"ވަގުތަކީ އަގުބޮޑު އެއްޗެކެވެ. އޭގެ ބޭނުން ރަގަޅުގޮތުގައި ހިފާށެވެ. ނޫނީ ފަހުން ހިތާމަ ކުރާނެ ދުވަހެއް އައިސްދާނެއެވެ."
***
" ލިމޯ ކާ ވިލް ޕިކް ޔޫ. އެޓް އެއިޓް........ޕެކް ލައިޓް....އައި ވިލް ބީ ވެއިޓިން ފޯ ޔޫ އިން ދަ ހޮޓެލް..." އޭނާގެ ކޯތާފަތަށް ފިނި ވުމުން ކުޑަކޮށް އަމއިްލަ ނަފްސު ހޭލައްވައިލަން މޫނުގައި މަޑުން ޖަހާލިއެވެ. މިއީ ހުވަފެނެއް ބާވައޭވެސް ހިތަށް އެރިއެވެ. މާޒިމް އަކީ އޭނަގެ ލޯ ކުރިމަތީ މިރެލް ނެތިއްޔާ ނުވެސް ނިދޭ މީހެކެވެ. އުރުޖުވާން އަށް އިހުސާސްވީ ތަފާތު އުފަލެކެވެ. މިރެލް ދުނިޔެއަށް އައުމަށް ފަހުގައި އޭނާ އަށް މިފަދަ ހާއްސަ ކަމެއް މާޒިމްގެ ފަރާތުން ދެވުނު ފުރަތަމަ ފަހަރެވެ.
ކައިވެނީގެ ކުރީ ކޮލު މަތީން ހަނދާންވެ އުރުޖުވާންގެ ތުންފަތުގައި ލުއި ހިނިތުންވުމެއް ވިދާލިއެވެ. ލޯގަނޑު ކުރިމަތީ ހުރެ އަމިއްލަ ސޫރައަށް ރަގަޅަށް ބަލާލެވުނެވެ. މިރެއަށް އިތުރަށް ރީތިވެލަން ބޭނުންވެލިއެވެ. ނަމަވެސް އެފަދަ ކަމަކަށް އެހީތެރިވާނީވެސް ކާކުހެއްޔެވެ؟ ގާތް އެކުވެރިއަކީ މަދީނާއެވެ. އޭނަގެ ތަބީއަތު އެހާ ރަނގަޅެއް ނޫނެވެ. އަދި ސެލޫން އަކަށް ދާނެ ވަގުތެއްވެސް ނެތެވެ. މިރޭ ބޭރަށް ދިޔުމުގެ ކުރީން މިރެލްގެ ހުރިހާ ކަމެއްވެސް ފުރިހަމަކުރަންޖެހެވެ.
" ޔޯ ހެޔާ....އިޓްސް ސޯ ލޯންގް....ބިއުޓިފުލް..." ލޭލާގެ އަޑު އިވުމުން އޭނަ ސިހޭގޮތްވިއެވެ. ދޮރު ކައިރިގައި އޭނަގެ ހަރަކާތްތަކަށް ބަލަހައްޓައިގެން މީހަކު ހުރިކަމެއް އޭނާ އަށް ނޭނގުނެވެ. ލޭލާ އައީ މިރެލް ގޮވައިގެންނެވެ. އުރުޖުވާން އަވަސް އަވަހަށް އިސްތަށިގަނޑު ނިވާ ކުރުމަށް ބޮލުގައި ބުރުގާ އެޅިއެވެ. އޭނަ ލަދުން ހުރިކަން އެނގުމުން ލޭލާ އަވަހަށް މާއާފަށް އެދުނެވެ.
" އޮ ސޯ ސޮރީ....އިޒް އިޓް އަ ސިން؟" ލޭލާ އަށް ހީކުރެވުނީ އެއީ ބޮޑު ފާފައެއް ކަމުގައެވެ. އޭނަ ލޭލާ ކޮޓަރިޔަށް ވަނުމަށް ދައުވަތުދިނީ އުފާވެރި ހިނިތުންވުމަކާއެކުގައެވެ. މިރެލް ޖެހިލުންވެފައި އުރުޖުވާން އަށް ބަލަހައްޓައިގެން ހުރީ މަންމަ ރުޅި އައިސްފައިކަމަށް ހީކޮށްފައެވެ. މިރެލް ފެނުނު ކަމަށް ހަދާނުލާ އޭނަ ސަމާލުކަން ދިނީ ލޭލާ އަށެވެ. ލޭލާ އިސްލާމް ދިނާއި މެދުގައި އުފެދިފައިވާ ޝައުޤުވެރިކަމުގެ ވާހަކަތައް އުރުޖުވާން އާއި ހިއްސާކުރަމުންދިޔައެވެ. މުސްލިމުންގެ އަޚުލާޤު ގެ މަތިވެރިކަމާއި މެދު އޭނާ ވަރަށް ހައިރާންވާ ކަމުގައިވެސް ބުނެލިއެވެ.
" އަ މޭން ލައިކް ކެނާން ވިލް ވޯންޓް އަ ސެއިންޓް ލައިކް ވުމެން...."ލޭލާ ފުންނޭވާ އެއް ދޫކޮށްލިއެވެ.އޭނައަށް ލޭލާގެ ހިތުގައިވާ އެއްޗެއް ދެނެގަނެވުނެވެ. ލޭލާ ކެނާން އާއި މެދު ޝައުގުވެރިވާކަން އަބަދުވެސް އެނގެއެވެ. ނަމަވެސް ލޭލާ އެހާ ފާޅުކަން ބޮޑު ގޮތެއްގައި ބުނެލުމުން އުރުޖުވާން ގެ ހިތަށް ތަސައްލީ އެއް ލިބުނެވެ.
" ޑޫ ޔޫ ވޯންޓް ޓު ޓްރައި ދަ ހިޖާބް....ޓު ސީ ހައު ޔޫ ވިލް ލުކް ލައިކް؟." އުރުޖުވާން ޙިޔާލުދިނެވެ. މިރެލް ލޯ އަޅާލައިގެން ހުރީ އުރުޖުވާން ގެ ސަމާލުކަން އޭނާއަށް އެއްވެސް ވަރަކަށް ނުލިބޭތީއެވެ.
"ތޯޓް ޔޫ ވުޑް ނެވާ އާސްކް....ވުޑް ލަވް އިޓް..."ލޭލާގެ އަޑުގައިި ހުރީ ޖޯޝެވެ. ހަމުގެ ކުލަ އެހާ އަލި ކަމުން ކޮންމެ ކުލްއެއްވެސް އޭނާ އާއި ގުޅެއެވެ.
" އައި ވޯންޓް ވެއާ ބްލެކް...." ލޭލާ ނެގީ ކަޅު ޝޯލް އެކެވެ. އޭނާގެ ރަން އިސްތަށިގަނޑު ގަތާލިއެވެ. ލޭލާ ހިޖާބު އަޅާ ނިމުނު ހިނދު އޭނާގެ ލޮލުން އޮހެމުންދިޔައީ ކަރުނައެވެ. އުރުޖުވާން ހީކުރީ އަނެއްކާ އޭނާއަށް ކަމެއް ގޯސް ކޮށް ކުރެވުނީ ކަމަށެވެ.
" އައި ނެވާ ފެލްޓް ސޯ ހޯނާޑް....އިޒް ދިސް ވަޓް އިޓް ފީލްސް ޓު ބީ އަ މުސްލިމް..." ލޭލާ ގެ މޫނު ރަތްވިއެވެ.
"އައި ވޯންތް ޓު ޓޭކް ޝަހާދާ...އައި ރިއަލީ ވޯންޓް ޓު ބިކަމް އަ މުސލްިމް..."ލޭލާ އޭނަގެ ގަައިގާ ހިފަހައްޓައިގެން ހުރެ ރޮމުން ބުނަމުން ދިޔައެވެ. އޭނަ އަށްވެސް އެކަން ވެގެން ދިޔައީ ޖަޒުބާތީ ވަގުތުކޮޅަކަށެވެ.
"ޔޫ އާ ސޯ ޕްރިޓީ ލޭލާ...." މިރެލް ބުނެލިއެވެ. އުރުޖުވާން މިރެލްއަށް ބަލާލާފައި ހިނިތުންވެލިއެވެ.
" ކައިންޑްނެސް ދަރިފުޅު....ސީ ހައު ބިއުޓިފުލް އިޓް އިޒް ޓު ބީ ކައިންޑް...ނޯ މެޓާ ހޫ އިޓް އިޒް ކައިންޑް ވާން ވާނެ...." އުރުޖުވާން ނަސޭހަތްތެރިވިއެވެ. މިރެލް ލޯ ބޮޑުކޮށްލަމުން މަޑުމަޑުން ސޮރީ ބުނެލާފައި އުރުޖުވާންގެ ގައިގައި ބައްދާލިއެވެ.
އޭނަ ލޭލާ އަށް ޝަހާދަތް ލައިދީ މާނަ ކިޔައިދިނެވެ. އަދި އިސްލާމްދީން އުނގެނުމަށް ޝޭޚުންގެ ފަރަާތުން އެހީތެރިކަން ލިބޭނެގޮތްތައް ވެސް ބުނެދިނެވެ.
" ލެޓް މީ ހެލޕް ޔޫ ގެޓް ރެޑީ ފޯ ޔޯ ޑޭޓް ޓުނައިޓް....އައި އޯވް ޔޫ ދިސް އެނޑް މޯ...." ލޭލާ އެދުނެވެ.
***
ލައިލާ ހިޖާބުގެ އެންމެ ފަހު ޕިން ހަރުކުރަމުންދިޔައިރު، އޭނަ އުފާވެރި ހިތަކާއެކު ލޯގަނޑު ކުރިމަތީގައި މަޑުކޮށްލިއެވެ. އެ ނާޒުކު މޫނުމަތީގައި އޮޅާލެވިފައިވާ ފޮތިން އޭނާގެ ހަމުގެ ސާފުކަން އިތުރަށް ފާހަގަކުރެވެއެވެ. އޭނާ ލައިގެން ހުރި ކަޅު ޢަބާޔާ މަޑުމަޑުން އަލިކަމުގެ ތެރޭގައި އެނބުރެމުންދާއިރު، އޭގައި ހުރި ކުދިކުދި އަލި ކުލަތަކުން އޭނާ ފެންނަނީ އުޑުގައި ވިދާ ތަރިތަކެއް ފަދައިންނެވެ. ލައިލާ ފަހަތަށް ޖެހި، އަޖައިބުވެފައި ފުން ނޭވާ އެއް ދޫކޮށލްިއެވެ.
އުރުޖުވާންގެ ތުންފަތުގައި އެއްވެސް މޭކަޕެއް ނެހޭކިޔަސް މަޑު ރަތް ކަމެއް ވެއެވެ. އެ ތުންފަތުގައި ކުޑަ ވެސްލިން ކޮޅެއް ހާކާލުމުން އިތުރަށް ފުރިހަމަވެލިއެވެ. ލޮލުގެ ކަޅިރަވައިގައި އަޅާފައިވާ އަނދުނުން އެ ލޯ އިތުރަށް ތޫނުވެގެން ދިޔައެވެ. ކަލު ކަޅީގެ ރީތިކަން އިތުރަށް ފާޅުވިއެވެ.
"ޔޫ އާ ސޯ ބިއުޓިފުލް...." ލޭލާ ތައުރީފުކުރިއެވެ.
"ހީ ވިލް ގޯ މޭޑް ފޯ ޔޫ...."
މެހެކް އާއި މަދީނާ އަށްވެސް އެތަނަށް އާދެވުނީ އެވަގުތުައެވެ. އުރުޖުވާން ރަކިވެފައި އިސްޖަހާލެވުނެވެ.
" އަޅޭ....އައި ވިޝް އުރޫޖް ކަހަލަ ސްކިން އެއް ލިބޭނެ ނަމައޭ...ކިހާ އޮމާން...އެންމެ ލައް ކޮޅެއް ނެތް..." މަދީނާ ބުނެލިއެވެ.
"ދެން ދޯ...." އުރުޖުޥާން އަށް ބައެއްފަހަރު އެތައުރީފުތަކުން އުދަގޫވެސް ވެއެވެ. އެވަގުތު ބޭރުން ކާރެއްގެ ހާރަން ޖައްސާލި އަޑު އިވުނެވެ. އުރުޖުޥާން ގެ ހިތަށް ހީވީ ކަރަންޓު ޝޮކެއް ޖެހުނު ހެންނެވެ.
"ޔޯ ޕްރިންސް ޗާމިންގ އިޒް ހިއާ..." މެހެކް ބުނެލިއެވެ. ކޮޓަރިން ނުކުތުމާއެކު، އާއިލާގެ ލޯބީގެ ހޫނުކަން އުރްޖުވާނާ ވަށައިލައިފިއެވެ. އުފަލުން ފުރިފައި ހުރި ނަޝީދު އަތްތިލަބަޑި ޖަހާލިއެވެ. އަޙްމަދުވެސް ރުހުމުގެ ގޮތުން ބޯ ޖަހާލިއެވެ. ސިޑިކައިރީގައި ތިބި ނަބިލާގެ ދަތް ތައް ހުރީ އިޝްތިހާރެއްހެން ދިއްލިފައެވެ. އުރްޖުވާނާ ކުރިމަތިލާންޖެހުނު ހުރިހާ ދަތިތަކަކަށްފަހު، އޭނާގެ މޫނުމަތިން ފެންނަ އުޖާލާކަން ފެނި އެންމެންވެސް ތިބީ އުފަލުންނެވެ.
"ދެން....ޔޫ އޯލް އާ މޭކިންގ މީ ޝައި...." އުރުޖުވާން މޫނު ފޮރުވަމުްނ ބުނެލިއެވެ. އެހާ ވެސް އާ ކަމަކަށް ވެފައި އެންމެން ތިބީ އެ އުފަލުގައި ބައިވެރިވެލަންށެވެ.
"ޔޫ ޑިޒާވް އިޓް އުރޫޖް....އޯލްވޭސް ސްޓޭއި ހެޕީ...ހެޕިނެސް ލުކްސް ގުޑް އޮން ޔޫ..." ކެނާން ގެ ލަފުޒުތަކުން ހިތް ބިރުގަތަސް އޭނަ އެކަން ނުދައްލާ ކެނާން އަށް ދިނީ ލުއި ހިނިތުންވުމެކެވެ.
"މިރެލް އަށް ވަރަށް ބަލައްޗޭ...އެއްވެސް ކަމެއް ދިމާވިއްޔާ ޕްލީޒް ކޯލް..." އުރުޖުވާން އެންމެން ގާތު އެދުނެވެ.
މިރެލްގެ އުޅުމާއި ހަރަކާތްތަކުން އޭނަ ހާސްކުރުވައެވެ. ނަމަވެސް މިރެއަކީ މާޒިމް އާއި އޭނާ ގެ ހަޔާތުގައި އާ ފެށުމެއް ކަމުގައި ވުމަށް އުންމީދުކުރެވުނެވެ. ފުން ނޭވާއެއް ލަމުން، އުރްޖުވާން ދޮރާ ދިމާއަށް ހިނގައިގަތެވެ. އޭނާގެ ކޮނޑުގައި ޝޯލް އޮޅާލިއިރު، ހިތްގައިމު ރޭގަނޑުގެ ވައި އޭނާއާ ބައްދަލުކުރިއެވެ. މާޒިމް ދެކޭނެކަމުގެ ޚިޔާލުން އޭނާގެ ހިތުގައި ފޮނި ރިހުމެއް އުފެދުނެވެ. މިރޭގެ މި ވަގުތަކީ ހަމައެކަނި އެ ދެމީހުންނަށް ޚާއްޞަ ވަގުތެކެވެ. އެއްވެސް ބުރައެއް ނެތި، މާޒީގެ ހިޔަނިތަކެއް ނެތި ހަމައެކަނި އެ ދެމީހުންނަށް ކުޑަ ވަގުތުކޮޅަކަށް ލިބޭ ހަމަޖެހުމެކެވެ.
ނުނިމޭ