"ސޯޝަލް މީޑިއާގައި ވަގުތުތައް ބޭކާރުކުރުމުގެ ބަދަލުގައި ދަރުސްތައް ބެލުމާއި ދީނީ އިލްމު އުގެނުން އަދި ގުރުއާން އަޑުއެހުމުން ދެދުނިޔޭގެ ނަސީބު ލިބިގެންދާނެއެވެ. ތިބާގެ ހަޔާތުގައި އެންމެ ފަހަށް ކުރެވޭ އަމަލަކީ ސޯލިހު އަމަލަކަށް ހެދުމަށް މަސައްކަތްކުރަންވާނެއެވެ."
***
"އޯލް އޯކޭ މާޒް؟ކިހިނެއްވެފަ...ދިސް ޕްލޭސް އިޒް ސޯ ކްރައުޑެޑް އަވަހަށް ހިނގާބަ ދާން..." އުރުޖުވާން ހާސްވާން ފެށިއެވެ. މީހުން ގިނަވެފަިއ ވުމާއި އެތަނުގެ އަލި ފަނޑުވެފައި ޑިސްކޯ ލައިޓް ދިއލުމުން އުރުޖުވާން ގެ ހިތް ބިރުގަންނަން ފެށިއެވެ. އާންމުކޮށް ސެވެން ސްޓާ ހޮޓެލް ތަކުގައި ނުކުރާ ކަހަލަ ކަމެކެވެ.
"މޭއިބި ހީ ވޯސް އަ ޕޭޝަންޓް އޮފް މައިން...ނޫނީ ބައްޕަ ދަންނަ މީހެއް ކަމަށް ވެސް ވެދާނެ..ހަމަ ގައިމުވެސް ޖައިލަމް ގެ އަޑެއް ނޫން......ޖައިލަމް އަށް ވުރެ އިސްކޮޅުވެސް ދިގު މީހެއް.." މާޒިމް ހިތާ ކިޔާލިއެވެ. އެއީ ކާކުހެއްޔެވެ؟
އޭނަ ވަގުތުން އެ ޚިޔާލުތައް އެއްފަރާތްކޮށްލީ އިތުރުކަމަކާއި ވިސްނުމުގައި ބޭކާރު ވަގުތު ދުއްވައިނުލަންވެގެންނެވެ. އެތަނުން ނިކުމެލުމާއެކު އުރުޖުވާން ހަމަޖެހުމުގެ ނޭވާއެއް ލިއެވެ. ޚަރީފު މޫސުމުގެ ފިނަކަމާއިއެކު ހަނދުވަރުގެ ރިހި އަލިން އުޑުމަތީ ދިއްލިފައިވިއެވެ. ބިންމައްޗަށް ވެއްޓިފައިވާ ފަތްތަކުގެ މުރުމުރު އަޑު އެ ދެމީހުންގެ ފިޔަވަޅުތަކާ އެކުވެފައިވިއެވެ.
" ހާދަ ހިތްގައިމު ރޭގަނޑެކޭ....މަގުވެސް ވަރަށް އަމާން ދޯ...އުޑުމަތިވެސް އެހާ ރީތި..." އުރުޖުވާން ވަށައިގެން ވީ ހިތްގައިމު މަންޒަރު ތަކަށް ލޯ ހިންގައިލިއެވެ. އެތާ ކައިރީގައި ކުޑަ ޕާކެއް އޮތެވެ. ދިއްލާފައި އޮތުމުން އެހާ އަމާނެވެ.
" ހިނގާލަން ދާ ކަހަލަ އެއްނު ދޯ؟" މާޒިމް ބުނެލިއެވެ. އޭނައަށް އުރުޖުވާންގެ ހިތުގެ އަޑު އިވުނެވެ. އެ މޫނުމަތި އުފަލުން ދިއްލިގެން ދިޔައެވެ. ނަމަވެސް، ކުއްލިއަކަށް ހިތަށް ވަދެގަތް ޚިޔާލަކާއެކު ކަންބޮޑުވުމާއި ނުތަނަވަސްކަން ފައުޅުވިއެވެ.
" ލަހެއް ނުވާނެތަ؟ހޮޓެލް އަށް ދާން؟"އުރުޖުވާން ސުވާލުކުރިއިރުވެސް ހިނގާލަން ދާން ބޭނުންވެފައި ހުރިކަން އެނގުނެވެ.
" ކާކަށް ލަސް ވާނީ؟ހޮޓެލް ގަ ކާފިއު އެއް އޮވޭތަ؟ނުދެނެހުރިން؟" އޭނަ ދިމާ ކުރާކަހަލަ ރާގެއްގައި އަހައިލިއެވެ. މަގުމަތީގެ މަޑު އޮރެންޖުއަލީގައި އޭނަ ގެ ހަންގަނޑު އިތުރަށް ވިދައެވެ. އެ ލޮލުގެ މަޑު މުށިކުލަ އިތުރަށް ފާޅުވެއެވެ.
އޭނަ މަޑުމައިތިރިކޮށް އުރުޖުވާންގެ ދަތްދޮޅީގައި ހިފަހައްޓާފައި އުފުލާލުމުން ލަދުން އިސްޖަހައިލެވުނެވެ.
" ތިހެން ލަދުގަތުމުން ޔޫ ލުކް ސޯ ބިއުޓިފުލް...ދެޓްސް ވަޓް މޭޑް މި ފޯލް ފޯ ޔޫ އިން ދަ ފަސްޓް ޕްލޭސް..." އޭނަގެ ޖުމްލައިން އުރުޖުވާން ލޯ އަޅާލިއެވެ. އޭނަ ހަމަ ގަސްތުގައ ރަކި ކުރަން ބުނާ ފޮނި ލަފުޒުތަކެއް ކަމުގައި ހީކުރެވުނެވެ.
"ކިހިނެއްވީ...ދޮގެއްކަމަށް؟" އޭނަ ސީރިޔަސް ވެލިއެވެ. އަދި ބުމަ އަރުވާލަމުން އިސްތަށިގަނޑުގައި އަތް ހިންގާލިއެވެ. ނިތް މައްޗަށް އެޅިފައި އޮންނަ އިސްތަށިކޮޅު އެއްފަރާތް ކޮށްލާ އިރު އެ ލޯ ދިއްލިގެންދަނީ ހެނދުނުގެ އިރުގެ އަލިކަން ބޮސްދިނުމުން މާމުއިފަދައިންނެވެ.
"ހަމަ ހައްދާލަނީ ދޯ....ހަނދާންވޭތަ އަވާ ފަސްޓް ޓައިމް ސީންގް އީޗްއަދާ....މާޒް ކިހާ ރުޅިން އުޅުނު.....އުރޫޖް ފެނުނަސް އަނެއް ފަރާތަށް މޫނު އަނބުރާލާނެ....އެންޑް ދަ ވޯނިންގްސް ޔޫ ގިވް މަދީނާ...." އުރުޖުވާން ހިނިގަނޑެއް ޖަހާލިއެވެ.
" ބްލެކް އަބާޔާ....ލައިޓް ގްރޭއި ޝޯލް...އަ ވެރީ ޔެލޯ ބޭގް....ބަހަށް އަރަން ލަސްވެފައި ދުވެފައި ދިޔައިރު ދަބަހުގެ ޒިބު ވެސް ނާޅުވާ...ދިޔަ މަގުމަތީ ދަބަހުގައި ހުރި ފޮތްތައް ވެސް ވެއްޓުނު މަގަށް....އައި ރިމެމްބަރ...." އެ ހަނދާންތައް އާކޮށްދިނުމުން އުރުޖުވާން ބަސް ހުއްޓުނެވެ. އޭނައަށް އުރުޖުވާން ފުރަތަމަ ފެނުނު ދުވަސް ރަނގަޅަށް ހަނދާން ހުއްޓެވެ. އެ ދުވަހަކީ މާޒިމް ގެ ހަޔާތުގައި ވަރަށް ހިތް ބަރުވި ދުވަހަކެވެ. އެއީ ފިނި ދުވަހެކެވެ. ރާއްޖެއަށް ބަދަލުވީ ފުރަތަމަ ދުވަހެވެ. މަދީނާ އާއި ކެނާން އުފަލުން ކާރުން ފައިބައި އެޕާޓްމެންޓަށް ވަނުމަށް އަވސްވެގަތް އިރު މާޒިމް އިނީ ކާރުގައި ކުޑަ ހިނދުކޮޅެއް އެކަނިވެލުމަށް ބޭނުންވެފައެވެ. އެ ހިނދުކޮޅުގައި އޭނާގެ ލޮލުގައި އަޅައިގަތީ އުރުޖުވާން އެވެ. އެ ހަލުވި ކަމާއި އެ އަވަސްވެގަތުމުގައިވެސް އުރުޖުވާންގެ ހުރި ރީތިކަމެވެ. އޭނާގެ ހިތާމައަށް ލުޔެއް ދިނީ އެ މަންޒަރެވެ. ހިނގާފައި ދިޔަލެއް ހަލުވިކަމުން ބޮލުގައި އަޅާފައިވާ އަޅިކުލައިގެ ޝޯލު ވިހުރެމުންދެއެވެ. ދަބަހުގައި އަލުވާފައިވީ ކުޑަ ދިއްލޭ މަލެއްގެ ކީޗެއިން އެކެވެ. އަވަސް އަރުވާލާފައި ދިޔަ ބޮނޑީގައި ދަބަހުން ވެއްޓުނު ފޮތްތަކާއި އެކު އެ ކީޗެއިންވެސް ވެއްޓުނެވެ. ފޮތްތައް ނެގި ނަމަވެސް ބަހަށް އަރަން ލަސްވެފައި ހުރުމުން އުރުޖުވާން އަށް އެ ކީޗެއިން އެއް ނުނަގެއެވެ. ކާރުން ފައިބައި އެ ދިނުމަށް ހިތްއެދުނެވެ. ނަމަވެސް އުރުޖުވާން ފަދަ ގޮތަކަށް ހެދުން އަޅާ ކުދިންނަކީ ބޭރުފުށުން މާ މީހުންނަށް ދީންވެރިކަމަށް ދައްކައިގެން އުޅޭ މީހުން ކަމުގައި ހީކުރެވުނެވެ. ކާރުން ފޭބި ނަމަވެސް އުރުޖުވާން އަށް އެ ދިނުމަށް ޖެހިލުންވިއެވެ. އެ ހިނދުކޮޅު މާޒިމް ވިސްނީ އެހެން ދިމާލަކަށް ބަލާށެވެ. އެގޮތްވެސް ހިތަކަށް ކަމަކު ނުދިޔައެވެ. އޭނާގެ ލޯ ހުއްޓިފައި ހުރީ އުރުޖުވާންގެ މައްޗަށެވެ. ދުރު ބަލައެއް ނުލެވުނެވެ. ކުއްލިއަކަށް އުރުޖުވާން އެނބުރިލިއެވެ. އޭނާގެ ނަޒަރު މާޒިމްގެ ނަޒަރާ ބައްދަލުވިއެވެ. އެންމެ ހިނދުކޮޅަކަށެވެ. އެއީ އޭނާގެ ރޫޙުގައި ޗާޕުކޮށްފައިވާ ކުރެހުމެއް ފަދައިންނެވެ.
" ޔޫ ރިމެމްބަރ....އައި ސޯ ޔޫ...ޓޯލް މޭން ސްޓެއަރިންގ އެޓް މީ..." އުރުޖުވާން އެދުވަސް ހަނދާނަށް ގެނައެވެ.
"އައި ސްޓިލް ހޭވް ދެޓް ކީޗެއިން....ކޮންމެ ފަހަރކު ހިތަށް އަރާ ދޭނީ އޭ...ބަޓް ޔު މޭކް މީ ނާވަސް...ލައިކް އައި ހޭވް ނޯ ކޮންޓްރޮލް އޯވާ މައިސެލްފް....ދެޓް މޭޑް މީ ފީލް ވީކް ވިތް ޔޫ..."އޭނަ އިސްތަށިގަނޑުގައި އަތް ހިނގާލަމުން ބުނެލިއެވެ.
"ވަޓް.....އަސްލުވެސްތަ...ހާދަ ހޯދީމޭ އެ ކީޗެއިން....ކީއްވެ މާޒް ދުވަހަކު ތިވާހަކަ ނުބުނީ....އައިމް ސޯ ޝޮކްޑް.... އަދި ކިރިޔާތާ މި އެނގުނީ...އައި ޔޫޒްޑް ޓު ބީ ސޯ ސްކެއާޑް އޮފް ޔޫ....މާޒް ފެނުނަސް ބިރުން ހިތް ބާރަށް ތެޅޭ އޭރު.....ފީލްސް ލައިކް އެޓޭކެއް ޖެހޭހެން..." އުރުޖުވަން ގެ ހިތުގައި މާޒިމް އަށްއޮތް ލޯބި އިތުރުވިއެވެ.
" ދެން މިހާރު؟ހިތް ތެޅޭ؟" އޭނަގެ ނަޒަރު ތޫނެވެ.
