ޕީޕީއެމްގެ ހިތަދޫ ޖަގަހަ ރައީސް މައުމޫން ހުޅުވައި ދެއްވައިފި

އައްޑޫސިޓީގެ ހިތަދޫގައި ޕީޕީއެމް ގޮފިން އިމާރާތްކުރި ޖަގަހަ އެޕާޓީގެ ވަގުތީ ރައީސް ރައީސް މައުމޫނު އަބުދުލް ގައްޔޫމު ރޭ ހުޅުއްވައި ދެއްވައިފި އެވެ.

ހިތަދޫ ގޮފީގެ ޖަގަހަ ހުޅުއްވައިދެއްވުމަށް ފަހު ޕީޕިއެމްގެ މެންބަރުންނާއި މުހާތަބުކުރައްވައި މައުމޫނު ވިދާޅުވީ ހިތަދޫ ގޮފީގެ މެންބަރުން އިމާރަތްކުރި ޖަގަހައަކީ އެބޭފުޅުން އަމިއްލަ ހަރަދުގައި އިމާރަތްކުރި ޖަގަހެއް ކަމަށާއި،އެފަދަ ޖަގަހެއްހުޅުވި އެކަމުގެ ސަބަބުން ހިތަދޫގައި ޕީޕިއެމް އެއްދުވަހުން އަނެއް ދުވަހަށް ކުރިއަރައި ދާނެ ކަމަށެވެ.

"ޕާޓީގެ މެންބަރުންގެ ހިތްވަރުން ޕާޓީ ކުރިއަށް ދާނީ. އަޅުގަނޑުމެންގެ ޕާޓީއަކީ ރައްޔިތުންގެ ހެވާއި ލާބައަށް ޓަކައި އުފައްދާ ފައިވާ ޕާޓީއެއް. ޕާޓީގެ މައިގަނޑު ބޭނުމަކީ ދިވެހި ރައްޔިތުންނަށް ހިދުމަތް ކުރުން ޕާޓީގެ ސަބަބުން ހަރުދަނާ ޑިމޮކްރަސީއެއް ބިނާކުރުން އެޑިމޮކުރަސީގެ ސަބަބުން އިޖުތިމައި ގޮތުންނާއި އިގުތިސާދީގޮތުން ރައްޔިތުންނަށް ކުރިއެރުމާއި ލިބުމަށް މަގުފަހިވެގެންދާނެ، ،" މައުމޫނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ޕާޓީތަކަކީ ވަކިއުސޫލުތަކެއް ގަބޫލުކުރާ ބަޔަކު ކުރިއަށް ގެންދާ ކަމެއް ކަމަށެވެ. އަދި އެއްވެސް ޕާޓީއަކީ ވަކިމީހަކު ބުނާގޮތަށް ވަކިބަޔަކަށް ފުރުސަތާއި މަގުތައް ހޯދައިދިނުމަށް ވަކިބަޔަކަށް ފައިސާ ތަކެއް ހޯދާ ދިނުމަށް އުފައްދަ އެއްޗެއް ނޫންކަމަށެވެ.

ހިތަދޫ ގޮފީގެ ޖަގަހަ ހުޅުވުމަށް ފަހު ގައުމީ ދިދަނަންގަވައިދެއްވީ ރައީސް މައުމޫނުވެ. އެޕާޓީގެ ދިދަ ނަންގަވައިދެއްވީ ދައުލަތަށް ގިނަދުވަހު ހިދުމަތް ކުރެއްވި ބޭފުޅެއްކަމަށް ވާ އުމަރުޒާހިރު އެވެ.

ޕީޕއެމްގެ ހިތަދޫގޮފީގެ އިސްބޭފުޅެއްކަމަށް ވާ އިބުރަހިމްރަޝިދު ވިދާޅުވީ އައްޑޫގައި ޕީޕިއެމް ކުރިއަރުވާ ޕީޕީއެމަކީ އައްޑޫގެ ރައްޔިތުންނަށް ވެސް ހިދުމަތް ކޮސްދޭފަދަ ފަދަ ޕާޓީއަކަށް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ރޭގެ ރަސްމިއްޔަތުގައި ހިތަދޫންޕީޕީއެމާއި އަލަށް ގުޅިވަޑައިގެންނެވި ބައެއް މެންބަރުން ވަނީ ސޮއިކޮށްފަ އެވެ. ޖަގަހަ ހުޅުވުމުގެރަސްމިއްޔާތުގައި ހިތަދޫގެ އެޕާޓީއަށް ސަޕޯޓްކުރަ ގިނައަދަދެއްގެ ފަރާތްތަކުން ބައިވެރި ވިއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު