"ތިބާގެ އަޚާގެ ހާޖަތެއް ފުއްދައިދިނުމުގައި ތިބާވާ ހިނދަކު ﷲ ތިބާގެ ހާޖަތެއް ފުއްދަވާ ދިނުމުގައި ވޮޑިގެންވާނެއެވެ. އެހެން ކަމުން ތިބާ ހެޔޮކަން ގިނަކޮށް މީސްތަކުންނަށް އިހުސާންތެރިވުން ގިނަކުރާށެވެ."

***

ލެޓްސް ރަންއަވޭއި....ޓު ދަ މައުންޓެއިންސް....ޓު ދަ ނައިޓް އިން ސްވިޒަލޭންޑް..." އުރުޖުވާން ގެ ލޮލުގެ ވިދުން ގަދަވިއެވެ. މާޒިމް ގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. މާޒިމް އޭނަގެ މޫނުގައި މަޑުމަޑުން ހިފަހައްޓައިލިއެވެ.

" އައި ވޯންޓް ދަ ސޭމް...." މާޒިމްވެސް ބޭނުންވީ އާ ފެށުމެކެވެ. އެ ލޮލަށް ގެއްލިފައިވީ ހިނދުކޮލު ސިއްސުވާލީ މިރެލްގެ ލޯބި ހިނިގަނޑެވެ. މާޒިމް ގެ ނަޒަރު ވަގުތުން ދަތުރުކުރީ މިރެލްގެ އަޑުއައިދިމާލަށެވެ. މިރެލްގެ ކަންފަތް ކައިރީ ހިކި ފަތް ކޮޅެއް ތަތްވެފައި އޮއްވާ ފެނުނެވެ.

"މި ކޯޗެއް؟....އައި ތޯޓް ބަގްއެއް ކަމަށް......ނަސީބެއް ނު ފަތް ކޮޅެއް...ބޭރަށް ދިޔައީތަ؟." މާޒިމް ކަންބޮޑުވިއެވެ. އުރުޖުވާން ބޯ ހޫރާލިއެވެ.

"އެ ވެދާނެ މަދީނާ ގެ ކޮޓަރިން އައީމަ ކަމަށް ވެސް....މުޅި ތާ އޮތީ ޗަކަ...." އޭނަ ހިނިގަނޑެއް ޖަހާލަމުން މިރެލް އުރާލިއެވެ. މާޒިމް އިތުރު ސުވާލު ކުރުމަށް ބޭނުންވި ކަމުގައި ވިޔަސް ގަޑި ޖެހޭނޭތީވެ އަވަހަށް ތައްޔާރުވުމުގައި އުޅުނެވެ.

"މަދީނާ އެއްނު....ނޮޓް ސަޕްރައިސިންގް....ކޮންމެ ފަދަ ކަމެއްވެސް ޕޮސިބިލް ވިތް ހާ....ދޯ މިރެލް...ޔޯ އާންޓް އިޒް އަ ބިޓް ކްރެކްޑް...." މާޒިމް ސަމާސާއަކަށް ހަދާފައި ބުނެލުމުންވެސް އުރުޖުވާން ލޯ އަޅާލިއެވެ.

" އެނގޭތަ މީކާ އިޒް ކަމިންގް....އައި ތިންކް ދިސް ޓައިމް...." އުރުޖުވާން ވަރަށް ޖެހިލުންވެފައި ނަމަވެސް އެ ވާހަކަ ފެށިއެވެ. މާޒިމް ޓައި އަޅަން ހުރެފައި އެނބުރުނެވެ.

"ޑޯންޓް ޓެލް މީ މަދީނާ އާއި މެރީ ކުރަންށޭ....އައި މީން އިޓްސް ވިޔާޑް....ހުޝަލް އެންޑް މެހްކް... މީ އެންޑް ޔޫ....މަދީނާ އާއި މީކާއިލް އާ މޯ ލައިކް ސިބްލިންގްސް...އެހެން ނޫނަސް އައި ފީލް މިކާ ގެ ވިސްނުން ވަރަށް ތަފާތުހެން....މާ އެކްސްޓްރީމް ގޮތެއް.." މާޒިމް އޭނާގެ ހިތުގައި އޮތް އެއްޗެއް ހާމަ ކުރުމުން އުރުޖުވާން ގެ މޫނަށް އައި ކުލަވަރު ފެނި މައިތިރިވިއެވެ.

" އޯކޭ މާފް.....ނުބުނާނަން އެއްޗެއް....އިޓްސް ދެއާ ޕާސަނަލް މެޓާ ދޯ، އެހެން ނޫނަސް....ބަޓް އައި ހޯޕް މަދީނާ އަށް އެއްވެސް ޕްރެޝާ އެއް ނެތް ކަމަށް....އިފް ޝީ ވޯންޓްސް..." މާޒިމް ކޮނޑު އުފުލާލަމުން ލުއި ހިނިތުންވުމެއް ދިނެވެ. މިރެލް އެހެން ކަމަކާއި އުޅުނަސް ކަނުލާ އެ ހުރިހާ ވާހަކައެއް އަޑުއެހިއެވެ.

" ކިހިނެއްވީ؟އެއްޗެއް ނުބުނެ....ޑިޑް އައި ސޭއި ސަމްތިން ރޮންގް؟" އުރުޖުވާން ހިމޭނުން ހުރުމުން މާޒިމް އަހާލިއެވެ.

" އުފާ ވާނެ ވާހަކައެއް ބުނަން؟" މާޒިމް އުރުޖުވާން ގެ ކަންފަތް ކައިރީ ސިއްރެއް ބުނެލިއެވެ. އުރުޖުވާންގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ.

"ބީ ރެޑީ ބައި 8 މިރޭ....ޔޫ ހޭވް އަ ޑޭޓް ވިޓް މީ...." މާޒިމް ބުނެލިއެވެ. އުރުޖުވާން އަށް ގަބޫލުނުކުރެވިފައި ހުރެވުނެވެ. އަނެއްކާވެސް މާޒިމް ތަކުރާރު ކޮށްލިއެވެ.

"މިރެލް؟...." އުރުޖުވާން އަހާލިއެވެ.

"މިރެލް ނިދާ ގަޑިއެއްނު....އެހެން ނޫނަސް ވީ ހޭވް ސިބްލިންގްސް ފޯ އަ ރިޒަން....ބޭބީ ސިޓާސް....މެހެކް އެނ ޑް ހުޝަލް ވުޑް ހެޕިލީ ކަމް އޯވާ އިފް ޔޫ އާސްކް...." މާޒިމް ބުނެ ނިމުމުން އުރުޖުވާން ވަރަށް ހައިރާން ކަމާއެކު މާޒިމް ގެ ނިތުގައި ަތް ބާއްވާ ހުން ބަލާ ކަމުގަިއ ހަދާލިއެވެ.

" އިޒް ދިސް ރިއަލީ ޔޫ؟...އޯ އަ ގޯސްޓް؟..." އުރުޖުވާން އަށް ހެވުނެވެ. ކުޅެން އިން މިރެލް އެވަގުތު އޭނާ އަތުގަިއ އޮތް ބުދު އެއްލާލިއެވެ.

"އަ ގޯސްޓް....އައިމް އަ ގޯސްޓް...." މިރެލް ވަރަށް އަޑަށް ބާރުލާފަިއ ބުނެލިއެވެ. އެވަގުތު އެ އަޑުވެސް ބަދަލުވިއެވެ. އުރުޖުވާން ވަގުތުން މިރެލް ގެ އަތަށް ފިތާލިއެވެ.

"ނޯ އެހްނ ނުބުނާނެ...މިއީ ޕްރިންސެސް އެއް ނު...ކިހާ ލޯބި ކުއްޖެއް...މަންމި ސޮރީ އެ މަންމި އަށް އޮލިގެން ބުނެވުނު އައްޗި ބަހެއް ދޯ..." މިރެލް ގެ ލޯ އިނީ ހިނދުކޮޅަކަށް ސީލިންގް އަށް ހުއްޓިފައެވެ." އުރުޖުވާން ތަޅުވާލަމުން މިރެލް އެސްފިޔަ ޖަހާލާ ހިނިގަނޑެއް ޖަހާލިއެވެ. މާޒިމް ލަސް ވެފައި ހުރމުން އެހާ އެކަމަކށް ސަމާލުކަމެއް ނުދެވުނެވެ. މާޒިމް އޮފީހަށް ދާން ނިކުމެލީ މިރެލް އާއި އުރުޖުވާން ގެ ނިތުގައި ބޮސް ދެމުންނެވެ.

" ސީ ޔޫ އެޓް އެއިޓް.....އައިމް ޓްރައިންގ....އައި ވޯންޓް އަސް ޓު ވޯކްއައުޓް...ލޯބިން އުޅެން..." މާޒިމް ދަމުން އޭނަގެ އަތަށް ފިތާލިއެވެ. އެ ބަސްތަކުން ހިތަށް ބުނަން ނޭގޭފަދަ އުފަލެއް ލިބުނެވެ. އާ އުއްމީދެއް ހިތުގައި އާލާވިއެވެ.

" އަންކަލް....ބްރެކްފާސްޓް..." މިރެލް ބޭނުންވީ އޭނާގެ ހެނދުނުގެ ނާސްތާ ކެނާން އާއި އެކި ކުރުމަށެވެ. އުރުޖުވާން ގެ ހުރިހާ އުފާވެރި ހިޔާލު ބަނަ ކޮށްލީ ކެނާން ގެ ހަނދާންވުމުންނެވެ. އޭނާ އަށް މިހާރު ކެނާން ފެންނަ ގޮތް ވެސް ތަފާތުވެއެވެ. މާޒިމް ރޭގައި ދެއްކި ވާހަކަތާކއި މެދު ހިތް ނުތަނަވަސް ކުރުވިއެވެ. ކެނާން ކުރެން އަހައިލަންވެސް ހިތް އެދެއެވެ. ނަމަވެސް ހައްތަހާވެސް އެއީ މާޒިމް އަށް ކުރެވޭ ހީ އެއް ކަމުގައި ހިތް ބުނެދެއެވެ. މިރެލް އަނެއްކާވެސް ކޮށްޓާލިއެވެ. މިފަހަރު ބާރަށެވެ. ނިޔަފަތި އަޅުވާލީ އުރުޖުވާންގެ އަތުގައެވެ.

"އައުޗް....މިރެލް...މަންމި އަށް ތަދުވެސް ވެއްޖެ...ނިޔަފަތި ދިގު ވީތަ؟" މިރެލް ގެ މޫނުގައިވީ ލާނެތް ގޮތެކެވެ. ތަފާތު ބެލުމެކެވެ. ހީވި ގަސްތުގައި އުރުޖުވާން އަށް ކޮށްލީ ގޯނާ އެއް ހެންނެވެ. އުރުޖުޥާން އވަހަށް ނިޔަފަތި ބަލާލި އިރު މުޅި ނިޔަފަތި ތެރޭ ކިލަލެވެ.

"ކިހިނެއް މިހާ ހަޑިވީ؟....މިއީ ކޯޗެއް؟..." އުރުޖުވާން ހައިރާންވިއެވެ. މިރެލް އެވަގުތު އޭނާގެ ކުޑަ އިނގިލި ދިއްކޮށްލީ ކުޑަ ދޮރާއި ދިމާއަށެވެ.

" އިއްޔެގަ ތަ؟އެހެން ނު ވާނީ ރޭގަ ނިދީ ފެން ނުވާރާ ވިއްޔާ...އަވަހަށް ހިނގާ ފެންވަރަން ދާން..." އުރުޖުވާން އެއީ އެހާ ބޮޑުކަމަކަށް ނަހަދާ މިރެލް ފެންވެރުމުަށް ތައްޔާރުކުރިއެވެ. ހެދުން ބޭލި އިރު ބުރަކަށިން ފެނުނީ ރަތް ފިއްގަނޑުތަކެވެ.

" އަނެއްކާ އެލާޖީ އެއްތަ....އިއްޔެގަ މާ ގިނައިން ބަގީޗާގައި އުޅުނީމަ ސޫފިތައް ޖެހުނީ ކަންނޭނގެ..." އުރުޖުވާން ކިޔާލިއެވެ.

"ނޯ....އައި ވެންޓް އައުޓް...ލާސްޓްނައިޓް....އާންޓް އޯލްސޯ ޑިޑް..." މިރެލް ބުނެލީ ވަރަށް ހަމަޖެހިލާފައެވެ. އުރުޖުވާން އަށް ހިނދުކޮޅަކަށް ގަބު ވެފައި ހުރެވުނެވެ. އެއީ ގަބޫލުކުރެވޭ ފަދަ ވާހަކަ އެއް ނޫންވީމައެވެ. މިރެލް ފަހަރެއްގައި އެބުނީ އިއްޔެ ހަވީރުގައި ހިނގި ކަމެއްގެ ވާހަކައަކަށްވެސް ވެދާނއެވެ.

"ލާސްޓް ނައިޓް އެއް ނޫނޭ....އީވްނިންގް...ދަރިފުޅުވެސް ދޯ...މަންމަ ބިރުންގަންނުވާލާ ބައެއް ފަހަރު..."

***

" ހޫން ދެން ވަރަށް ފޫހި ޥޭ...ވައި އިޒް އެވްރީބަޑީ އިން މައި ސްޕޭސް....އައި ނީޑް ސަމް ސްޕޭސް....އައި ޖަސްޓް ވޮންޓް ޓު ސީ އުވެއިސް ވަން މޯ ޓައިމް..." މަދީނާ އަތުތެރެއަށް މޫނު ލިއެވެ. ކެނާން ދޮރުގައި ޓަކި ޖަހާ އަޑު އިވުނު ނަމަވެސް ދޮރު ހުޅުވަން ބޭނުމެއް ނުވިއެވެ. ދެތިން ފަހަރު ޓަކި ޖެހުމަށް ފަހު ކެނާން ދިޔަކަން ޔަގީންވުމުން މަދީނާ އެނދުގައި އޮށޯވެލިއެވެ. އެވަގުތު ހަށިގަނޑުގައި ވައިރޯޅިއެއް ބީހިލިއެވެ.

"އުވެއިސް...." މަދީނާ ފުންމައިގެން ތެދުވެ ގޮވައިލެވުނެވެ.

"އައި ނޮ ޔޫ އާ ދެއާ....އަހަންނަށް އެނގޭ...ޖަސްޓް ކަމް އައުޓް ޓު ސީ މީ ފޯ ވަންސް...ރޭގަ އަހރެން ސަލާމަތް ކުރީ އުވެއިސް....އައި ނޯ...ޕްލީޒް...އެންމެ ފަހަރަކު..." މަދީނާގެ އަޑުގައިވީ އާދޭހެވެ. އެވަގުތު ފޯނު ރިންގު ވާން ފެށިއެވެ. ފޯނު ރިންގް އެއްފަހަރު ކަނޑާލުމުން ދެވަނަ ފަހަރުވެސް ރިންގު ވިއެވެ. މަދީނާ އައި ރުޅީގައި ފޯނު ނެގީ ކާކުތޯ ވެސް ބަލާނުލައެވެ.

"ކިހިނެއްވީތަ؟" އޭނަ ޖަވާބު ދިންއިރު ރާގުގައި ރުންކުރުގޮތެއް ހުއްޓެވެ.

" އައިމް ހޯމް...އެހެން ބުނެލަން ކަމަށް....ތިހާ ރުޅި އައިސް ހުރެދާނެއޭ ހިޔެއް ނުކުރަން...." މީކާއިލް ގެ އަޑެވެ. އޭނަ މައިތިރިވިއެވެ.

"ސޮރީ....އައި ޑިޑްންޓް ނޯ އިޓްސް ޔޫ...." އޭނަގެ ޖަވާބާއެކު މީކާއިލް ފޯނު ކަނޑާލިއެވެ. އޭނަ ފުން ނޭވާއެއް ދޫކޮށްލާފައި ފޯނު ދުރަށް އެއްލާލިއެވެ. އެއާއެކު ރޮވެން ފެށުނެވެ. މީކާއިލް ދެރަ ކޮށްލަން ހިތް ނޭދުނު ނަމަވެސް އުވެއިސް ގެ ހިޔާލުތަކުން ދުރުވާން ވެސް އުނދަގޫ ވެއެވެ. މި ސިއްރު މީހާކާއި ހިއްސާ ކުރާނީ ވެސް ކިހިނެއްބާއެވެ. އޭނާއަށް މި ކުރެވެނީ ރަނގަޅު ކަމެއް ނޫންކަން އަމިއްލަ ޒަމީރު ހެކިވެ ބުނެދިން ނަމަވެސް ހިތުގެ އިހުސާސްތަކުން ދުރުވެވެން ނެތެވެ. އަނެއްކާ ވެސް ދޮރުގަ ޓަކި ޖެހެން ފެށިއެވެ. މަދީނާ މިފަހަރު އައި ރުޅިގަިއ ދޮރު ހުޅުވީ ވެސް ބާރަށެވެ.

" މަދީނާ....ވަޓް ހެޕެންޑް..." އުރުޖުވާން ކަންބޮޑުވިއެވެ. މަދީނާގެ ލޯ ވީ ރަތްވެފައެވެ. ކޯތާފަތުގައި ކަރުނައިގެ އަސަރެވެ. މިރެލް އަށް މަދީނާ ފެނުމުން ބާރަށް ހީގަތެވެ. ޖެއްސުން ކުރާފަދަ ގޮތަކަށެވެ. އޭނަ އަނެއްކާވެސް އިށީނީ އެނދުގައެވެ.

"ނޭނގޭ...އައިމް ޖަސްޓް އޯވާވެލްމްޑް....އައި ނީޑް ސަމް ސްޕޭސް..." އޭނަ ދިނީ ރުންކުރު ޖަވާބެކެވެ.

" އާ ޔޫ ޓޫ ކޮންސާންޑް އެބައުޓް ޔޯ ޑައިޓް...ކާކު ބުނީ ަމދީނާ ފަލަ އޭ...ނޫނީ ހަޑި އޭ...ނުލާހިކު ރީތި...ފަތްމިންޏެއް ކަހަލަ ގޮމައެއް....އެހާ ސްޓްރެސް ނުވެބަލަ...މީކާ އެހާ ދުރުން އެ އަންނަނީ ވެސް ހަމަ މަދީނާ އަށް ޓަކައެއްނު....މޭއި ބީ ޔޫ އާ ގެޓިން ދަ މެރިޖް ސްޓްރެސް..." އުރުޖުވާން ބޭނުންވީ އޭނަގެ ހަމަޖެހުން ގެއްލިފައިވާ ހިތަށް ލުޔެއް ދިނުމަށެވެ. ނަމަވެސް އޭނަގެ ރުޅި ވީ އިތުރެވެ.

"ކާކު ބުނީ މެރީކުރަންށޭ... ބޭނުންވަނީ....ނޯބޮޑީ އާސްކަސް މީ އިފް އައި ވޯންޓް އިޓް...." އޭނައަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ. އުރުޖުވާން ޖެހިލުންވިއެވެ. އަނެއްކާ މާޒިމް އެއްޗެކޭ ކީ ބާއެވެ.

"އޯކޭ...ސޮރީ...އައި ތިންކް މައިންޑް ކްލިއާ ކޮށްލަން ބޭނުމީ...މިއަދު ކޭން ޔޫ ފީޑް މޯމް...އައި ރިއަލީ ނީޑް މައި އޯން ސްޕޭސް " އޭނަގެ ލޯ ފޮހެލަމުން ބުނެލިއެވެ. އުރުޖުވާން އަށް މިރޭގެ ހާއްސަ ކަމުގެ ވާހަކަ ދައްކަންވެސް ފަސްޖެހުނެވެ.

" ޑޯންޓް ކްރައި އާންޓީ.....ހި ވިލް ކަމް ޓުނައިޓް...ޖަސްޓް ވެއިޓް ފޯ ހިމް..." މިރެލް އެ ގެ ޖުމްލައިން އޭނަގެ ގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ހަމަ ގައިމުވެސް މިރެލް އެ ދައްކަނީ މީކާއިލް ގެ ވާހަކައެއް ނޫނެވެ.

"ބަލާލަ މިއޮތް ކުޑަ މިރެލް ވެސް ދައްކާ ބޮޑު ވާހަކަ....އެނގޭތަ އިއްޔެ ވަރަށް ކިލާ ކުޅެފަ ހުރީމަ މުޅި ނިޔަފަތި ތަކުގައި ވެސް އޮތީ ހުސް ކިލާ....މަދިރިވެސް އުޅުނު ހެން ޙިވަނީ، މުޅި ބުރަކަށި އޮތީ ރަތް ފިތް ނަގާފައި...އަދި ބުންޏޭ....ލާސްޓް ނައިޓް ވެންޓް އައުޓް ވިތް އާންޓް އޯ...ބިރުން ނެތް ގޮތެއްވެސް ފުރަތަމަ..." އުރުޖުވާން ހީގަތެވެ. އޭނަ އިނީ ލޯ ބޮޑުކޮށްގެން މިރެލް އަށް ބަލަހައްޓައިގެން ގަނޑުވެފައިވާ ބުދެއްހެންނެވެ. މިރެލް ލޯ އަޅާލައި ބޯ އަރިކޮށްލިއެވެ. އަދި ދިނީ ވަރަށް ތަފާތު ހިނިތުންވުމެކެވެ. ވީއިރު ރޭގައި އޭނައަށް ފެނުނީ ހަމަ އަސްލުވެސް މިރެލް ތާއެވެ. އޭނާގެ ހިތް ބާރަށް ތެޅެން ފެށިއެވެ. ނޭވާ ލާން އުނދަގޫ ވެފައި ހާސް ވާގޮތް ވިއެވެ.

" މައި އިންހޭލާ....އިންހޭލާ...." އޭނައަށް ނޭވާލާން އުނދަގޫ ވެ ކަބަޑު މަތި އޮތް އިންހޭލާ ނަގާދިނުމަށް ތަކުރާރުކޮށް އެދުނެވެ. މިރެލް ދުވެފައިގޮސް އަލަމާރި ހުޅުވާލާފައި ސިކުންތެއްގެ ތެރޭގައި އޭނަގެ އަތަށް ހިންހޭލާ ލައިދިނެވެ. އަދިވެސް އެކުއްޖާގެ ތުންފަތްމަތީގައި ވީ އެ ހިނިތުންވުމެވެ. އުރުޖުވާން ވެސް ހަލުވި ކަމާއެކު އޭނަ ހަމަޔަކަށް އަޅުވަން އިންހޭލާ ޖެހުމުގައި އެހީތެރިވެދިނެވެ.

"އާ ޔޫ އޯކޭ؟މާ ސްޓްރެސް ވީމަ އެއީ....އަނެއްކާ ބޭރަށް ނިކުމެ ހެނދުނު ހެނދުނާ އުޅުނީމަ އަސްތްމާ ވޯސް ވީ ކަންނޭނެގެ...." މަދީނާ އުރުޖުވާން ޝައްކުކޮށްފާނެކަމުގެ ބިރުން ބުނެލިއެވެ.މިރެލް އޭނާ ކުޅޭ ބުދުގެނެސް މަދީނާ އަށް ދިނެވެ.

"ޔޫ ކޭން ހޭވް އިޓް....ފޯ އަ ވައިލް..." މިރެލް އެ ދީފައި ދުވެފައިގޮސް ބޭރަށް ނުކުތެވެ.

" މިރެލް ވެސް ދޯ....އެ ބުދު ގަނޑު ހިފައިގެން އަބަދު އުޅޭނީ...ބަޓް ޔޫ މަސްޓް ބީ ވެރީ ސްޕެޝަލް ފޯ ހާ ޓު ގިވް އިޓް ޓު ޔޫ.....އަދި ހެނދުނު ނުކައި އެހެރީ....މަދީނާ ރެސްޓް ކޮށްލާ އިނގޭ...އައި ވިލް ކަމް އިން ވައިލް..." އުރުޖުވާންވެސް އވަސް އަރުވާލަމުން މިރެލް ފަހަތުން ނިކުތެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު