ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސްއެލް) ބޯޑުގެ ޗެއާމަނަކަށް ސްޓޭޓް މިނިސްޓަރުކަމުގައި ހުންނެވި އަހުމަދު ޝަފީއު އައްޔަނުކުރައްވައިފިއެވެ.
މީގެ ކުރިން އެ މަގާމުގައި ހުންނެވީ، ޖެނުއަރީ 9، 2024ގައި އެ މަގާމަށް އައްޔަނުކުރެއްވި، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރައްވާފައިވާ މުހައްމަދު މިހާދެވެ.
މިއަދު އައިލެންޑް އޭވިއޭޝަނުން ކުރި ޕޯސްޓެއްގައި ވަނީ އެ މަގާމަށް ޝަފީއު އައްޔަނުކުރައްވާފައިވާ ކަމަށެވެ. އަދި، އޭނާއަށް ވަނީ މަރުހަބާ ކިޔައިފައެވެ.
ޝަފީއަކީ، މިނިސްޓާ އޮފް ސްޓޭޓް ފޯ ހަޔާ އެޑިއުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ.
މި ވަގުތު އައިލެންޑް އޭވިއޭޝަންގެ ބޯޑުގައި އިތުރު ފަސް މެންބަރުން އެބަތިއްބެވެ. އެއީ:
- އެގްޒެކެޓިވް ޑިރެކްޓަރު - އިބްރާހީމް އިޔާސް
- ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު - އަލީ ސަލީމް
- ނޮން އެގްޒެކެޓިވް ޑިރެކްޓަރު - އަބްދުﷲ ސައީދު
- ނޮން އެގްޒެކެޓިވް ޑިރެކްޓަރު - މުހައްމަދު ހައްސާން
- ނޮން އެގްޒެކެޓިވް ޑިރެކްޓަރު - އަހުމަދު އަބޫބަކުރު
މީގެ ކުރިން އެ މަގާމުގައި ހުންނެވި މިހާދު، އެ މަގާމު އިސްތިއުފާދެއްވި ކަމެއް ނުވަތަ ވަކިކުރެއްވި ކަމެއް އަދި މިހާތަނަށް ޔަގީނެއް ނުވެއެވެ.