"އުފާވެރި އަދި ހިތްދަތި ދުވަސްތަކަކީވެސް ހަޔާތުގެ ބަޔެކެވެ. އަބަދުވެސް ފަހި ވިސްނުން ގެންގުޅުމުން އުފާވެރިކަން ލިބޭނެއެވެ."
***
އިޓްސް މައި ފޮލްޓް....ޔޫރަޕް ޓުއާ އަށް ދާން އޮތީ އެކަމަކު...މައި ވަރަށް ބޭނުން އުމްރާ އަށް ގޮސްލަން..." މައިރާ ދެރަވިއެވެ. ޒަވިޔާރު އެ ރުޅިގަނޑު ބޭލީ މައިރާ ގެ ސަބަބުން ކަމުގައި އޭނާއަށް ވިސްނުނެވެ.
" އެހާ ހާސްވާކަންތައް ތަކެއް ނޫން...މިއީ ޒަވިޔާ އަށް ހެޔޮ މަގުގައި ސާބިތުވާން ލިބޭ ފުރުސަތަކަށް ވެސް ވެދާނެ....އެހްން ނޫނަސް އަޅުވެރި ބައިވެރިޔެއް ލިބުމުން އޭގެ ހެޔޮ އަސަރު އަނެކާ އަށްވެސް ކުރާނެ...ދަރިފުޅު އެހާ ހިތުގަ ނުޖެހެއްޗޭ...ބީ ޕޮޒިޓިވް.."ޒަހްރާ ނަސޭހަތްތެރިވީ މައިރާ ދެރަވެފައި އިނުމުންނެވެ. ނަމަވެސް އޭނާގެ ވިސްނުން ހުރީ ޒަވިޔާރު އާއި އެކަނި އަދި ބައްދަލުކޮށްލައި ވާހަކަ ދެއްކުމަށެވެ.
ޒަވިޔާރު ނިކުމެގެން ދަނިކޮށް ކުރިމައްޗަށް އެރީ ސޯފީ އެވެ. އޭނަ އުރައިލަން އެދުނީ ލޯބި ގޮތަކަށެވެ. އައިސް ހުރި ރުޅިގަނޑުވެސް މުޅިން ފިލައިގެން ދިޔައެވެ. ސޯފީގެ ލޯބި މައުސޫމް ހިނިތުންވުން ފެނި އުފާ ނުވާނެ އިންސާނެއް ހުންނާނެކަމެއް ނޭގެއެވެ. އެހާވެސް ފުރިހަމަ ހިނިތުންވުމެކެވެ. ހިތްތަކަށް ދިރުން ގެނެސްދެއެވެ.
" އަނހަ...މިއަދު ހާދަ ޒަވީ ވެފަ އޭ މިހިރީ..." އާސީ ނިކުތީ ނަމާދު ދޮޅީގައެވެ. އޭނަ ޟުހާ ނަމާދަށް ބަރާބަރަށް ފަރުވާތެރިވާނެއެވެ. ޒަވިޔާރު އަށް ހެވުނެވެ. ބޮޑު ދޮޅި އެއް އަޅައިގެން ހުރުމުން ޒަވިޔާރު އަށް ވީ ބޮޑު ޖޯކަކަށެވެ.
"ހާދަ މާމަ ހެދިފަ؟މިހާރު ތިކަހލަ ބުރުގާ އަށް ބަދަލުވީތަ؟ޔޫ ލުކް ލައިކް އަ ގްރޭންމާ..." ޒަވިޔާރު ހީގަތެވެ. ސޯފީ ވަގުތުން ޒަވިޔާ ގެ މޫނުގައި ވިކާލިއެވެ. ނުރުހުން ވެފައެވެ.
" ނޯ މަންމަ ޕްރިޓީ....ޝީ އިޒް ގޮއިން ޓު ޕްރޭއި...ދޯ މަންމި..." ސޯފީ ގެ ޖުމްލައިން އާސީ ހެވިފައި ބޯ ޖަހާލިއެވެ. ޒަވިޔާ ގެ އެފަދަ ބަސްތަކުން އޭނައަށް އެހާ އަސަރެއް ނުކުރެއެވެ. ޒަވިޔާރު އަބަދުވެސް އެ ފާޑު ބަސްތައް ބުނެ އުޅޭތީ އާދަވެފައިވީއެވެ.