އެއީ ޕާކު ބަލަހައްޓާ ސެކުއިރިޓީ ވެސް އައި ވަގުތެވެ. މިގަޑި އަކީ ޕާކު ބަންދު ވަގުތެއް ކަމުގައި އޭނަ ބުނަމުން ދިޔައެވެ. މާޒިމް ފޫހިވެފައި ހުރެ ސެކުރިޓީ މީހާ އަށް ބަލާލިއެވެ. އެފަދަ ލޯބި ހިނދުކޮޅެއް މެދުކަނޑާލިކަމަށްޓަކައެވެ.
"އަހަރުމެންވެސް ނޫޅެމޭ ކޮންމެހެން މިތާ ތިބޭކަށް..." އޭނަ ދިވެހި ބަހުން ބުނެލިއެވެ. އެވަގުތު ސެކުރިޓީ އަނެއްކާވެސް ޓޯޗު އަލި އަޅުވާލިއެވެ.
"ސާބަހޭ މާޒް..." އުރުޖުވާން އަށް ހެވުނެވެ. މާޒިމް މިރޭ ހަމަޖައްސާފައި އޮތް ލިމޯ ވީ ޕާކިން ލޮޓް ގައިކަމުން އެ ދިމާއަށް މިސްރާބުޖެހިއެވެ. ޑްރައިވަރަށް ގުޅާލުމުން އަންނާނެ ކަން އެނގުނަސް އޭނަ ބޭނުންވީ އުރުޖުވާން އާއި އެކީ އަދި ކުޑަކޮށް ހިނގާލަފައި ދިޔުމަށެވެ.
***
މަދީނާ އެނދުމަތީގައި އިށީދެލައިގެން އިނެވެ. އެނދުކައިރީގައި ހުރި ބޮކި ދިއްލާފައިވާތީ، ކޮޓަރީގައި މަޑުމަޑުން ހިޔަނިތަކެއް އުފެދިފައިވެއެވެ. އޭނާގެ އަތުތެރޭގައި އޮތީ މިރެލް ދިން ބުދެވެ. އޭގެ މޫނު އޮތީ އޮމާންކޮށެވެ. މަޑު އަލީގައި ލޯ ވަރަށް އަޖައިބުކޮށް ދިއްލިފައިވިއެވެ. ފިނި އަދި ނޫކުލައެވެ. އުވެއިސް ގެ ލޮލުގައި ވެސް ހުންނަ ކުލައެވެ. އޭނަ އޭގެ ކުދިކުދި އިނގިލިތަކުގައި އަތްލަމުން ދިޔައީ ވިސްނުމެއްނެތިއެވެ. އޭނާގެ ހިތުގައި ނުބުނެވޭ ވަރަށް ގިނަ ޚިޔާލުތަކެއް އުފެދިފައިވެއެވެ.
އޭނާ ބިރެއް ނުގަނެއެވެ. ބިރުގަންނާންވީ ކޮން ކަމަކާއިހެއްޔެވެ؟ ނޫނެކެވެ. އޭނާއަށް ޔަޤީންވެއެވެ.
އުވެއިސް އަންނާނެވެ.
އެކަން ވާނީ ކިހިނެއްކަމެއް، ކޮން ވަގުތެއްގައިކަމެއް ނޭނގެއެވެ. އެކަމަކު އޭނާއަށް އެނގެއެވެ.
އޭނާ ލޯމަރާލައި، އެ ބުދުގައި ބާރަށް ހިފަހައްޓަމުން ލޯމަރާލައި، މަޑުމަޑުން ނޭވާލިއެވެ. ވިސްނުން އެއްކޮށްލިއެވެ. ވަށައިގެންވާ ހަމަހިމޭންކަން އިތުރުވެ، ރޭގަނޑުގެ ނޭވާގެ އަޑުވެސް އިވޭހެން ހީވިއެވެ. ކޮޓަރީގެ ވައި ބަރުވެ، ހޫނުވެގެންދިޔަ ކަހަލައެވެ. އެ އިޙްސާސުން އޭނަގެ މޫނުގައި ހީބިހިނަގައިދޔައެވެ.
"އުވައިސް."
އޭނަ ލޯ ހުޅުވާލިއެވެ. އޭނާގެ ލޮލުން އުންމީދުގެ އަލިކަމެއް ފެނުނެވެ. އެކަމަކު ކޮޓަރި އޮތީ ހަމަ ކުރިން އޮތްގޮތަށެވެ. ސިއްރުން އެއްވެސް އެއްޗެއް ކިޔާ އަޑެއް ނީވެއެވެ. އެއްވެސް ހިލަމެއް ނެތެވެ. ހަމައެކަނި އޮތީ ކަށްވަޅުފަދަ ހަމަހިމޭންކަމެވެ. ގަޑިއަށް ނަޒަރު ހިންގާލެވުނެވެ. ދަންވަރު ބާރަ ޖަހަން އިނީ އެންމެ މިނިޓެއް ހާއިރެވެ.
އޭނަގެ އިނގިލިތައް އެ ބުދުގެ އިނގިލިތައް ވަށައިލެވުނުއިރު ހިތާމައިގެ އިޙްސާސް އޭނާގެ ހިތުގައި އުފެދުނެވެ. ޔަޤީންކަން ކުޑަވެގެން ދިޔައެވެ. އޭނަގެ ހިތުގައި އުފެދޭ ކުށްވެރިވުމުގެ އިޙްސާސް ފޮރުވަން މަސައްކަތްކުރިއެވެ. އިންތިޒާރުކުރެވެނީ ދުވަހަކުވެސް ނުވާނެ ކަމަކަށެވެ. އުވައިސްއަކީ ހަމައެކަނި ހަނދާނެކެވެ. ނުފޯރާ ހިސާބުގައިވާ އެއްޗެކެވެ. އެކަމަކުވެސް، އޭނާއަށް އެ އުންމީދު ދޫކޮށްނުލެވެއެވެ. ކޮންމެވެސް ގޮތަކުން އުވައިސް އަނބުރާ އަންނާނެކަމުގެ ޔަޤީންކަން ދޫކޮށްނުލެވެއެވެ.
ގަޑިން ބާރަ ޖެހިއެވެ. ގަޑީގެ އަޑު އެ ހަމަހިމޭން ކޮޓަރީގައި ގަދައަށް އިވުނެވެ.އޭނަ ހުއްޓުން އަރާފައި އިށީނދެ އިނެވެ. އޭނާގެ ހިތުގެ ވިންދު ބާރުވެގެން ދިޔައެވެ. ދުނިޔެ ހުއްޓުނު ކަހަލައެވެ. މަދީނާއާއެކު ނޭވާ ހިފަހައްޓާލި ކަހަލައެވެ. އެވަގުތު ކުޑަދޮރުގައި އެއްޗެއް ޖެހުނު އަޑު އިވުނެވެ. އެއީ މަޑުމައިތިރި އަޑެކެވެ. އެކަމަކު ރޭގަނޑުގެ ހަމަހިމޭންކަން ފަޅައިލިއެވެ. މަދީނާގެ ހިތުގެ ވިންދު މަޑުޖެހުނެވެ. ވިސްނުމަކާ ނުލައި، އޭނާ ތެދުވެ، ކުޑަދޮރާއި ދިމާލަށް ދުއްވައިގަތެވެ.
އޭނަގެ ލޯ ބޮޑުވެގެން ދިޔައީ ލިބުނު ހައިރާންކަމުންނެވެ. ބަގީޗާގެ ގަސްތަކުގެ ހިޔަނީގެ ތެރޭގައި މީހަކު ހުއްޓެވެ. ދިގު ހަށިގަނޑެކެވެ. ހަނދުވަރުގެ އޯގާތެރި އަލިކަމުގައި އެ ރިހި އިސްތަށިގަނޑު ދިއްލިފައިވިއެވެ. އެ ފުން ނޫ ލޯ މަދީނާގެ ލޮލާއި ދުރުން ބައްދަލުވިއެވެ. އެއީ އުވައިސްކަމާއިމެދު ޝައްކެއްވެސް ނެތެވެ. އޭނާގެ ބެލުމުގައި ވަރުގަދަކަމެއް ވިއެވެ. ހިތް ދަމައިގަންނަ ކަހަލައެވެ. އެހެންނަމަވެސް އެ ބެލުމުގައި މަޑުމައިތިރިކަމެއްވެސް ވިއެވެ. ހީވަނީ މަދީނާ އެކަން ދެނެގަތުމަށް ކެތްތެރިކަމާއެކު މަޑުކުރާހެންނެވެ. މަދީނާގެ ހިތުގެ ވިންދު އަވަސްވެގެން ދިޔައިރު ވަހުތު ހީވީ ހުއްޓިފައިވީ ހެންނެވެ. މިއި ހުވަފެނެއްބާއެވެ. މަދީނާ އަށް އެނާގެ ގައިގައި ވިކައިލެވުނެވެ. ގަބޫލުނުކުރެވިފައެވެ.
ނުނިމޭ