ހޮސްޕިޓަލަކުން ބަލިމީހެއްގެ ޒާތީ މައުލޫމާތު ލީކުވި މައްސަލައެއް މިނިސްޓްރީން ބަލަނީ

ހެލްތު މިނިސްޓްރީ: ހޮސްޕިޓަލަކުން ބަލިމީހެއްގެ އެކްސް-ރޭއެއް ލީކުކޮށްލި މައްސަލައެއް، މިނިސްޓްރީން ބުނީ ބަލަނީ ކަމަށް --

ހޮސްޕިޓަލަކުން ބަލިމީހެއްގެ އެކްސް-ރޭ އެއް ލީކުކޮށްލި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ހެލްތު މިނިސްޓްރީން ބަލަން ފަށައިފިއެވެ.

މިއީ އިއްޔެ ސޯޝަލް މީޑިއާގައި ދައުރު ވެފައިވާ އެކްސް ރޭ އަކާ ގުޅޭ މައްސަލައެކެވެ. އެކްސް-ރޭގެ ފޮޓޯ ސޯޝަލް މީޑިއާގައި ވައިރަލްވެ، އެކަން އާންމުންގެ ސަމާލުކަމަށް ވަނީ އައިސްފައެވެ.

އެކަމާ ގުޅިގެން "ސަން"އަށް މައުލޫމާތުދެއްވައި ހެލްތު މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ މިނިސްޓްރީގެ ސަމާލުކަމަށް އެކަން އައިސްފައިވާ ކަމަށާއި އެ މައްސަލަ މިނިސްޓްރީން މިހާރު ބަލަމުން ދާކަމަށެވެ.

ނަމަވެސް އެއީ ކޮން ހޮސްޕިޓަލެއް ކަމެއް މިނިސްޓްރީއަކުން ހާމައެއް ނުކުރެއެވެ.

އަދި އެ އެކްސްރޭއަކީ އަސްލު އެކްސްރޭއެއް ކަމެއް ވެސް މިނިސްޓްރީއަކުން ހާމައެއް ނުކުރެއެވެ.

comment ކޮމެންޓް