" މިއޮއް ގަޑީ ކޮން ނަމާދެއް...ދެޓްސް ޓޫ މަޗް ބްރޯ...ބަންގި ނުދެނީސް ނަމާދަށް އަރަނީ؟އަސްލުވެސް އައި ފީލް މާ އެކްސްޓްރީމް އޭ މިގޭ އެންމެންވެސް..." ޒަވިޔާރު ސީރިޔަސް ވެލިއެވެ. އޭނަގެ މޫނުމަތީގައި ވީ ނުތަނަވަސްކަމެވެ. ސޯފީ އަށް ހެވުނެވެ. އެ ހުނުމުގެ އަޑު މުޅިތަނުގައި ގުގުމައިލިއެވެ.
" އިޓްސް ޟުހާ ނަމާދް...." އާސީ ބުނެލިއެވެ. ސޯފީ ހުނުން ވައިރަލްވެ އޭނައަށްވެސް ހެވުނެވެ.ޒަވިޔާރު ކަޅި އަނބުރާލަމުން ފޫހި ގޮތަކަށް ނޭވާ ދޫކޮށްލިއެވެ.
" ކޮން ކަމަކާ މި ހެނީ ތިބެ؟ޒަވީ އާ ދިމާ ކުރަނީ ދޯ ތިބެ..." ކައިލް އައެވެ. ޒަވިޔާރު ހުރީ ރަކިވެފައެވެ.
" އެކްސީމިނިސްޓަ އޭ މަންމި އަކީ ޒަވީ އަންކަލް ބުނުއްވީ..." ސޯފީ ބުނެލިއެވެ. ޒަވިޔާރު ބުނި ބަސް އޭނާ އަށް އެނގުނު ގޮތަކަށް ކިޔާލުމުން އަދި މާ މަޖާ ވިއެވެ. ކައިލްއަށް ނޭނގިފައި ހުރެވުނެވެ. އެކަހަލަ ބަސްތައް ކައިލް ވަރަށް ސީރިޔަސް ކޮށް ނަގާކަން އެނގިހުރެ އާސި އަވަހަށް ވާހަކަ އޮޅުވައިލަން މަސައްކަތް ކުރިއެވެ. ނޫނީ ޒަވިޔާރު އާއި އެކު ބޮޑު ބަހުސަކަށް ދާނެތީއެވެ. އަބަދުވެސް ދިނީ ކަންކަމުގައި ފުށު އަރާ ކޯޅުން ބޮޑުވާތަން އާދެއެވެ.
" ސޯފީ ވެސް ދޯ...ހިނގާ އވަހަށް ދެން ނަމާދަށް..މަންމި މިއައީ ހުރިހާ އެއޗެއް ރެޑީ ކޮށްފަ...ޓިކެޓް ލިބުންތަ އެންމެނަށް؟"
" އާނ ލިބުނު...އެކަމަކު އާފްޓާ އަ ވީކް...މިދުވަސްކޮޅު ޗުއްޓީ ވީމަ ކަންނޭނގެ.." އަވަހަށް ދާން ބޭނުންވެފައި ހުރުމުން ކައިލް ހުރީ އެކަމާ އެހާ އުފަލަކުން ނޫނެވެ.
" އެހެންވިއްޔާ ހިނގާ އުމްރާ ދަތުރުގަ ދާން...އާސި މިހާރުވެސް އެހެރީ ރެޑިގަ..." ޒަވިޔާރު ބުނެލިއެވެ. އާސީ ހުރީ ކައިލްގެ ގެ ޖަވާބެއްގެ އިންތިޒާރުގައެވެ. އޭނަ ދާން ބޭނުންވާ ކަން ބުނަން ނުކެރިފައި ހުރެވުނީއެވެ. އެކަމަކު އާއިލާ އެންމެން ދާ ދަތުރެއްގައި ދިޔުމުން އުމްރާ ކުރަން ވެސް ފަސޭހަވާނެއެވެ. ސޯފީ ގޮވަިއގެން އުޅޭ އިރު އެހީވާން ވެސް އެންމެންވެސް ތިބޭނެތީއެވެ.
" މިހާރު ދެން ޓިކެޓެއްވެސް ނުލިބޭނެ..." ކައިލް ބުނެލިއެވެ.
" އެ ކީއްވެ...މަންމަ އެންމެ ކޯލެއް ކުރަންޖެހޭނީ....ކައިލް މެންނަށް ކުރިންވެސް ޓިކެޓް ބުކް ކޮށްފަ އޮތީ އެކަމަކު ދަރިފުޅުމެން ފަހުން ރަޝިޔާ އަށް ދާން ޖެހޭތީވެ ނުނެގީ...މަންމަ އެހެންވިއްޔާ މި ގުޅަނީ..." މައިރާ އާއި އެކީ ޒަހްރާ ނިކުމެގެން އައީ ޒަވިޔާރު ކޮޓަރިންނެވެ. މަންމަގެ ޖުމްލަ އިވުމުން އާސީ އަށް އުފަލުން ރޮވޭވަރުވިއެވެ.
"ޔެސް....އުމްރާ...އައި ގެޓް ޓު ސީ ގެފުޅު...." ސޯފީގެ ދެ ލޯ ދިއްލިގެން ދިޔައެވެ. އުފަލުންނެވެ. ކައިލް އަށް ނޫނެކޭ ބުނަން އުނދަގޫ ވިއެވެ. އެހެން ނޫންސް އެއީ އެމީހުންގެވެސް ފުރަތަމަ އުމްރާއެވެ. ކައިވެނި ކޮށްގެން ސޯފީ ލިބުމާއެކު ދާން ރޭވިޔަސް ހާލަތު ތަން ނުދޭ ފަހަރު ގިނައީއެވެ. މިފަދަ ފުރުސަތެއް ދޫކޮށްލަން އޭނާގެ ވެސް ހިތް ނޭދެއެވެ.
"ލައްބަ...މަންމަ އެހެންވިއްޔާ ގުޅާލަންވީނު....." ކަިއލް އެދުނެވެ. ޒަވިޔާރު ހުރީ ހައިރާންވެފައެވެ. އާސީ އެހާ އުފާ ވި ތަނެއް އޭނާ ދުވަހަކުވެސް ނުދެކެއެވެ. މައިރާ، ޒަވިޔާގެ އަތުގައި ހިފާލިއެވެ. ޒަވިޔާ އިނީ ލަދުންނެވެ. މައިރާ ކުރިމަތީ އޭނަ މަންމަ އާއި ވާހަކަ ދެކެވުނު ގޮތުންނެވެ.
" ލެޓްސް ގޯ ފޯ އަ ރައިޑް..." ޒަވިޔާރު ހިޔާލުދިނެވެ. އުމްރާ އަޅުކަމަށް ފަހު އެ ދާން އޮތް ޓްރިޕް ދެވިދާނެއެވެ. އެހެން ނޫނަސް މިއީ އެންމެން ދާނެ ޓްރިޕެއް ކަމުން މަޖާވެސް ވާނެއެވެ. ޒަވިޔާރު ބޭނުންވީ މާހައުލުގައި އުފާވެރިކަން އޮތުމެވެ. މައިރާ ބޯ ޖަހައިލުމަށްފަހު އަވަހަށް ދިޔައި ތައްޔާރުވެލަންށެވެ.
" ދަރިފުޅު..." ޒަހްރާ ގޮވާލީ ލޯބިންނެވެ.
"ސޮރީ މޯމް....އައި ވޯޒް ޖަސްޓް ޓަޔާޑް..." ޒަވިޔާ ވަގުތުން މާފަށް އެދުނެވެ.
" ހްމްމް...މަންމަ ގެ ބީޕީ ބަލާދޭން ބުނަންވެގެން....ބޭރަށް ދިޔުމުގެ ކުރީން ވަދެލައްޗޭ ކޮޓަރިޔަށް..." ޒަހްރާ އެކަމާ ގުޅޭ އެއްވެސް ވާހަކަ އެއް ނުދެއްކުމުން ޒަވިޔާ ހައިރާންވިއެވެ.
***
"ހޫން ކިޔާބަލަ....ކަންފަތް ވެސް ނުލާހިކު ސާފު ކޮށްލައިގެން މިއަދު މިއައީ...ތި ދައްކާ ވާހަކަ އަޑުއަހަން....ބާބުލާ އާއި އޮތީ ކޮން ގުޅުމެއްތަ؟" ސަކީނާ އިނީ އެ ވާހަކަ އަޑުއެހުމަށް ކެތްމަދުވެފައެވެ.
" އާންޓް ބާބިލް ގެ ނަން ރަނގަޅަށް ނުކިޔަންޏާ ނުކިޔަދޭނަން...." އަލްބާން މޫނު ހަދާލިއެވެ.
" ހޫން ހާދަ ވަރެކޭ ދޯ މިވަނީ....ހޫން ބާބިލް...އޯކޭ...ދެން ކިޔައިދީ..." ސަކީނާގެ ހިތް ބާރަށް ތެޅެންފެށިއެވެ. އަލްބާން ގެ ނިތް ކުރީގައިވެސް ދާ ތިކިތައް ބަބުޅަމުން ދިޔައެވެ.
" ލޯބިވެވުނީ؟" ސަކީނާ އަހާލިއެވެ. އޭނާގެ މޫނުމަތީގައި ޖެއްސުމުގެ އެއްވެސް ކުލަވަރެއް ނެތެވެ. އަލްބާން އެއްޗެއް ނުބުނެ ހިމޭންވިއެވެ.
" ބާބް ގެ ފިރިމީހާ އަކީ ވަރަށް ނުލަފާ މިހެއް....ތަޅާ އަނިޔާ ކުރޭ...އާންޓް އަށް މިވާހަކަ ތައް ކިޔައިދޭންވެސް އުނދަގޫ...އެނގޭ އާންޓް ވެސް އެފަދަ ކަންކަމާ ކުރީން ކުރިމަތިލާން ޖެހުނު ކަން..." އަލްބާން ފެންކަޅިވިއެވެ. ސަކީނާއަށް އިސް ޖަހައިލެވުނެވެ. އޭނާގެ މާޒީއަށް ބަލާއިރު މަރްވާން ގެ ބައްޕަ އަކީ ލިބުނު ހެޔޮ ރަޙްމަތެކވެ. އޭގެ ކުރިގެ ކައިވެނީގައި އުޅެން ޖެހުނީ ވަރަށް ހާލުގައެވެ. އާއިލާ އާއި ދުރުގަ އަނިޔާވެރި ޖަލެއް ފަދަ ތަނެއްގައެވެ.
"އައި ވޯންޓު ހެލްޕް ހާ...އާންޓް އަށް އެރޭ ފެނުނީ..." އަލްބާން ކިޔައިދޭން ފެށިއެވެ. ސަކީނާ އޭނާގެ އަތުގައި ހިފާ ހުއްޓުވިއެވެ.
" އެ އަތުގަ އެ ހުރި ނިޝާން ތަކަކީ އަނިޔާ ކޮށްފަތަ؟" އޭނާ އަށް ބާބިލް އަތުން ކުރިން ފެނުނު އަނިޔާތައް ހަނދާންވެ އަދި ކޮށްލެވުނު ޖެއްސުން ހިތަށް ގެނެވުމުން ވަރަށް ދެރަވިއެވެ. ބާބިލް އަކީ ރަނގަޅު ކުއްޖެކެވެ. އޭނާވެސް ހިތުގެ އަޑިން އެކަން ގަބޫލުކުރެއެވެ. އޭނަވެސް ކިޔާ އެއްޗެއް ކިޔަނީ ހަމައެކަނި އެވަގުތު ކޮށްލާ ޖެއްސުމަކަށެވެ. އެއީ އޭނާގެ ހިތުގައި އެއްވެސް ކަހަލަ ނުބައި ހިޔާލެއް އޮވެގެނެއް ނޫނެވެ. ލޯކަން ގެ ނުބައިކަން ކިޔައި ދީ ނިމުނު އިރު ސަކީނާ ގެ ލޯވެސް ކަރުނުން ތެމުނެވެ.
