ފެހުރިހި ބަލަންދާ އުޅަނދުތަކުގެ ބުރަފަތީގައި ގާޑު އަޅުވަން ޖެހޭ ގޮތް ހަދަނީ

ފަތުރުވެރިއެއް ފެހިރިއްސަކާ އެއްކޮށް: ފެހުރިހި ބަލަންދާ އުޅަނދުތަކުގެ ބުރަފަތީގައި ގާޑު އަޅުވަން ޖެހޭ ގޮތް ހަދަނީ --- ފޮޓޯ/ ހޮޓެލިއާ މޯލްޑިވްސް

ކުރިއަށް އޮތް ތިން މަސް ތެރޭގައި ފެހުރިހި ބަލަންދާ އުޅަނދުތަކުގެ ބުރަފަތީގައި ގާޑު އަޅުވަން ޖެހޭ ގޮތަށް ގަވާއިދު ހައްދަވާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމް ރޭ ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން ފެހުރިހި ބަލަން ދިޔަ ދެ ފަތުރުވެރިއަކު މިފަހުން މަރުވެފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު ތޯރިގް ވިދާޅުވީ، ފެހުރިހީގެ ގައިގައި ޖެހިގެން ވެސް އެކި ޒަޚަމުތައް ލިބިފައި ހުރި ކަމަށެވެ.

ބުރަފަތީގައި ގާޑު އަޅުވައިގެން ނޫނީ ފެހުރިހި ބަލަން އުޅަނދުތައް އެ ސަރަހައްދަކަށް ނުވަދެވޭ ގޮތަށް ހަދާފައިވާ ގަވާއިދު އަންނަ ހަފުތާގައި އާންމު ކުރާނެ ކަމަށާއި ތިން މަސް ތެރޭ އެ ގަވާއިދަށް އަމަލު ކުރަން ޖެހޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު ތޯރިގު އިބްރާހިމް: ފެހުރިހި ބަލަންދާ އުޅަނދުތަކުގެ ބުރަފަތީގައި ގާޑު އަޅުވަން ޖެހޭ ގޮތް ހަދަނީ -- ފޮޓޯ/ ސަން

ވޭލްޝާކެއްގެ 250 މީޓަރުން އެތެރެއަށް ވަންނަ ކަމަށް ވަންޏާ މިއަދު ނޫނިއްޔާ މި ވީކް ނިމޭއިރު އަޅުގަނޑުމެން ގަވާއިދެއް އިތުރަށް އަންނާނެ ގާޑު އެޅުވުމުގެ. ލޯންޗުގެ ބުރަފަތީގައި ގާޑުއަޅުވައިގެން ނޫނިއްޔާ އެ ސަރަހައްދަށް ނުވަދެވޭނެ ކަމަށާއި އެއީ ވެސް ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި އިމްޕްލިމެންޓްވެގެންދާނެ، އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް

މީގެ އިތުރުން، މިނިސްޓަރު ވިދާޅުވީ، ފެހުރިހި ބަލަންދާ އުޅަނދުތައް ރަޖިސްޓްރީ ކުރަން ޖެހޭނެ ކަމަށާއި އެތަނަށް ދާ އުޅަނދުތަކުގައި ތިބޭނެ ގައިޑުންނަށް ތަމްރީނު ދޭން ޖެހޭކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އެ ގަވާއިދުގެ ދަށުން ފެހުރިހި ބަލަން ކޮންމެ ގައިޑަކާ އެއްކޮށް ދެވޭނީ ފަސް ފަތުރުވެރިންނަށް ކަމަށާއި އެންވަޔަރަމަންޓް މިނިސްޓްރީގެ ލޯންޗެއް އެ ސަރަހައްދު ބަލަހައްޓާ މޮނިޓާ ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

މި ގަވާއިދަށް އަމަލުނުކުރާނަމަ ފިޔަވަޅު އަޅާނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އަހަރު އެއްކޮށް ފެހުރިހި ފެންނަ އަރިއަތޮޅުގައި އޮންނަ ސައުތު އަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ (ސަމްޕާ)އަކީ ފަތުރުވެރިންގެ މެދުގައި އެންމެ 'ހޮޓް ސްޕޮޓް'ކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، އެކި ސަރުކާރުތަކުގައި އެތަން މެނޭޖުކުރަން މަސައްކަތްކޮށްފައި ވިޔަސް ނަތީޖާއެއް ފެނިފައިނުވާ ކަމަށެވެ.

އެހެންވެ، މިދިޔަ އަހަރު އެތަން މެނޭޖުކުރަން އެ ސަރަހައްދުގެ ރަށްތަކުގެ ކައުންސިލްތަކާއި އާންމުންނާއި ގެސްޓުހައުސްތަކާއި ސަފާރީތައް ގެންގުޅޭ މީހުންނާއި އެސޯސިއޭޝަންތަކާ މަޝްވަރާކޮށްފައިވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް

comment ކަނީސާ

2 month 7 day ago

ފެހުރިހި ބަލަންގޮސް ފުއްމާލުމުގައި ބުރަފަތީގައި މީހާ ޖެހެނީ ކަންނެގެއެއްނު. ބުރަފަތިގައި ގާރޑް އަޅުވަން ޖެހެނި ނޫނި ބުރަފަތިން ޖެހި ފެހުރިއްސަށްވެސް އަނިޔާވަނި ކަންނޭގެއެއްނު

comment މަހަށްނުދާމަސްވެރިޔާ

2 month 7 day ago

ފެހުރިހީގެ އަނގައިގެ ތެރެއިން އޭގެ ބަނޑުތެރެއަށް ވަދެވޭނެ. އަދި އަނގަ ލައްޕާލުމުން ކޯތާފަތް ކައިރިން ހުޅުވޭނެ. އެތަނުން ބޭރަށް ނުކުމެވޭނެ. ފެހުރިހީގައި ނުރައްކާތެރި ދަތެއް ނުހުންނާނެ. އެހެންވީމާ ފެހުރިހި ކައިރިއަށް ދިއުމުގައި އެއްވެސް ނުރައްކަލެއް ނެތް.

comment ާއަޒްރާ

2 month 7 day ago

ބުރަފަތީގަ ޖެހި މިމަރުވަނީ ހަމައެކަނި ފިހުރިހި ތަ ނޫނީ އިންސާނުންތަ؟އިންސާނުންނަށް ތި ބުރަފަތިން ވާ ގެއްލުން މާބޮޑު ފުރާނައެއް ސަލާމަތްކުރުމަށްޓަކާވެސް ތިކަން ކުރަން ޖެހޭ ވަޒީރު