ރަމަޟާން މަސް ކައިރިވަމުން އަންނަ މި ދަނޑިވަޅުގައި، އައިކެއަރއިން ވަނީ ފްރޭމްތަކާއި އަވިއައިނުތަކުން ބޮޑެތި ޑިސްކައުންޓްތަކަކާއެކު "ނަޔާ ރޯދަ"ގެ ނަނުމުގައި ޚާއްސަ ޕްރޮމޯޝަނެއް ތަޢާރަފްކޮށްފިއެވެ.
މި މަހު އެކެއްގައި ފެށުނު މި ޕްރޮމޯޝަން އޭޕްރިލް ހައެއްގެ ނިޔަލަށް ކުރިއަށް ދާނެއެވެ.
ޚާއްސަ ކޮމްބޯ އޮފާ - ފްރޭމެއް ގަނެ އަވި އައިނަށް ބޮޑު ޑިސްކައުންޓެއް
މި އޮފާގެ ދަށުން ނަންބަރު އައިނެއް އައިކެއާއިން ހައްދައިގެން 1500 ރުފިޔާ އާ ހަމަޔަށް އަވިއަނުން ޑިސްކައުންޓް ލިބިގެންދާނެއެވެ. އެގޮތުން:
- 500 ރުފިޔާގެ ޑިސްކައުންޓް - 1,000 ރުފިޔާއަށްވުރެ މަތީ އަގުގެ އަވި އައިނުތަކަށް
- 1,000 ރުފިޔާގެ ޑިސްކައުންޓް - 2,000 ރުފިޔާއަށްވުރެ މަތީ އަގުގެ އަވި އައިނުތަކަށް
- 1,500 ރުފިޔާގެ ޑިސްކައުންޓް - 3,000 ރުފިޔާއަށްވުރެ މަތީ އަގުގެ އަވި އައިނުތަކަށް
މި ބަންޑަލް އޮފަރުން ކަސްޓަމަރުންނަށް ނަންބަރު އައިނެއް ހެދުމަށްފަހު ހެޔޮ އަގެއްގައި ޕްރިމިއަން އަވިއައިނެއް ފަސޭހަކަމާއެކު ލިބުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ފްރޭމްތަކުގެ އޮފާ - ޕްރީމިއަމް ފްރޭމްތަކަށް 1,500 ރުފިޔާގެ ޑިސްކައުންޓް!
މި އޮފާ ގެ ދަށުން 3000 ރުފިޔާއަށް ވުރެ މަތީގެ އަގުގެ ފްރޭމްތަކުން 1500 ރުފިޔާގެ ޑިސްކައުންޓް ލިބިގެންދާނެއެވެ. މިއީ ފެންވަރު ރަނގަޅު އައިނެއް ހެއްދުމަށް ލިބިގެންދާނެ ރަނުގެ ފުރުސަތުކެވެ!
ފެންވަރު ރަނގަޅު އައިނުގެ ފްރޭމެއް ބޭނުންތޯ 3,000 ރުފިޔާއަށްވުރެ މަތީ އަގުގެ ފްރޭމްތަކަށް 1,500 ރުފިޔާގެ ޑިސްކައުންޓް ލިބޭނެއެވެ.
- އަވި އައިނުގެ އޮފާތައް - މުޅި މަހަށް ޚާއްސަ ޑީލްތައް!
- ސަނީ ސެޓަޑޭސް - ޚާއްޞަކުރެވިފައިވާ އަވި އައިނުތަކަށް ފްލެޓް 990 ރުފިޔާ!
މި އޮފާ ގެ ދަށުން ކޮންމެ ހަފުތާއެއްގެ ހޮނިހިރު ދުވަހު 990 ރުފިޔާގެ ޚާއްސަ އަގެއްގައި ސްޓައިލިޝް އަވިއައިނު ލިބިގެންދާނެއެވެ. މި އޮފާގެ ދަށުން ލިބިގެންދާ ބްރޭންޑްތަކުގެ ތެރޭގައި ރިޒާވް، ނޮކްއެރައުންޑް، އާކަޑިއޯ، ސެންޓްރޯ ސްޓައިލް، ސޮލާނޯ، ސުޕަބައިކް އަދި ޓްރާންސްމިޓް ފަދަ ބްރޭންޑްތައް ހިމެނޭނެއެވެ.
މި ޕްރޮމޯޝަން ދުވަސްވަރުގައި ކޮންމެ ބްރޭންޑެއްގެ ކޮންމެ އަވިއައިނަކުން 30 ޕަސެންޓް ޑިސްކައުންޓް ލިބޭނެއެވެ.