"މާތް ﷲގެ ރުހިވޮޑިގޮތުން ހޯދަން މަސައްކަތްކުރާށެވެ. މީސްތަކުން ރުއްސަން މަސައްކަތްކުރުމަކީ ބޭކާރު ކަމެކެވެ. ސަބަބަކީ އިންސާނުންގެ ރުހުމާއި ލޯތްބަކީ ބަދަލުވާ އެއްޗެކެވެ."

***

މީކާ ނާދޭތަ؟" މަދީނާ ސުވާލު ކުރީ މެހެކް ކައިރިންނެވެ. އޭރު މިރެލް އޮތީ ގަދަ ނިދީގައެވެ. މީކާއިލް ލަންޑަނަށް އައި ވާހަކަ އެންމެން ގެ ފަރާތުން އެނގެއެވެ ނަމަވެސް މިކާއިލް ގެ ކޯލެއް ނައިތާ މަދީނާ ގުޅުމުން ފޯނު ވެސް ނުނަގައެވެ.

" ދަތުރު ވަރުބަލިވީމަ ކަންނޭނގެ ނައީ މިގެޔަށް...ވަރަށް ލޯންގް ޖާނީ އެއްނު..." މެހެކް އަށް މަދީނާގެ ކަންބޮޑުވުން އިހުސާސްވިއެވެ. މަދީނާ ބޯ ޖަހާލިއެވެ. ނަމަވެސް އޭނާއަށް މިކާއިލް ރަނަގޅަށް އެނގެއެވެ. ހިތްހަމަނުޖެހިފައި ހުރުމުން ހަބަރެއް ނުވީކަން ޔަގީނެވެ.

" ލޯބި ދޯ މިރެލް ކޮޅު...ބަލާލަ އެއޮތް ލޯބި އަނގަކޮޅެއްވެސް....އުރޫޖް މެން ނެތީމަ ވަރަށް ބޮޑާހާކާނެއޭ ހިތަށް އެރީ އެކެމަކު ހަމަ ނިދައިފި ވަރަށް ބަސްއަހާލައިގެން..." ކުޑަ އެނދުގައި އޮތް މިރެލް ގެ މޫނުގައި މެހެކް އަތް ބީއްސައިލިއެވެ. މަދީނާ ވެސް އެ ކުޑަ އަތްތިލައިގާ ހިފާލިއެވެ. އެވަގުތު މަދީނާ ގެ އަތުގައި މިރެލް ބާރުބާރަށް ނިޔަފަތި އަޅައި ވިކާލި އިހުސާސެއް ކުރެވުނެވެ.

"އައުޗް..." މަދީނާއަށް އަތް ދަމައިގަނެވުނެވެ.

" ކިހިނެއްވީ؟އަޅޭ އެ ކުއްޖާފުޅުވެސް ހޭލެވިދާނެ....ކިހިނެއްވީ މަދީނާ..." މެހެކް އެހިއެވެ.

" މިރެލް ގެ ނިޔަފަތް ހާދަ ދިގޭ...ދެންމެ ވިކާލި އިހުސާސެއް ކުރެވުނީ..." މަދީނާ ހާސްވިއެވެ. އޭނަ ހުރީ މިރެލް ގެ ނިޔަފަތި ތަކަށް ބަލަހައްޓައިގެންނެވެ. މަޑު ފިޔާތޮށިކުލައިގެ ތުނި ނިޔަފަތިތައް ވަނީ ކުރުކޮށެވެ. އެއވެސް ކަހަލަ ތޫނުކަމެއް ނެތެވެ. މެހެކް އަށް ހެވުނެވެ.

"ދެން މަދީނާ ވެސް ދައްކަފާނެ ކޮންމެ ފަދަ ވާހަކައެއްވެސް...އެކުއްޖާގެ ބޮލުގައި އެޅުވީ ހަމަ...ވެދާނެ ސްޓެޓިކް އެލެކްޓްރިސިޓީ ކަމަށް...." މެހެކް އަށް ހުނުން މަތަކުރާންވެސް އުނދަގޫ ވިއެވެ. މަދީނާ މޫނު މަތިގައިވީ އަދިވެސް އެހާ ސީރިޔަސް ކަމެކެވެ.

"ހޫން ދެން ހެވޭ...މިރޭ ދޮންބެ ކިތައް ފަހަރު ގުޅިތަ؟މި އުރޫޖް އެއްވެސް ނުގުޅާ އޭ ހަބަރެއް ދޭންވެސް..." މަދީނާ އަވަހަށް ވާހަކަ ބަދަލުކޮށްލި ނަމަވެސް އޭނާ ހުރީ މިރެލް ގެ ނިދާފައިވާ މޫނަށް ނަޒަރު ހުއްޓާލައިގެންނެވެ. ސްކޭންކޮށްލަނީއެވެ.

" ދެން އެ ދެކުދީންނެއް ނުގުޅާނެއެއްނު....ހަނީމޫން ގަ ވިއްޔާ އެތިބީ ގޮސް...އެކަމަކު ހާދަ ހަިއރާންވެއޭ، ނުގުޅީމަވެސް...އަހރުމެންވެސް ދޯ ދެން...ކަމެއް ރަނގަޅަށް ދާނަމަވެސް ޝައްކުބޮޑުވެފަ މި ތިބެނީ...އަސްލު އެބަ ޖެހޭ އިސްލާހު ވާން....ﷲ ތަޢާލާ އާިއ މެދު ހެޔޮކޮށް ވިސްނުމަށް...އެހާ ވޮރީ ނުކޮށް..ނެގަޓިވް ތިންކިން ކަހަލަ ކަންތައްތަ ބޮލުން ނެރެލާން ޖެހެނީ.. ގަޟާ ގަދަރަށް އީމާންވެ ތަވައްކަލް ކުރަން ފުރިހަމައަށް އެނގުނީމަ ސްޓްރެސް ފްރީވާނެ........ކީކޭ ޑްރާމާ ކުއީން ބުނަނީ..." މަދީޏާ ގެ ކޮލުގަިއ ވިކާލަމުން މެހެކް މަޖާ ވެލިއެވެ.

"ހޫން ދެން....މިރޭ އެހެންވީމަ ޔޫ ވިލް ބީ ހިއާ ދޯ....މިރެލް ގެ ގާޑަކަށް...އޯ ޝެލް އައި ސްޓެއި ޓޫ...ގާލްސް ނައިޓެއް ހަދަން...." މަދީނާ އޭނާ އަސްލު އައި ސަބަބު ބަޔާންކުރިއެވެ. ބޭނުންވީ މިރޭ މިރެލް ގެ ބޯކޮޅު ބަލައިގެން ހުރުމަށެވެ. އެހެން ނޫނަސް މިރޭ އުވެއިސް ގެ ހިލަމެއް ވޭތޯ ބަލަންވެސް ޖެހެއެވެ.

އޭނަގެ އުއްމީދުތައް ފެނަށްވީ ކޮޓަރިއަށް ވަދެފައި ޚުޝަލް ބުނި ޖުމްލަތަކުންނެވެ.

" އުނހު....ގާލސް ނައިޓް ހެދެން ނެތޭ....އެހްން ނުނަސް އުރޫޖް ވަރަށް ބޮޑު އަކުރުން ލިޔެފަ އިން ގްރޫޕް މެސެޖްގަ އިން ހުޝަލް އާއި މެހެކް ނޫން އެްއވެސް މިހަކު މިރެލް އާިއ އެކީ ނުތިބުމަށް ރޭގަނޑުގަ....މަށަށް ހީވަނީ މި މާޒް ލިޔެފައި އިން އިބާރާތެއް ހެން....ލޮލް.."

މަދީނާ ގެ މޫނު ރަތް ވެގެން ދިޔައެވެ. ޚުޝަލް އަކީ މިކާއިލް ގެ އެންމެ ގާތް އެކުވެރިއާއެވެ. މިކާއިލް އޮންނާނީ ހުރިހާ ކަމެއް ހުޝަލް އާއި ހިއްސާ ކޮށްފައެވެ. މަދީނާ އަށް އެކަން އިހުސާސްވިއެވެ.

" ހާދަ ލަސްވީ؟މީކާ އާއި ދިމާވިތަ؟" މެހެކް އަހާލިއެވެ. ހުޝަލް ދިޔައީ ގެއިން ހެދުމާ އެއްޗިހި ބަލައެވެ. މާޒިމްއާއި އުރުޖުވާން ދެ ދުވަހެއް ވަރު ކެންޓް އަށް ދާތީވެ ކުޑަކޮށް ސާމާނު އިތުރުކޮށްލަން މަޖުބޫރުވީއެވެ. މަދީނާ އަވަހަށް ސުވާލަުތަކުން ރެކެން ވެގެން ކޮޓަރިން ދާން ހެދުމުން މަދީނާ ހުއްޓުވިއެވެ.

" މީކާ އެބަ އުޅޭ އައިސް...މިރެލް ދެކިލަން...." އޭނަ ބުނެލިއެވެ. މަދީނާ އަށް އެވަގުތު ހީވި އޭނާގެ ހިތްވެސް ބޭރަށް އައިސް ދާނެއެވެ. އެހާވެސް ބޮޑަށް ފިނިވެ ހާސް ވިއެވެ.

" އީއީއީ....ކިހިނެއް ހަދާނީ....މިހިރީ އަދި ޕިޖާމާގަ....ކޮންމެވެސް ތާކު ފޮރުވަބަލަ...ކޮބާތަ ބުރުގާ އެއް...." މަދީނާ ހާސް ވެގެން ބޯ ނިވާ ކުރާނެ އެއްޗެއްހޯދަން ފެށިއެވެ .އަތު ޖެހުނު ކޮންމެ އެއެއްޗެއްވެސް އެންމެ ރަގަޅެވެ. މިރެލް ލާފައި އޮތް ސޯޓެއް ބޮލުގައި އެޅުމުން ޚުޝަލް ހީހީ ހަލާކުވާވަރުވިއެވެ.

" އެ ޓެސްޓެކޭ....ނާދޭ މީކާ އެއް...ވަރަށް ވަރުގަދަ ހުން ގަނޑަކާއި ލައްވާލައިގެން އައީވެސް...އެންމެނާއި ދިމާވެލާނީ ދެތިން ދުވަސް ފަހުން ކަމަށް ބުނީ..."

" ހޫން ދެން އެއްވެސް މަޖަލެއް ނޫން....މަޖަލަށް ދޮގުވެސް ހަދަން ދޯ....ހާދަ ފުއްސޭ....ނޫޅެން..." މަދީނާ ރުޅިއައިސްގެން ކުދި ކިޔައިގަތެވެ. އޭނަ ހުރި ހާލަތު ފެނި ނުހެވި ތިބެން ވެސް ފަސޭހައެއްނޫނެވެ.

"ދެން އިޓްސް އަޖޯކް އޭ މަދީނާ....ބަލާލަ މިހިރީ މީހާ ރަތް ޖަންބަކަށް ވެފަ...ލޯބި ލޯބި މަދީނާ..." އޭނަ މަދީނާ ގެ ނޭފަތުގައި ހިފާލިއެވެ. އޭނަ އެ އަތް ފޮޅާލަމުން ދުވެފައި ކޮޓަރިން ނުކުތެވެ.

"ދެން ޚުޝަލް ވެސް އެފަކީރަށް އެހްން ހަދާކަށް ނުވާނެ އެއްނު....ވަރަށް ސްޓްރެސް ގަ އެހެން ނޫނަސް...މީކާ އެހާ ދުވަސް ކޮށްފަ އައީމަ ކަންނޭނގެ....މީކާ ގެ ހަބަރެއް ނުވެގެންވެސް އަހާލި ދުރުން ދުރުން....އަނެއްކާ އެ ދެމީހުން އޯކޭތަ؟..." މެހެކް ސީރިޔަސްވިއެވެ.

" ލޯބި އިތުރުވީ ތޯއްޗެއް ދުރުގަ ތިބީމަ..." އޭނަ ހުރީ މަޖާ މޫޑެއްގައެވެ.

"ހްމް ދެން ހުޝަލް ވެސް ވީ ދުރުގަ ހުރެލަން ދުވަސްކޮލަކަށް އެ އިތުރުވާތޯ ބަލާލަން..." މެހެކް ތުން ދަމައިލިއެވެ.

"ތި ދެން އެއްކަލަ...ބަލާލަ މިހާރުވެސް މިތިބީ ކިހާ ދުރެއްގަ...." ދޮރާއި މެހެކް އިށިނދެގެން ހުރި ހިސާބު ދައްކާލަމުން އޭނަ ބުނެލިއެވެ.

***

މާޒިމް ލޯބިވެރި ނަޒަރަކުން އުރުޖުވާނަށް ބަލާލިއެވެ. އޭނާގެ މޫނުމަތިން ހިނިތުންވުމެއް ފެނުނެވެ. އުރުޖުވާން ލަދުވެތިކަމާއެކު ތިރިއަށް ބަލާލިއެވެ. އޭނަ މޭޒުމަތިން އަތްދިއްކޮށްލައި، އުރުޖުވާނުގެ އަތުގައި ހިފާލިއެވެ. އެ ދެމީހުންގެ ހަނދާންތައް ގޮސް ހުއްޓުނީ ސުވިޒަލޭންޑުގައި ހޭދަކުރި ދުވަސްތަކުގައެވެ. ގަދަ ފިނިގަނޑުގެ ތެރޭގައި އުފާވެރިކަމާއެކު ހޭދަކުރި ވަގުތުތަކުގެ ވާހަކަ ދެއްކިއެވެ. ކުޑަކުޑަ ކެފޭއެއްގައި ތިބެގެން ކޮފީ ބުއި ގޮތާއި، ދަތުރެއްގައި މަގު ގެއްލުނު ވާހަކަވެސް ދެއްކިއެވެ.

"އިޓް ފީލްސް ފީލްސް ލައި އަ ލައިފްޓައިމް.....ޒެލްޑާ އެހްނ ބައެއް ފަހަރު ހަބަރުވެލާ...ބުނޭ ލަންޑަނަށް ނާދެވެނީ އޭ ބަލިކޮށް އުލޭތި...މިރެލް ގޮވައިގެން ނަމަވެސް އެކޮޅަށް އަންނަން ވަރަށް ބުނާނެ..." އުރުޖުވާން ބުނެލިއެވެ. މާޒިމް ކަޅި ނުޖަހާ ބަލަން އިންނަ ފާޑުން އުރުޖުވާން ރަކިވެލިއެވެ. މާޒިމް ލޮލުގެ އެސފިޔަވެސް ޖަހާނުލައެވެ.

"ހްމްމް...ސްވިސް އަށް ދާން ހިނގަމާ...އެކަމު ލެޓްސް ޗޭންޖް މުޅިން...." މާޒިމް ބުނެލިއެވެ. އުރުޖުވާން ސަކަރާތުގެ ހިނިގަނޑެއް ޖހާލިއެވެ.

