ރާއްޖޭގެ 55 ރަށެއްގައި ކައުންސިލް އިދާރާ އިމާރާތް ކުރުމަށް މެލޭޝިޔާގެ ކުންފުންޏަކާ މިއަދު ހަވާލުކޮށްފިއެވެ.
ސިޓީޒް ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީން ބުނީ، ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން 55 ރަށެއްގެ ކައުންސިލް އިދާރާ އެޅުމަށް މެލޭޝިޔާގެ ހެކްސްޓާ ގްލޯބަލްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.

55 ރަށެއްގެ ކައުންސިލް އިދާރާ އެޅުމަށް މެލޭޝިޔާގެ ކުންފުންޏަކާ ހަވާލުކުރުން -- ފޮޓޯ/ ލޯކަލް ގަވަމެންޓް މިނިސްޓްރީ
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ލޯކަލް ގަވަމެންޓް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޑރ. ޢާއިޝަތު މުނާއެވެ.
ކޮންޓްރެކްޓަރގެ ފަރާތުން ސޮއިކުރެއްވީ ހެކްސްޓާ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަލީ ޝަރީފެވެ.

ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް -- ފޮޓޯ/ ލޯކަލް ގަވަމެންޓް މިނިސްޓްރީ
މީގެ ކުރިން އޮތީ ކައުންސިލްތަކަށް އަޅާނުލެވި ކަމަށާއި، ރަަށްރަށުން ރިކުއެސްޓު އައުމުން 187 ރަށެއްގައި ކައުންސިލްގެ އިދާރާތައް އަޅަން ޖެހިފައިވާ ކަމަށް މިނިސްޓްރީން މީގެ ކުރިން އޮތީ ބުނެފައެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒު ނިންމެވީ އެމަނިކުފާނުގެ ޒާމަތުގައި 55 ކައުންސިލް އިމާރާތް އުމްރާނީ ގޮތުން ތަރައްގީ ކުރުމަށް ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެފައިވެއެވެ.