ލެންސްކާޓުން ސްމާޓް އައިނެއް ތަޢާރަފުކޮށްފި

ލެންސްކާޓްގެ ފޮނިކް އައިނު --

އިންޑިއާގެ މަލްޓިނޭޝަނަލް އައިނު އުފައްދާ ކުންފުންޏެއް ކަމަށްވާ، ލެންސްކާޓުން އައު ސްމާޓް އައިނެއް ތަޢާރަފުކޮށްފިއެވެ.

"ފޮނިކް"ގެ ނަމުގައި ތަޢާރަފުކޮށްފައިވާ މި އައިނަކީ އާންމު އައިނުގެ ސިފަތަކާއި ސްމާޓް ޓެކްނޮލޮޖީ އެއްކޮށްލައިގެން އުފައްދާފައިވާ އަގުހެޔޮ އައިނެކެވެ.

މި އައިނުގައި ފޯނު ކޯލުތައް ނެގުމާއި، މިއުޒިކް އަޑުއެހުމާއި، ވޮއިސް އެސިސްޓެއްގެ ޚިދުމަތާއެކު މުއާމަލާތު ކުރުމުގެ ޚާއްސަ ސިފަތައް ހިމެނެއެވެ. އެންމެ ފިތަކުން މި ހުރިހާ ކަމެއް ކުރެވޭނެއެވެ. މިއީ މި އައިނުގައި ހުންނަ ހަމައެކަނި ފިޒިކަލް ކޮންޓްރޯލް މެކޭނިޒަމެވެ.

ލެންސްކާޓް ފޮނިކް ސްމާޓް އައިނުގެ އަގަކީ 4،000 އިންޑިއަން ރުޕީސްވެ. ނަމަވެސް ވެބްސައިޓުގައި އަގުގެ ގޮތުގައި ޖަހާފައިވަނީ 7،000 އިންޑިއަން ރުޕީސްއެވެ. މި އައިނު ގަންނަން ލިބެނީ ކުންފުނީގެ ވެބްސައިޓުންނާއި އިންޑިއާގެ އެކި ކަންކޮޅުތަކުގައި ހުރި ރީޓެއިލް ފިހާރަތަކުންނެވެ. "ނެވިގޭޓާ" އަދި "ހަސްޓްލާ" މި ދެ ސްޓައިލްގައި މި އައިނު ލިބެން ހުންނާނެއެވެ. މިއީ ފުލް-ރިމް ވާފެއަރާ ޑިޒައިންގެ ފްރޭމްތަކެކެވެ.

ގަންނަ ފަރާތްތަކަށް އެކި ބާވަތުގެ ލެންސްތައް ސެލެކްޓް ކުރެވޭނެއެވެ. އޭގެ ތެރޭގައި އެންޓި-ގްލެއާ ޕްރީމިއަމް، ބީއެލްޔޫ ސްކްރީން ލެންސް، އަދި އޯންޑޭސް ޝެޓާޕްރޫފް ހިމެނެއެވެ. ނަމަވެސް ސެލެކްޓްކުރާ ލެންސްގެ ބާވަތަށް ބަލައި އަގު ތަފާތުވާނެއެވެ. މި އައިނު ލިބެން ހުންނާނީ މެޓް ބްލެކް އަދި ޝައިނީ ބްލޫ މި ދެ ކުލައިގައެވެ.

ލެންސްކާޓް ފޮނިކް ސްމާޓް އައިނުގައި ބްލޫޓޫތު އޯޑިއޯ ވެސް ހިމެނެއެވެ. މީގެ އިތުރުން ސްމާޓްފޯނަކާ ގުޅައިގެން ފޯނު ކޯލުތައް ވެސް ނެނގޭނެއެވެ. ކުންފުނިން ބުނާ ގޮތުގައި މި އައިނުގެ ސަބަބުން އެއްފަހަރާ ގިނަ ކަންތައްތައް ކުރެވޭނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު