އެމެރިކާގެ އެހީގައި އީރާނުގެ ''ކަންތައް ނިންމާލެވިދާނެ'': ނަތަންޔާހޫ

އިސްރާއލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ -- ފޮޓޯ/އޭޕީ

އީރާނާ ދެކޮޅަށް މަސައްކަތްކޮށް އީރާނުގެ "ކަންތައް ނިންމާލުމަށް" އެހީތެރިވެދެއްވާނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކަމަށް އިސްރާއީލުގެ ރައީސް ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެއެވެ.

ނަތަންޔާހޫ އެގޮތަށް ވިދާޅުވީ, އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ އާދީއްތަ ދުވަހު އިސްރާއީލަށް ކުރެއްވި ދަތުރުފުޅުގައި ބޭއްވެވި ބައްދަލުވުމެއްގައެވެ. އީރާނަށް ނިއުކްލިއާ ހަތިޔާރު ގެންގުޅުމުގެ ހުއްދަ ނުދެވޭނެ ކަމަށާއި އެ ގައުމުގައި ހިނގަމުންދާ އަނޔާވެރިކަން ނައްތާލަންޖެހޭ ކަމަށް ނަތަންޔާހޫ ވަނީ އެ ބައްދަލުވުމުގައި ވިދާޅުވެފައެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު ރޫބިއޯ ވިދާޅުވި ގޮތުގައި އީރާނަކީ މި ސަރަހައްދުގައި އޮތް ނުތަނަވަސްކަމުގެ އެންމެ ބޮޑު އެއް ބާރެވެ. އަދި, ކޮންމެ ޓެރަރިސްޓް ޖަމާއަތެއްގައި ފަހަތުގައާއި އަނިޔާވެރި ކޮންމެ އަމަލެއްގެ ފަހަތަގައާއި، ހަމަނުޖެހުން ނަގާލާ ކޮންމެ އަމަލެއްގެ ފަހަތުގައި އޮންނަނީ އީރާނު ކަމަށް ވެސް ރޫބިއޯ ވިދާޅުވިއެވެ.

އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދިޔަނުދޭން ކުރެވެން ހުރި ހުރިހާ ކަމެއް، ކުރިއެކޭ އެއްގޮތަށް ކުރާނެ ކަމަށް ވިދާޅުވާ ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ ވެރިކަމަށް އަލުން އިންތިޚާބުވުމާ އެކު ނަތަންޔާހޫ ވަނީ އެކަމާ އުފާ ފާޅުކޮށްފައެވެ.

ނަތަންޔާހޫ ވިދާޅުވީ, ޣައްޒާގައި ހަނގުރާމަ ފެށުނު ފަހުން އިސްރާއީލުން ވާނީ އީރާނަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ. އަދި, ޓްރަމްޕްގެ ތާއީދާ އެކު އީރާނުގެ "ކަންތައް ނިންމާލެވޭނެ" ކަމާ މެދު ޝައްކެއް ނެތް ކަމަށް ވެސް ނަތަންޔާހޫ ވިދާޅުވިއެވެ.

ޣައްޒާގައި ރަހީނުކޮށްފައިވާ އެންމެން ހަމާސްއިން ދޫކޮށްނުލައިފި ނަމަ "ނަރަކައިގެ ދޮރުތައް" ހުޅުވާލާނެ ކަމަށް އިސްރާއީލާއި އެމެރިކާ އެއްބަސްވާ ކަމަށް ވެސް ނަތަންޔާހޫ ވިދާޅުވިއެވެ.

ރަހީނުކޮށްފައިވާ މީހުން ދޫކޮށްލަން ޖެހޭ ވަކި ވަގުތެއް ނުދެއްވި ނަމަވެސް ހަމާސްއިން އިސްރާއީލަށް އަލުން ނުރައްކަލެއް ކުރިމަތިކުރުވޭނެ ފަދަ ފުރުސަތު ނުދޭނެ ކަމަށް ތަކުރާރުކޮށް ނަތަންޔާހޫ ވިދާޅުވިއެވެ.

ރޫބިއޯއާއި ނަތަންޔާހޫގެ ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ރައީސް ޓްރަމްޕްގެ އަމުރަކާ ގުޅިގެން ހޮނިހިރު ދުވަހުގެ ރޭ އެމެރިކާއިން އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދީފައިވަނިކޮށެވެ.

އިސްރާއީލުން ޣައްޒާގެ ރަފަހަށް އެއްގަމު މަގުން ހަމަލާދޭން ފެށުމުގެ ސަބަބުން އިސްރާއީލަށް ބޮޑެތި ހަތިޔާރު ފޮނުވުން ހުއްޓުވާފައިވަނީ އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަންއެވެ.

comment ކޮމެންޓް