"ހިނގާ ފުލުހަށް ދަމާ...ތިހެން ނެހެދޭނެ އަހަރުމެންގެ ބާބިލް އަކަށް....މަ ދާނަން ރައީސު އޮފީހަށް ވެސް މި މައްސަލަ ހިފައިގެން ...ކޮބައިތަ އެ ލޯކަން އަކީ..." ސަކީނާ ރުޅިގަދަވިއެވެ.
" ނޫން އެހެން ވެސް ވާކަށް ނެތް...އެއީ ވަރަށް ގިނަ މުއްސަނދި ޕޮލިޓިޝަނުން ގެންގުޅޭ މީހެއް...އެމީހުންގެ ނުބައި ކަންތައް ކުރުވަން ގެނުގުޅޭ ގުލާމެއް...މިވާހަކަ ޕްލީޒް ސިއްރުކޮށްދެއްޗޭ...އަދި ހާއްސަކޮށް ބާބް އަށް.." އަލބާން އެދުނެވެ.
" އެ ކީއްވެ....ބާބް އަކީ އަހަރެން ލޯ މަތިން ބޮޑުވި އަހަރެން ނުލާހިކު ލޯބިވާ ކުއްޖެއް..އެ ފަކީރަށް ބަދު ބަހެއް އެހެން މީހަކު ބުންޏަސް ވަރަށް ފޫހި ވޭ..." ސަކީނާ ދެރަވިއެވެ. އަލްބާން އަށް ހެވުނެވެ. ސަކީނާ ނޫން މީހަކު ބާބިލް އަށް އެހާ ޖެއްސުން ކޮށް ނޫޅޭތީއެވެ.
"ދެން ބުނެބަލަ ކިހިނެއްވީ މަރްވާން އަށް....ލޮލަށް ވެސް ފެނި ނުލައި އުޅެނީ....ދަނީން އާއި މައްސަލއެއް ޖެހުނީތަ؟" ސަކީނާ އަހާލިއެވެ.
"ކިހިނެއް އާންޓް އަށް އެނގުނީ..." އަލްބާން ހައިރާންވިއެވެ.
" އެ ދެކުދިން ރައްޓެހިވެ އުޅޭތާ ކިހާ ޒަމާނެއް....މަރްވާން ނުބުނޭ...އެކަމަކު ބޮޑުދައިތައަށް ނޭގިއެއް ނުހުންނާނެ އެއްނު..." ސަކީނާ އެއް ލޯ މަރައިލިއެވެ.
"އާން އާންޓް އަށް ނޭނގި ނުހުންނާނެ....ތިއީ ހަމަ އެންމެ މޮޅު ޑިޓެކްޓިވް އެއް ވިއްޔާ..." އަލްބާން ފޯނު ނަގައި ޑައިލް ކޮށްލީ މަރްވާންއަށެވެ.
***
މުރުތަސިމް ދިޔައީ މެދުކެނޑުމެއް ނެތި އެލީޒާ ގުޅި ނަންބަރަށް ޑައިލް ކުރަމުންނެވެ. ސިއްސުވާލީ ކާރު ދޮރު ހުޅުވުމުންނެވެ.
" އަހެދް؟" އޭނަ ސިހިފައި އަތުން ފޯނު ދޫވިއެވެ.
"ކިހިނެއްވީ؟ބޮޑު ބިރެއް ފެނުނީތަ؟" އަހެދް ކާރަށް އެރިއެވެ. އަދި ބާރަށް ދޮރު ލައްޕާލިއެވެ. މުރުތަސިމް އަތުން ވެއްޓުނު ފޯނު ނެގުމަށް ގުދުވެލި އިރު އެ ދެމީހުންގެ ބޯ ޖެހުނެވެ.
"އައުޗް.............." އެއްފަހަރާ ބުނެވުނެވެ. އަހެދް އެ ފޯނު ނެގި އިރު ކޮންޓެކްޓް ގައިވީ ނަން ފެނުނެވެ. އެކަމކު އެއީ މާ ބޮޑު އެއްޗެއް ކަމަށް ނުވިސްނައެވެ.
" ތަށި ދޮވެ ނިމުނީތަ؟" މުރުތަސިމް އަހެދް އަތުން ފޯނު ހޯދަމުން އެހީ ވަރަށް ރުންކުރުވެފައެވެ. ހަމަޖެހިލައިގެން ހުރެ އެލީޒީ އަށް ގުޅާލެވެން ނެތެވެ. ކޮންމެ ފަހަރަކު ކޮންމެވެސް މީހަކު އާދެއެވެ.
" ޖަސްޓް ޓޭކް މީ ބެކް ޓު ދަ ހޮޓެލް...އެއްޗެއް ބަލާދާން ބޭނުން.."އޭނަ ބަހަނާ އެއް ދެއްކިއެވެ. އޭނާ ބޭނުންވި ބޭރަށް ޖައްސާލުމަށެވެ. ފިނި ބުރެކެވެ.
"ކޯޗެއް ނަގަން؟...ހުރިހާ ފޮށިތައް ވީ ގޭގައެއްނު..." މުރުތަސިމް އެހިއެވެ.
" ނޯ އައި ފޮގޮޓް ސަމްތިންގް..." އޭނަ ލޯ ބޮޑު ކޮށްލިއެވެ.
"ކޯޗެއް؟..." މުރުތަސިމް އެނގެން ބޭނުންވިއެވެ.
" ސިއްރެއް...." އަހެދް ގޮތް ދައްކާލައި ފޮނި ވެލިއެވެ. މުރުތަސިމް ކާރު ދުއްވާލިއެވެ. އެއްވެސް އެއްޗެއް ނުބުނެއެވެ.
"އޯ...ނޯ މައި ބޭގް...އަދި މަޑުކޮށްލަބަ...ބޭގް ހިފަިއގެން އަނަން ދެން...ފޯނު ވެސް ނެތް..." އަހެދް އާދޭހުގެ ރާގުގައި ބުނެލިއެވެ. މުރުތަސިމް ލޮލުގައި އައިނު އަޅަމުން ހިނިތުންވެލިއެވެ. އޭނާވެސް ގޮތް ދައްކާލީއެވެ.
"އައިމް ނޮޓް ޔޯ ޑްރައިވާ އޯކޭ....ބޭނުންހާ ޑިމާންޑެއް ތިކުރަނީ...ފޯނުން ކާކަށް ގުޅަން ބޭނުންވަނީ...ޔޫ ކޭން ޔޫޒް މައިން...." މުރުތަސިމް ބުނެލިއެވެ. އޭނަ އަތުން އިޝާރާތް ކުރަމުން ކާރު މަޑުކުރުމަށް ބުނަމުން ދިޔައެވެ. މުރުތަސިމް ކަންފަތުގައި ހެޑްސެޓް ޖެހިއެވެ. އޭނަ ގެ އެއްވެސް ވާހަކަ އެއް އަޑުނީވޭ ކަމަށް ހަދާލައިގެން އިނެވެ. އޭނަ އައި ރުޅީގައި ހެޑްސެޓް އަށް ދަމާލި ވަގުތު ކާރުގެ ބުރަކި ޖެއްސުނީ ކިރިޔާއެވެ.
" ވަޓްސް ރޯންގް ވިތް ޔޫ އަހެދް...ސަމްބަޑީ ކުޑް ހޭވް ޑައިޑް...." މުރުތަސިމް ހަޅޭއްލަވައިގަތެވެ. އޭނާ ބިރުން ލޯ މަރައިލަމުން ކަނފަތް މަތީ އަތް އެޅިއެވެ. މުރުތަސިމް އޭނާ ގައިގާ ޖަހާފާނެކަމަށް ހީކުރެވުނެވެ.
"އަހެދް....އަހެދް..." އަހެދް އެއްޗެއް ނުބުނެ އިނުމުން އޭނަ އަތުގައި ކޮށްޓާލިއެވެ. އަހެދް ގެ މޫނުމަތިވީ ރަތްވެފައެވެ. އޭނަ މުރުތަސިމްއަށް ބަލައިލުމަށްފަހު ކާރުން ފޭބިއެވެ. ހައިވޭއިގެ މެދަށެވެ.
"އަހެދް....ޕިސް ވަޓްސް ރޯންގް ވިތް ދިސް ގާލް...." ކާރުތައް ބަރުގޮނު އަލަމުން ދިޔައިރު މުރުތަސިމް އަށް ކާރު އެތާ ބާއްވާފައިވެސް ދެވެން ނެތެވެ.
ނުނިމޭ