަޅުވާލިއެވެ. އޭނަ ވަރަށް ހަލުވިކަމާއެކު އުރުޖުވާން ގެ ކޯތާފަތުގައި ބޮސް ދިނެވެ. އުރުޖުވާން ދުރަށް ޖެހިލަން އުޅުމުން އަތުގައި ހިފައި ކައިރި ކޮށްލިއެވެ.

" ލެޓް ދަ ހޯލް ވޯލްޑް ވޮޗް....އައި ލަވް ޔޫ..." މާޒިމް ބުނެލިއެވެ.

ހޮޓަލުގެ މުއްސަނދި ކޮރިޑޯތަކުން ކޮންސިއާޖް އެ ދެމަފިރިންނަށް މަގު ދައްކަމުން ދިޔައެވެ. އުރުޖުވާންގެ އަތްތިލަ ވީ މާޒިމް ގެ އަތުގެ ހިމާޔަތުގައެވެ. އިރުކޮޅަކުން ކޮޓަރީގެ ދޮރު ހުޅުވައިލެވުނެވެ. މުޅިތަން ޒީނަތްތެރިކޮށްފައި ވަނީ ނާޒުކު ފިނިފެންމާތަކުންނެވެ. އެނދުމަތީގައި ހިތުގެ ބައްޓަމަށް ފިނިފެންމަލުން ހަދާފައިވާ ހިތުގެ ސަބަބުން އިތުރަށް ފުރިހަމަވެފައިވިއެވެ. ތަނަވަސް ކޮޓަރީގައި ހުރި ޖެކޫޒީގެ ވަށައިގެންވެސް ވަނީ ފިނިފެންމަލުގެ ފޮޅުންތައް މާގަނޑުތަކެއްގެ ސިފައިގައެވެ. ކޮޓަރީގެ ހަތަރު ކަނުގައި ބަހައްޓާފައިވާ ބޮޑެތި ފުޅިތަކުގައި ފިނިފެންމަލުގެ ގަސްތައް ހައްދާފައިވާއިރު، އޭގެ ފަތްތަކުން ފެތުރޭ ފިނިކަމާއި މީރުވަސް މުޅި ކޮޓަރި ފުރާލައެވެ.

" ވާވް.... އުރުޖުވާން އާޝޯޚުވެ ހުއްޓުން އެރިއެވެ. އިންތިޒާމްތައް ހާދަ ފުރިހަމައެވެ.

" ޔޫ އާ ސޯ ލަކީ މޭމް.....ހީ ޑިޑް އޯލް ދިސް ބައި ހިމްސެލްފް...." ހޮޓެލްގެ ކޮންސިއާޖް ބުނެލިއެވެ. އުރުޖުވާން ހައިރާންވިއެވެ. މާޒިމް މިއަދުގެ ވަގުތުތައް ހުސްކޮށްލީ އޭނައަށްޓަކާކަން އެނގުމުން ހިތް އުފަލުން ބަންޑުންވިއެވެ.

"އައި ޑޮންޓް ނޯ ވަޓް ޓު ސޭއި...." އުރުޖުވާން އަށް ބުނެލެވުނެވެ.

"ނޯ ނީޑް ޓު ސޭއި.... އޯލް ފޯ ޔޫ މައި ލަވް....މިއީ އަދި ކުޑަ މިންވަރެއް....ޔޫ ޑިޒާވް މޯ...." އޭނަ އުރުޖުވާން ގެ މޫނުގައި މަޑުމަޑުން ހިފައިލިއެވެ.

" އައި ތިންކް އަވާ ވޯކް އިޒް ޑަން ހިއާ....ލެޓްސް ގޯ..." ކޮންސިޔާޖް ކަރުކަހައިލިއެވެ. ފޮށިތަކާއި ކޮޓަރިއަށް ބޭނުންވާނޭ ސާމަނު ހިފައިގެން އައި މުވައްޒަފުންނަށްވެސް އުރުޖުވާން އާއި މާޒިމް އާއި ވަކި ކޮށްލަން އުދަގޫވިއެވެ.

***

ތަންކޮޅެއް ދުރުން މީހަކު ގޮވައިލިއަޑަށް މަދީނާ ސިހިފައި އެނބުރި ބަލާލައިފިއެވެ. ޓީޝާޓުގެ އަތުން ލޯ ފޮހެލިއެވެ.

" މިތާ ކީއްތިކުރަނީ؟..." ހުޝަލް ކައިރިއަށް އައެވެ. އޭނަގެ މޫނުމަތިން ފެނުނީ ކަންބޮޑުވުމުގެ އަސަރުތަކެވެ.

"ކީއްހޭ މިތާ ތިކުރަނީ؟....ޑޫ ޔޫ އީވެން ރިއަލައިޒް ދަ ޓައިމް....އިޒް ހީ ބެކް؟" އޭނަ ސުވާލުކުރިއެވެ. މަދީނާ ވިސްނަމުން ދިޔައީ ދޭނެ ޖަވާބަކަށެވެ. ފުރަތަމަވެސް އެ އަހާލީ އުވެއިސްގެ ވާހަކައެވެ. ކުޑަކޮށްވެސް ޝައްކެއް ވެއްޖިއްޔާ އެކަން ވާނީ ވަރަށް ބޮޑުކަމަކަށެވެ.

" އައި ޖަސްޓް ވޯންޓެޑް ސަމް ޓައިމް އައުޓްސައިޑް....ހޯމް އިސް ސަފަކޭޓިން....ގޭގަ ހުރެ މީހާ ބޯ ހާސް ވާތީ..." މަދީނާ ދެއްކީ ބަހަނާއެކެވެ. ހުޝަލް ހުރީ ގަބޫލުކުރަން އުނދަގޫ ވެފައެވެ.

"މިއޮށް ދަންވަރުގަޑީގަ؟.ހާސްވުމޭ ތިބުނަނީ އާ ޔޫ ސިކް...." އޭނަ މަދީނާގެ ނިތުގައި އަތް ޖައްސައިލީ ހުން ހުރިކަން ޔަގީންކޮށްލަންވެގެންނެވެ. މަދީނާ ގެ ލޮލުން ކަރުނަ އޮހިގަތީ ހިފެހެއްޓުމެއް ނެތިއެވެ. އޭނާގެ އަސްލު އިހުސާސްތައް ކިޔައިނުދެވުނަސް ކަރުނަތައް ބޭރުކުރަން ބޭނުންވިއެވެ.

" ވަޓް ހެޕެންޑް...." ޚުޝަލް ކަންބޮޑުވިއެވެ. މަދީނާ ރޮއެގަތް ގޮތުން ވަރަށް ދެރަވެ މާޔޫސްވެފައިވާ ކަން އެނގުނެވެ.

" ޓެލް މީ....ޔޫ ކެން ޝެއާ ވިތް މީ އޯލްވޭއިސް..." ހުޝަލް އޭނާގެ ކޯޓު މަދީނަގެ ކޮނޑުގައި އޮޅާލިއެވެ.

"ލެޓްސް ގޮ އިންސައިޑް...ސޯ ވީ ކޭން ޓޯކް..."

މަދީނާ ބޯ ހޫރާލިއެވެ.

" އައި ވޯންޓް ޓު ސްޓޭއި ހިއާ ފޯ އަވައިލް..."

ޚުޝަލް ވެސް ބެންޗުގައި އިށީނދެލިއެވެ.

"އިޒް އިޓް އެބައުޓް މިކާ؟" އޭނައަށް އެ ސުވާލުކުރަން ފަސޭހައެއްވެސް ނޫނެވެ. މީކާއިލް އަކީ އޭނާގެ އެންމެ ގާތް އެކުވެރިޔާއެވެ. މަދީނާ އަށް އެއަށްވުރެ ރަނގަޅު ބައިވެރިޔެއ ނުލިބޭނެއެވެ. އެ ދެމީހުންގެ ދޭތެރޭ މައްސަލއެއް ދިމާވުމަށް އޭނަ ނޭދެއެވެ.

" މީކާ އިސް އަ ގުޑް މޭން.....ހުރިހާ ރަނަގޅު ސިފައެއް ހުރޭ....އެކަމަކު..." މަދީނާ ދެއަތުން މޫނު ފޮރުވިއެވެ.

"އެކަމަކު؟އިޒް އިޓް ޔޫ ޑޯންޓް ލަވް ހިމް..." އޭނަ އަހާލިއެވެ. މަދީނާ ޖަވާބެއް ދިނުމަށް ފަސްޖެހެވުނެވެ. އޭނާ މީކާއިލް ދެކެ ލޯބިނުވަނީކީ ނޫނެވެ. ނަމަވެސް އުވެއިސްގެ ޚިޔާލުތައް އެ ލޯތްބަށް ކަޅު ހިޔަންޏެއް އަޅައެވެ.

" ޑޫ ޔޫ ލަވް ހިމް މަދީނާ؟"އޭނަ އަނެއްކާ އަހާލިއެވެ. މަދީނާ ބޯ ޖަހައިލިއެވެ. އިހުސާސްތައް ހިތުގެ އަޑީގައި ފޮރުވައިލަމުންނެވެ. އެވަގުތު ވަޔާއެކު އައި ފަތެއް މަދީނާގެ އަތުތެރެއަށް އެޅުނެވެ. އޭގައި ކޮންމެވެސް އަކުރުތަކެއް ލިޔެވިފައި ވިއެވެ. ނަމަވެސް ކަރުނަތައް ޖަމާވެފައި ހުރި އެ ލޯ ފުސްވެފައި ވުމުން މަދީނާ އަށް އެ ކަން ފާހަނގައެއް ނުވެއެވެ.

" ހިނގާ ތުއްތުބެ މެންނާއެކު ކުޑަ ހޮލިޑޭއި އަކަށް ދަމާ...ޔޫ، މީ އެންޑް މެހެކް....ގޭތެރޭގެވެސް މާހައުލާއި ދުރުވެލުމުން ކުޑަކޮށް ބޯ ހަމަޖެހިދާނެ....މެރީ ކުރުމުގެ ކުރިން ހާސްކަން ފިލުވާލަން..." އޭނަ ޚިޔާލުދިނެވެ.

" މެރީޖް؟" މަދީނާ ހައިރާންވިއެވެ. ޚުޝަލް އޭނާގެ ދުލުގައި ދަތް އެޅިއެވެ.

"ބުނެވުނީ ދޯ މި...މީކާ ހޭޒް އަ ސަޕްރައިޒް ފޯ ޔޫ...މާދަން އެނގޭނެ ދެން...ޕްލީޒް ޑޯންޓް އާސްކް މީ މޯ..." އޭނަ ބުނެލިއެވެ. މަދީނާގެ ހިތް ބާރު ބާރަށް ތެޅިގަތެވެ. އެއްގޮތަކަށްވެސް ކައިވެންޏަކަށް އޭނަ ތައްޔާރެއް ނުނެވެ. އަދި ޚާއްސަކޮށް މިރޭ އުވެއިސް ފެނިފައި ވުމުން އެއީ އޭނާއަށް ކުރަން އެހާ ފަސޭހަކަމެއް ނޫނެވެ.

" ދެން ހިނގާ ގޭތެރެއަށް....އެނގޭތަ...މިރެލް އޭ މަދިނާ އަށް ގޮވަމުން ދިޔައީ...ނިދީގަ ވާހަކަދައްކާ ހަދާ ދޯ މިރެލް ވެސް...." އޭނަ ބުނެލިއެވެ.

" ތިބުނީ...މިރެލް ކިކޭ ބުނީ..." މަދީނާ ބިރުގަތީ އަނެއްކާ އުވެއިސް ގެ ނަން ބުނެފާނެތީއެވެ.

" ނޭނގޭ ކީ ނުކީއެއް....ތުއްތުބެ އަށް އެނގުނީ ހަމަ އެކަނި މަދީނާގެ ނަން ކިޔާކަން....އެ ބުދު ނުފެނިގެން ރޮއެ ހެދީ...މެހެކް ބުނި މަދީނާގެ ކޮޓަރީގައޭ އޭތިވި...އެހންވެ އެ ބަލާ ދިޔަގަޑީ ކޮޓަރިގަ ނެތީމަ...އެކަމކު ދެން މިއޮއް ގަޑިގަ އެކަނި ބޭރަށް އަންނާކަށް ވެސް ނުވާނެ ނު...." އޭނަ ނަސޭހަތްތެރިވިއެވެ.

" ދޮންބެ އޯކޭ ނުވެދާނެ..." މަދީނާ ގެ ޚިޔާލު ހުރީ އަދިވެސް ކައިވެންޏާއި މެދުއެވެ. ބަހަނާ އެއް ދައްކާން ބޭނުންވިއެވެ.

" ދެން މާޒް އަކާ ކޮން ބެހޭ ކަމެއް...އިޓްސް ޔޯ ލައިފް...ވަލީ ދޭނީ ބައްޕަ އޭ...."އޭނަ ހިނިގަނޑެއް ޖަހާލިއެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު