Ooredoo
Dhiraagu

ގާސިމްގެ ހަޔާތްޕުޅުގެ މައްޗަށް ލިޔެފައިވާ ބަޔޯގްރަފީ ނެރެފި

ގާސިމް އިބްރާހީމްގެ ބަޔޯގްރަފީ ނެރުމަށް ބޭއްވި ރަސްމިއްޔާތުގައި، ޝާން އިއްޒުންދީންގެ އިއްޒަތުގެ ވެރިޔާ އިލްޔާސް އިބްރާހީމް ފޮތް ނެރެދެއްވަނީ -- ފޮޓޯ/ ކިއުޓީމް

ޖުމްހޫރީ ޕާޓީގެ ލީޑަރު، އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމްގެ ހަޔާތްޕުޅުގެ މައްޗަށް ލިޔެފައިވާ ބަޔޯގްރަފީ ފޮތް މިރޭ ނެރެފިއެވެ.

ADK GENERAl

ތަޖުރިބާކާރު ނޫސްވެރިޔާ އަދި ލިޔުންތެރިޔާ މުޙައްމަދު ޖަމީލު ލިޔުއްވާފައިވާ މި ފޮތް ރަސްމީކޮށް ނެރުނީ އެ ކަމަށް ޓަކައި ވިލާ ކޮލެޖުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

އެ ފޮތް ނެރެދެއްވީ، ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނު ނިޝާން އިއްޒުންދީންގެ އިއްޒަތުގެ ވެރިޔާ އިލްޔާސް އިބްރާހީމެވެ.

މި ހަފުލާގައި ބަޔޮގްރަފީގެ އޯޑިއޯއާއި ވެބްސައިޓް އިފުތިތާހުކޮށްފައިވާއިރު، އޯޑިއޯއަށް އަޑުއަޅައިދެއްވާފައިވަނީ ޓީވީ ދާއިރާގެ ތަޖުރިބާކާރު އަދި އެސްއެސްޓީވީގެ ސީއީއޯ މުހައްމަދު އާސިފް (މޮންދު)އެވެ.

މި ހަފުލާގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި، ކުރީގެ ރައީސް މުޙައްމަދު ވަހީދު ޙަސަން މަނިކުގެ އިތުރުން، ދައުލަތުގެ ބައެއް ވަޒީރުންނާއި އެކި ދާއިރާތަކުގެ އިސް ބޭބޭފުޅުން ބައިވެރިވެ ވަޑައިގަތެވެ.

ފޮޓޯ ސަފުހާތަކާއެކު، 800އަށްވުރެ ގިނަ ސަފުހާ ހިމެނޭ މި ފޮތް ޗާޕު ކޮށްފައިވަނީ ހާޑް ކަވަރުގައެވެ. އަދި ފޮތުގައި ގާސިމްގެ ހަޔާތްޕުޅުގައި ކުރިމަތިލައްވަން ޖެހިވަޑައިގަތް މައިގަނޑު ހުރިހާ ކަމަކަށް ވަނީ އަލިއަޅުއްވާ ލައްވައިފައެވެ.

ގާސިމް އިބްރާހީމްގެ ބަޔޯގްރަފީ ނެރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ކުރީގެ ރައީސުންނާއި މި ސަރުކާރުގެ ބައެއް ވަޒީރުން ބައިވެރިވެވަޑައިގެންނެވި -- ފޮޓޯ/ ކިއުޓީމް

އޭގެތެރޭގައި އެމަނިކުފާނުގެ ކާމިޔާބީތަކާއި ނާކާމިޔާބީތަކާއި ދަރުމަވެރި ޚިދުމަތްތަކާއި ވިޔަފާރިއާއި އިޖުތިމާއީ މަސައްކަތްތަކުގެ އިތުރުން، އާއިލީ ދިރިއުޅުމާއި ސިޔާސީ ގޮތުން ރާއްޖެއަށް އައިސްފައިވާ ބަދަލުގައި އެމަނިކުފާނު ތަޖުރިބާ ކުރައްވަން ޖެހިވަޑައިގަތް ކަންތައްތައް ތަފުސީލީ ގޮތެއްގައި ލިޔުއްވާފައިވެއެވެ.

ގާސިމަކީ، ރާއްޖެއަށް ޑިމޮކްރަސީ ތައާރަފުކުރުމަށް އަމަލުކުރަން ފެށި ގާނޫނުއަސާސީ އެކުލަވާލި ޚާއްސަ މަޖިލީހުގައި ރައީސްކަން ކުރެއްވި ބޭފުޅެކެވެ.

ގާސިމް ވަނީ 2008، 2013 އަދި 2023ގައި ވެސް ރިޔާސީ އިންތިޚާބުގައި ކުރިމަތިލައްވައިފައެވެ. އަދި ގިނަ އިންތިޚާބުތަކުގައި ރައީސްކަމަށް ބޭފުޅުން ހޮވިވަޑައިގަތީ ގާސިމްގެ ތާއިދާއެކުގައެވެ.

Redstar
comment ކޮމެންޓް

comment އަލިބެ..

2 month 2 week ago

މިރާއްޖޭގެ ހަލާކު.

comment ކުތުބު

2 month 2 week ago

ތިޔަފޮތް ކޮންމެގޮތެއްހަދާފާވެސް ހޯދާންއެބަޖެހޭ. ޑިމާންޑުބޮޑުވެގެން ފަހުން ރަނަށްވެސްވެދާނެ.

comment ހުފޫ

2 month 2 week ago

އޯޑިއޯ ވ ފުރިހަމަ. ނެޗުރަލް ސައުންޑް ތަންކޮޅެއް ގިނަ. ޖަމީލުގެ މަސައްކަތަށް ތައުރީފު ހައްގު.

comment ޒާމް

2 month 2 week ago

ބަޔޮލޮޖީވެސް ނެރެންވީ...

comment ފާތުން

2 month 3 week ago

މޮންދު އަޑުއަޅާފަ އޮތްލެއް ވަރަށް ފުރިހަމަ. ގުދްރަތީ އަޑުތަކާއެކު އޯޑިއޯ ތައްޔާރުކޮށްފަ އޮތީމަ ވާހަކައިގެ ތެރެއަށް ވަދެވޭ. ފޮތް ނުކިޔާނަން. އޯޑިއޯ ޖަހާލައިގެން ޖޯލީގަ އޮންނާނީ. އިތުރު ޗެޕްޓަރުތައް އަވަހަށް ލާނެކަމަށް ހީކުރަން.