"އެންމެނާއި އެހާ ދުރަށް ދާނީ ކިހިނެއް...އެހެން ނޫނަސް އެތަން އެހާ މުސްލިމް ފްރެންޑްލީ އެއް ނުވާނެ ކަންނޭނގެ...." އުރުޖުވާން ބުނެލިއެވެ. މާޒިމް ދެބަސްވާން ނަހަދައެވެ. އުރުޖުވާންގެ ވާހަކަ އަށް ބޯ ޖަހާލީ އެއްބަސްވުމުގެގޮތުންނެވެ. ދެމީހުންގެ ދޭތެރެގައި ދީނާއި މެދު ކުރެވޭ ބަހުސްތައް ގިނައެވެ. އެކަމަކު މާޒިމްގެ އެ ހިޔާލު ތަފާތުވުން މިރޭގައި ބަހުސަކަށް ނަހަދައެވެ.

" ސޯ....ހިނގާ ދޯ އެހެންވީމަ ރޫމަށް ދަމާ...ފަތިހުން ކެންޓް އަށް...." މާޒިމް ލާނެތް ނަޒަރެއް އުރުޖުވާން އަށް ދިނެވެ. އެވަގުތު ބޭރުން ބާރު އަޑުފަށްގަނޑެއްވެސް އިވިގެންދިޔައެވެ. އުރުޖުވާން އަށް ބިރުން ހަޅޭއްލަވައިގަނެ މާޒިްމ ގެ ގަމީހުގައި ބާރަށް ހިފަހައްޓާލެވުނެވެ. މުޅި އުޑުމަތި ދިއްލިގެން ދިޔައީ އެކި ކުލައިންނެވެ. ލޯފިތައި ބާރުކޮށްލައިގެން ހުރި އުރުޖުވާންގެ ލޮލުގައި މާޒިމް ބޮސް ދިނެވެ.

"އޯޕެން ޔޯ އައިސް...އިޓްސް ފަޔާ ވޯކްސް...."

" އުރުޖުވާން މަޑުމަޑުން ލޯ ހުޅުވާލިއެވެ. އުޑުމަތި ވަނީ ކުލަތަކުން ފުރިފައެވެ. ރަންވިދުވަރުތައް ފުން ނޫކުލައަށް ބަދަލުވެ، އަނބުރާ އަލިފާނުގެ ރަތްކުލައަށް ބަދަލުވަމުންނެވެ.

"މާޒް ޑިޑް ޔޫ؟" އުރުޖުވާން ހީކުރީ އެއީ މާޒިމްގެ ރޭވުމެއް ކަމުގައެވެ. މާޒިމް ނޫނެކޭ ބުނެލީ ފަސްޖެހިފައެވެ. އުރުޖުވާންއަށް އެހާ ކަމުދާ ކަމެއް ކަން ކުރިން އެނގުނުނަމަ އެކަން އޭނާ ކުރީހެއްޔެވެ؟ ހަވާ އަރުވާތަން ބަލަން މާޒިމް ގެ ކޯޓުތެރޭގައި އުރުޖުވާން ބައްދާލައިގެންހުރިއެވެ. އުޑުގަައި ނަށަމުންދާ އަލިތަކަށް ވުރެ އޭނަ ގަޔާވީ އުރުޖުވާންއާ އެވެ. އެ ލޮލުން ފެންނަ އަލިތައް މާ ހިތްގައިމެވެ. އެ މުނު މަތީްނ ފެންނަ އުފާވެރިކަން ހިތް އުފަލުން ބަންޑުންކުރުވައެވެ. އޭނަ ވަގުތު ގުނަމުން ދިޔައީ ހޮޓެލް އަށް ދެވޭނެ އިރަކަށެވެ.

