މަޖިލީހުގެ ގަވައިދުގެ 171 ވަނަ މާއްދާ އުވާލުމަށް ސުޕްރީމް ކޯޓަށް ސަރުކާރުން ހުށަހަޅައިފި

16:58


ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ރުހުން ދިނުމާ ބެހޭ ގުޅޭ ގޮތުން މަޖިލީހުގެ ކޮމިޓީތަކަށް ވަޒީރުން ހާޒިރުކުރުމަށް އަންގަވާފައިވާތީ، މަޖިލީހުގެ ގަވާއިދުގެ 171 ވަނަ މާއްދާގެ (ވ) އުވާލުމަށް އެދި ދައުލަތުގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅުއްވައިފި އެވެ.


މިކަމާ ބެހޭ ތަފްސީލް ދެއްވަމުން އެޓާނީ ޖެނެރަލް އޮފީހުގެ ސޮލިސިޓަރ ޖެނެރަލް އަލްއުސްތާޛު އިބްރާހިމް ރިއްފަތު މިއަދު ސަންއެފްއެމަށް ދެއްވި އިންޓަވިއެއްގައި ވިދާޅުވީ ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައަކީ ވަޒީރުންނަށް ރުހުން ދިނުމާ ބެހޭ ގޮތުން ވަޒީރުންގެ މަޖިލީހުން އަމަލްކުރުމަށް ހަމަޖެހިފައި އޮންނަ އިޖުރާތުގައި ހުރި ބައެއް ކަންކަމާ މެދު ހިތްހަމަނުޖެހިގެން، ގާނޫނީ ގޮތުން ކުރިމަތިވާ ބައެއް މައްސަލަތައް ބަލައިދިނުމަށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ.


ރިއްފަތު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 171 ވަނަ (ވ) ގައި, ގާނޫނު އަސާސީގެ 131 ވަނަ މައްދާގައި ބަޔާންކޮށްފައިވާ ޝަރުތުތަކުގެ އިތުރުން އެހެނިހެން ކަންތައްތަކެއް ހިމަނާފައި އޮތުމަކީ ގާނޫނު އަސާސީގެ 30 ވަނަ މާއްދާގެ ބާރު ކެނޑޭގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ހިމަނާފައިވާ ކަންކަން ކަމަށާއި އެހެންކަމުން އެމާއްދާގައި ހިމަނާފައިވާ ބައެއް ކަންތައްތަކަކީ ގާނޫނު އަސާސީ އާއި ހިލާފަށް ހިމަނާފައިވާ ބައިތަކެއް ކަމަށް ކަނޑައަޅައިދިނުމަށް އެދިފައިވާނެ ކަމަށެވެ.


ދައުލަތުގެ ފަރާތުން މިމައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައި މިވަނީ ވަޒީރުންގެ މަޖިލީހަށް ރުހުން ދިނުމުގެ ކުރިން ވަޒީރުންނާއި އިންޓަވިއުކުރާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ނިންމާފައިވާތީ، މަޖިލީހުގެ ކޮމިޓީތަކަށް ވަޒީރުންނާއި ސަރުކާރު މުވައްޒަފުން ޙާޒިރުވެވަޑައިނުގަންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އަންގަވާފައިވަނިކޮށެވެ. ނަމަވެސް ޤާނޫނު އަސާސީއާއި ޤާނޫނުގައިވާ ގޮތުގެ މަތިން މަޖިލީހަށް ޖަވާބުދާރީވެވަޑައިގަންނަވާނެ ކަމަށްވެސް ރައީސް މަޖިލީހުގެ ރައީސް އަށް ފޮނުއްވި ސިޓީގައިވެ އެވެ.


14:47


މަޖިލީހުގެ  ކޮމެޓީތަކަށް ވަޒީރުން ހާޒިރުކުރަން އަންގާފައިވާތީ މަޖިލީހުގެ ގަވައިދުގެ 171 ވަނަ މާއްދާގެ (ވ) ގާނޫނު އަސާސިއާ ހިލާފު ކަމަށް ކަނޑައަޅައި ދިނުމަށް އެދި ސަރުކާރުން ސްޕްރީމް ކޯޓުގައި ދައުވާކޮށްފި އެވެ.


ވަޒީރުންގެ މަޖިލީހަށް ރުހުން ދިނުމާބެހޭ ގޮތުން  މަޖިލީހުގެ ކޮމެޓީތަކަށް ހާޒިރުވާން އަނގާފައިވާތީވެ މަޖިލީހުގެ ގަވައިދުގެ 171 ވަނަ މާއްދާގެ  (ވ) އަކީ ގާނޫނު އަސާސީއާ ހިލާފު މާއްދާއެއް ކަމަށް ކަނޑައަޅައި ދިނުމަށް ދައުލަތުން ދާދިދެންމެއަކު ސްޕްރީމް ކޯޓަށް މައްސަލަ ހުށހަޅައިފި އެވެ.


(އިތުރު ތަފުސީލު އަންނަނީ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު