ފޭދޫގައި ޒަހަމްކޮށްލި ޒުވާނާގެ މައްސަލައިގެ ތުހުމަތުގައި ހޯދާ މީހުންގެ ތެރެއިން އެކަކު ހައްޔަރުކޮށްފި

ސ. ފޭދޫގައި މިދިޔަ ބުރާސްފަތި ދުވަހު ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ ޒުވާނާގެ މައްސަލައިގެ ތުހުމަތުގައި ފުލުހުން ހޯދަމުން އަންނަ ފަސް މީހުންގެ ތެެރެއިން އެކަކު އިއްޔެ ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެމައްސަލައިގައި ފުލުހުން ހޯދަމުން އަންނަ މީހުންގެ ތެރެއިން އިއްޔެ މެންދުރުފަހުގެ ވަގުތެއްގައި ހައްޔަރުކޮށްފައި ވަނީ 18 އަހަރުގެ ޒުވާނެއް ކަމަށާއި ބާކީ ތިބި ތިން މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެ މައްސަލަައިގައި ފުލުހުން ހައްޔަރުކުރި މީހާއާ ބެހޭ އެއްވެސް ތަފްސީލެއް އޮފިޝަލް ނުދެއްވަ އެވެ.

ބުރަކަށީގެ ތިން ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައި ވަނީ ސ. މީދު ގިފްޓްލޭންޑް، އިބްރާހިމް އަފްޒަލް24، އަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން އަދިވެސް އަންނަނީ ފަރުވާދެމުން ކަމަށާއި ނަމަވެސް އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން ބުންޏެވެ.

އަފްޒަލަށް ހަމަލާދީފައި ވަނީ ފޭދޫ ބަނދަރުމަތީގައި ހުންނަ "ތްރީ އެސް މާޓް" ކިޔާ ފިހާރައެއްގެ ކައިރިން ރައްޓެއްސަކާ އެކު ސައިކަލެއްގައި އަންނަނިކޮށް އެފިހާރައިގެ ކައިރީގައި މަޑުކޮށްގެން ތިބި ގްރޫޕެއްގެ ބަޔެކެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު