ދިރާގުން މަމްސް އެއިޑާ ގުޅިގެން 'ރަމަޟާން އެއިޑް' ކެމްޕެއިންގެ ދަށުން 100 އާއިލާއަަކަށް އެހީ ދޭން ނިންމައިފިއެވެ.
ދިރާގުން ބުނީ، "ރަމަޟާން އެއިޑް" ކެމްޕެއިނަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެހީއަށް ބޭނުންވާ އާއިލާތަކަށް އެހީ ދިނުމަށް ކުރިއަށްގެންދާ މުހިންމު ޕްރޮގްރާމެއް ކަމަށެވެ. މި ޕްރޮގްރާމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު ދިރާގުން ވަނީ އާންމުންނަށް ހުޅުވާލާފައެވެ.
މަމްސް އެއިޑުން ކުރިއަށް ގެންދާ މި ޕްރޮގުރާމުގެ މަގުސަދަކީ މަމްސް އެއިޑް ކެއާ ލިސްޓުގައި ހިމެނޭ އެކަނިވެރި މައިންނާއި ޚާއްސަ އެހީއަށް ބޭނުންވާ މައިންނާއި ކުދިންނަށް ބޭނުންވާ ޒަރޫރީ ކާބޯތަކެތި ހިމެނޭ ކެއާ ޕެކޭޖުތައް ފޯރުކޮށްދިނުން ކަމަށެވެ.
މިދިޔަ އަހަރު ވެސް ދިރާގާ މަމްސް އެއިޑު ގުޅިގެން ވަނީ ރަމަޟާން މަހު އެހީ ބޭނުންވެފައިވާ 100 އާއިލާއަކަށް އެހީ ދީފައެވެ.
މަމްސް އެއިޑަކީ އަންހެނުން، ޚާއްޞަކޮށް މަންމައިން، ބާރުވެރިކުރުވައި އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި މަސައްކަތްކުރާ ޖަމިއްޔާއެކެވެ.