އޮސްޓްރޭލިއަން އޯޕަންގެ ހަތަރު ވަނަ ބުރުން ޒުވަރޭވް އާއި އަލްކަރާޒް ޖާގަހޯދައިފި

އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސް އިވެންޓްގެ ހަތަރު ވަނަ ބުރުން މި މުބާރާތުގައި ދެވަނައަށް ސީޑު ކުރެވިފައިވާ ޖަރުމަނުވިލާތުގެ އެލެގްޒެންޑާ ޒުވަރޭވް އާއި ތިންވަނައަށް ސީޑު ކުރެވިފައިވާ ސްޕެއިންގެ ކާލޯސް އަލްކަރާޒް ޖާގަހޯދައިފިއެވެ.

މި މުބާރާތުގެ ހަތަރު ވަނަ ބުރުން ޒުވަރޭވް ޖާގަހޯދީ ތިންވަނަ ބުރުގައި އިނގިރޭސިިލާތުގެ ޖޭކޮބް ފާންލީ އާއި ބައްދަލުކުރި މެޗު ސީދާ ތިން ސެޓުން ކާމިޔާބު ކޮށްގެންނެވެ.

މި މެޗުގެ ސެޓުތައް ޒވަރޭވް ކާމިޔާބު ކޮށްފައިވަނީ ހައެއް ތިނެއް، ހައެއް ހަތަރެއް އަދި ހައެއް ހަތަރަކުންނެވެ.

މި މުބާރާތުގެ ހަތަރު ވަނަ ބުރުގައި ޒުވަރޭވް ބައްދަލުކުރާނީ ސާދަވަނައަށް ސީޑު ކުރެވިފައިވާ ފަރަންސޭސިވިލާތުގެ އޫގޯ ހުންބާޓް އާއެވެ.

ހުންބާޓް ހަތަރުވަނަ ބުރުން ޖާގަހޯދީ އަމިއްލަ ޤައުމަށް ނިސްބަތްވާ ވިހިވަނައަށް ސީޑު ކުރެވިފައިވާ އާތާ ފިލްސް އާއި ބައްދަކުރި މެޗު ހަތަރެއް ހައެއް، ހަތެއް ފަހެއް، ހައެއް ހަތަރަކުން ހުންބާޓް ކުރީގައި އޮވެ ހަތަރު ވަނަ ސެޓުގެ ފުރަތަމަ ގޭމް ނިމުނު ތަނާ ފިލްސް މެޗު ދޫކޮށްލަން ޖެހުމުންނެވެ.

މި މުބާރާތުގެ ހަތަރު ވަނަ ބުރުން އަލްކަރާޒް ޖާގަހޯދީ ޕޯޗުގަލްގެ ނޫނޯ ބޯގެސް އާއި ބައްދަލު ކުރި މެޗު ތިން ސެޓު އެއް ސެޓުން ކާމިޔާބު ކޮށްގެންނެވެ. މި މެޗުގެ ފުރަތަމަ ދެސެޓު ހައެއް ދެއެއް އަދި ހައެއް ހަތަރަކުން އަލްކަރާޒް ކާމިޔާބު ކުރިއިރު ތިންވަނަ ސެޓު ޓައި ބްރޭކަކަށް ގޮސް ތިނެއް ހަތަކުން ކާމިޔާބު ކޮށްފައިވަނީ ބޯގެސްއެވެ.

ނަމަވެސް އަލްކަރާޒް ވަނީ ހަތަރުވަނަ ސެޓު ހައެއް ދެއަކުން ކާމިޔާބު ކޮށް މި މެޗު ކާމިޔާބު ކޮށްފައެވެ.

މި މުބާރާތުގެ ހަތަރު ވަނަ ބުރުގައި އަލްކަރާޒް ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ތިންވަނަ ބުރުގައި އޮސްޓްރޭލިއާގެ އެލެކްސެންޑާ ވުކޮޗް ތިން ސެޓް ދެ ސެޓުން ބަލިކުރި އިނގިރޭސިވިލާތުގެ ޖޭކް ޑްރެޕާ އާއެވެ.

މި މެޗުގެ ސެޓުތައް ގޮސްފައިވަނީ ހައެއް ހަތަރެއް، ދެއެއް ހައެއް، ފަހެއް ހަތެއް އަދި ފަހު ދެސެތު ޓައި ބްރޭކަށް ގޮސް ހަތެއް ފަހެއް އަދި ދިހައެއް އަށަކުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު