ދިރާގުގެ އެލީޓް ކްލަބް ކަސްޓަމަރުންނަށް ޓްރީޓޮޕުން ޚާއްސަ ޑިސްކައުންޓްތަކެއް

ޕޮޓޯ- ޓްރީޓޮޕް

ދިރާގު އެލީޓް ކްލަބް ކަސްޓަމަރުންނަށް ޓްރީ ޓޮޕް ހޮސްޕިޓަލުގެ "އެސްތެޓިކް" ޚިދުމަތްތަކުން މިހާރު 10 އިންސައްތައިގެ ޑިސްކައުންޓެއް ލިބޭނެ ކަމަށް އެ ކުންފުނިން މިއަދު ހާމަކޮށްފިއެވެ.

ދިރާގު އެލީޓް ކްލަބަކީ، އެ ކުންފުނީގެ މޯބައިލް ޕޯސްޓްޕެއިޑް ކަސްޓަމަރުންގެ ތެރެއިން ގަވާއިދުން ބިލް ދައްކާ، "ލޯޔަލް" ކަސްޓަމަރުންނަށް ފޯރުކޮށްދޭ މެމްބާޝިޕަކަށްވާއިރު މި ޚިދުމަތްތަކުގެ ސަބަބުން ކަސްޓަމަރުންނަށް އެކި ޑިސްކައުންޓްތަކާއި، އެހެނިހެން ޚިދުމަތްތައް ހޯދުމަށް ފަސޭހަވާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޓްރީޓޮޕުން ބުނީ، މި ސްކީމްގެ ތެރޭގައި ހަންގަނޑު ރީތިކޮށް ދެމެހެއްޓުމާއި ދަތްޕިލަ ރީތިކުރުމުގެ ފަރުވާތައް ހިމެނޭނެ ކަމަށެވެ. މިގޮތުން ހަމުގެ ޚިދުމަތްތަކުގެ ތެރޭގައި އިސްތަށި ނައްތާލުމާއި، ލަކުނު ފިލުވުމާއި، ޓެޓޫ ފިލުވުން އަދި ހަމުގެ ރޫ ފިލުވުން ފަދަ ޚިދުމަތްތައް ހިމެނެއެވެ. އަދި، ދަތްޕިލަ ރީތިކުރުމުގެ ޚިދުމަތްތަކުގެ ތެރޭގައި ޑެންޓަލް ބްލީޗިން އަދި ޑެންޓަލް ޕޮލިޝިން ވެސް ހިމެނޭނެ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތުދެއެވެ.

ޓްރީޓޮޕް ހޮސްޕިޓަލުގެ ހަމުގެ ފަރުވާތަކަށް ބޭނުންކުރަނީ ދުނިޔޭގެ ގިނަ އެސްތެޓިކް ޑޮކްޓަރުންގެ އިތުބާރު ލިބިފައިވާ އަލްމާ ބްރޭންޑްގެ "އެކްސްއެލް ހާމޮނީ ޕްރޯ" ލޭޒާ މެޝިނުންކަމާްއި އަދި މި ފަރުވާ ފޯރުކޮށްދެނީ ހަމުގެ ބަލިތަކުގެ ޙާއްސަ ކޮންސަލްޓަންޓުންގެ ޓީމެއްގެ ލަފާގެ މަތިންކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

އަދި، ދަތުގެ ފަރުވާތަކަށް ވެސް ރާއްޖެއިން ބޭރުގެ ތަޖުރިބާ ލިބިފައިވާ ކުޅަދާނަ ޑެންޓަލް ޓީމެއް ޓްރީޓޮޕް ހޮސްޕިޓަލުގައި ހަރަކާތްތެރިވާނެ ކަމަށާއި މީގެ ތެރޭގައި "އެސްތެޓިކް ޑެންޓިސްޓްރީ" ނުވަތަ ދަތްޕިލަ ރީތިކުރުމުގެ ފަރުވާތަކަށް ޚާއްސަ ޑޮކްޓަރުން ވެސް އެ ހޮސްޕިޓަލްގައި ތިބޭނެކަމަށް މައުލޫމާތުދެއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ދިވެހިރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލްއެކެވެ. މި ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އާ އުސޫލުތަކާއި ޚިދުމަތްތައް ތަޢާރަފުކޮށް، ދިވެހި ރައްޔިތުން ބޭރު ޤައުމުތަކަށް ޞިއްޙީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި، ޞިއްޙީ ޚިދުމަތުގެ ޚަރަދުތައް ކުޑަކުރުމެވެ. އެންމެ ޒަމާނީ ޓެކްނޮލޮޖީއާއި ފުރިހަމަ ލެބޯޓަރީ ޙިދުމަތްތަކާ އެކު، ޓްރީޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ސްޕެޟިއަލިސްޓުންނާއި ސިއްޙީ ދާއިރާގައި އެކި ނަން މަޟްހޫރު ދާއިރާތަކުން ޙާއްސްވެފައިވާ ޑޮކްޓަރުންގެ އަމާޒަކީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ގިނަގުނަ ޟިއްހީ ޙިދުމަތްތަކެއް ފޯރުކޮށްދިނުންކަމަށް އެ ހޮސްޕިޓަލުން ހާމަކުރެއެވެ.

comment ކޮމެންޓް