ޓެރެސް އިން ފައިބައިގެން ނިކުމެލި ގަޑީގައި އެ ރެސްޓޯރެންޓުގައި އެހެން ބައެއްގެ ހަފްލާއެއްވެސް އޮތެވެ. މީހުން އެހާމެ ގިނައެވެ.ގިނައިން ތިބީ ވަރަށް ކުރުހެދުމުގައި ތިބި އަންހެނުންތަކެކެވެ. އުރުޖުވާން ފޫހިވިއެވެ. އޭނައަށް ބަލައިލެވުނީ މާޒިމްގެ މޫނަށެވެ. މާޒިމްގެ ލޯ އެ ދިމާލަށް ހުއްޓުމަށް އޭނަގެހިތް ނޭދެއެވެ.

"ނުބަލަން....އިފް ދެޓްސް ވަޓް ޔޫ އާ ތިންކިނގް..." މާޒިމް ބުނެލިއެވެ. އެވަގުތު މާޒިމް ކުރިމައްޗަށް އަރާ ރާ ތައްޓެއް ދިއްކޮށްލީ އަންހެނެކެވެ. އެއީ އެތާ މިީހުންނަށް ރާ ސާވް ކުރަން ހުރި މީހެކެވެ.. އުރުޖުވާން އެވަގުތު އޭނަގެ ކުރިމައްޗަށް އެރިއެވެ.

" ނޯ ވި ޑޮންޓް ނީޑް އިޓް.." އުރުޖުވާން އެ އަންހެން ކުއްޖާ އަށް ބުނެލީ ހަރުކަށި ކޮށެވެ. މީހުން ގިނަވެފައި އޮތުމުން ނިކުތުމަށް ވެސް އުނދަގުލެވެ. އެވަގުތު ހުދު ސޫޓެއްގައި ހުރި ފިރިހެންގެ ގައިގައި އުރުޖުވާން އަޅައިގަތެވެ.މާޒިމްއަށް ހިފެހެއްޓުނީ ކިރިޔާއެވެ.

" ސޮރީ..." އޭނަ މައާފަށް އެދުނެވެ. އެވަގުތު އެމީހާ އެނބުރުނެވެ. ތޮފި އަޅައިގެން ހުރުމުގެ ސަބަބުން މޫނު އެހާ ސާފެއް ނޫނެވެ.

" މައްސަލައެއް ނޫން..." އެމީހާ ޖަވާބު ދިނި ދިވެހިންނެވެ. ދިވެއްސެއްކަން އެނގުމުން ދަންނަ މީހަކަށްވެދާނެތީ ބަލައިލަން އޭނަ ބޭނުންވިއެވެ. ނަމަވެސް އެމީހާ އެތަނުން ދުރަށް ދިޔައެވެ. ހުދު ކޯޓުގައި ހުރި އެ މީހާގެ ވަށައިގެން ގާޑުން ތިއްބެވެ.

"އޯލް އޯކޭ މާޒް؟ކިހިނެއްވެފަ...ދިސް ޕްލޭސް އިޒް ސޯ ކްރައުޑެޑް އަވަހަށް ހިނގާބަ ދާން..." އުރުޖުވާން ހާސްވާން ފެށިއެވެ. މީހުން ގިނަވެފަިއ ވުމާއި އެތަނުގެ އަލި ފަނޑުވެފައު ޑިސްކޯ ލައިޓް ދިއލުމުން އުރުޖުވާން ގެ ހިތް ބިރުގަންނަން ފެށިއެވެ. އާންމުކޮށް ސެވެން ސްޓާ ހޮޓެލް ތަކުގައި ނުކުރާ ކަހަލަ ކަމެކެވެ.

"މޭއިބި ހީ ވޯސް އަ ޕޭޝަންޓް އޮފް މައިން...ނޫނި ބައްޕަ ދަންނަ މީހެއް ކަމަށް ވެސް ވެދާނެ..ހަމަ ގައިމުވެސް ޖައިލަމް ގެ އަޑެއް ނޫން......ޖައިލަމް އަށް ވުރެ އިސްކޮޅުވެސް ދިގު މީހެއް.." މާޒިމް ހިތާ ކިޔާލިއެވެ. އެއީ ކާކުހެއްޔެވެ؟

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު