މާލޭ ސަރަހައްދުގައި އޮޕަރޭޝަން ކުރަނގީގެ ބޮޑު ހަރަކާތެއް މިއަދު ފަށައިފި

ނުގަވައިދުން އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރަން ފިންގާ ޕްރިންޓާއި ފޮޓޯ ނެގުމުގެ މަސައްކަތް ކުރިއަށް ގެންދަނީ -- ސަން ފޮޓޯ/ މޫސާ ނަދީމް

މާލޭ ސަރަހައްދުގައި އޮޕަރޭޝަން ކުރަނގީގެ ބޮޑު ހަރަކާތެއް މިއަދު ފަށައިފިއެވެ.

އޮޕަރޭޝަން ކުރަނގީގެ މައިގަނޑު މަގުސަދަކީ ދިވެހިރާއްޖޭގައި ޤަވާއިދާ ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމެވެ.

ހޯމް މިނިސްޓްރީން ބުނީ މި އޮޕަރޭޝަންގައި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ 75 އޮފިޝަލުން ހަރަކާތްތެރި ވާކަމަށެވެ. އޮޕަރޭޝަން ކުރިއަށް ދާނީ ހެނދުނު 08:00އިން ހަވީރު 18:00އަށެވެ.

މިއަދުގެ ހަރަކާތުގައި މައުލޫމާތު އެއްކުރަން ހަމަޖެހިފައި ވަނީ ތައުލީމީ ދާއިރާގައި ހަރަކާތްތެރިވާ ބިދޭސީންގެ އިތުރުން ބޮޑެތި ބައެއް ކުންފުނިތަކުގައި ހަރަކާތްތެރިވާ ބައެއް ބިދޭސީންނާ ގުޅޭގޮތުންނެވެ.

މި އިވެންޓްގައި، މިނިސްޓްރީގެ އޮފިޝަލުން މާލޭގެ އިތުރުން، ތިލަފުއްޓާއި ގުޅީފަޅުގައި ހަރަކާތްތެރިވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ހަރަކާތުގައި މައިގްރެންޓް ވޯކާސް ސްކްރީން ކުރުމުގެ މަސައްކަތް އެންޓިޓިޕް އޮފީހުން ކުރިއަށް ގެންދިއުމަށް ވެސް ރާވައިފައިކަމަށް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

އޮޕަރޭޝަން ކުރަނގީގައި މިހާތަނަށް ވަނީ 18000އަށް ވުރެން ގިނަ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކޮށްފައެވެ.

https://sun.mv/200381

އޮޕަރޭޝަން ކުރަނގީގެ ފުރަތަމަ އޮޕަރޭޝަން ފަށައިފައި ވަނީ ނިމިގެން ދިޔަ އަހަރުގެ މެއި މަހުގެ 22ވަނަ ދުވަހު ކ. ހިންމަފުށީގައެވެ.

comment ކޮމެންޓް