"އިބްން ރަޖަބު ރަހިމަހުﷲ ވިދާޅުވެފައިވެއެވެ. ﷲގެ ލޯބިން ހިތް ފުރިފައިވާނަމަ އެހިތުގައި އަމިއްލަ ނަފުސްގެ އެދުންތަކަށް ޖާގައެއް ނޯންނާނެއެވެ."

***

"ޑޯންޓް ގޯ މިރެލް...ވެއިޓް..." މަދީނާ އާދޭސްކުރަމުން އެކުއްޖާގެ ފަހަތުން ދުވެފައި ދިޔައިރު ހިތް ތެޅޭވަރުން މޭ ފަޅާލާފައި ނިކުމެދާނެފަދައެވެ. އެކުއްޖާ ދުވެފައި ދިޔަލެއް ހަލުވި ކަމުން ހީވީ ފައިވެސް ބިންމަތީ ނުޖެހޭހެންނެވެ. މިރެލް ވިދުވަރެއްހެން ބޯ ގަސްތަކުގެ ތެރެއަށް ވަދެ ގެއްލުނެވެ. މަދީނާ އޭނާގެ ނޭވާ ހުސް ވާހެން ހީވުނު ނަމަވެސް ހިތްވަރުލައި ދުވުނީ މިރެލް އަތު ލުމަށެވެ.މިރެލް ގެ ލޯ އަނދިރީގެ ތެރެއިންވެސް ވިދާލައެވެ. ނޫ ކަޅި އިންނަ ލޯ ހާއްސަކޮށެވެ. އޭނާގެ ވަށައިގެންވާ ތަންތަން އެނބުރެމުންދާ ސިފަތަކަކާއި ހިޔަނިތަކެއްގެ ގޮތުގައި ފެނެއެވެ. އެ ކުޑަކުއްޖާގެ ސިފަ ކޮންމެ ސިކުންތަކުން ކުޑަވަމުންދާހެން ހީވެއެވެ. މެދީނާގެ ފެނުން ކުޑަކޮށް ބަނަވެގެންދިޔައެވެ. އޭނާގެ ގައިގެ ބާރު ދޫވަމުންދިޔައެވެ. އޭނާގެ ވަށައިގެންވާ ދުނިޔެ އެނބުރެމުންދިޔައެވެ. ގައިން ބާރު ދޫވެ ވެއްޓެމުންދާކަން އިހުސާސްވިއެވެ. ވަރުބަލިކަމާއި ބިރުވެރިކަމުގެ ބުރަދަން އޭނާ ތިރިއަށް ދަމަމުންދިޔައެވެ. އެކަމަކު އޭނާ ބިމާ ޖެހުމުގެ ކުރިން، ބާރުގަދަ ދެ އަތަކުން އޭނާ ހިފެހެއްޓިއެވެ. ކުއްލިއަކަށް އިހުސާސްވި ހޫނުކަން އޭނާ ވަށައިގެން ފަތުރައިގެންދިޔައެވެ.

މަދީނާގެ ހޭވެރިކަން ކުޑަވަމުންދާ ދިޔަސް އޭނާ އަމިއްލަ ނަފްސާ ހަނގުރާމަކުރަމުންދިޔައެވެ. އޭނާގެ އިހުސާސްތައް މަޑުޖެހިފައިވީ ނަމަވެސް، އެ ފިނިހިލަ، އަތުގެ ބީހުމަކީ އޭނާ އަށް އާ އިހުސާސެއް ނޫނެވެ. ލޯ ހުޅުވާ ބަލައިލަން ބޭނުންވި ނަމަވެސް އޭނާގެ ލޮލަށް ފަރުދާއަކަށް ވީ ފިނި ދުންގަނޑެކެވެ. މަދީނާ ގެ ތުންފަތް މަޑުމަޑުން ތެޅުނެވެ.

" އުވެއިސް...." ލޯ މެރެމުންގޮސް ފުން ނިންޖަކަށް ގެނބުނެވެ.

" މަދީނާ.....މަދީނާ.... މިކޮންހާ ވެއްޔެއް....ބަލާބަލަ މުޅިތަނުގަ ހުސް ކިލާ...."

އުރުޖުވާން އެތަނަށް ވަނީ މަދީނާ ހޭލެއްވުމަށެވެ. އޭރު މުޅި ކޮޓަރިތެރެ ކިލާވެފައިވާތަން ފެނި ހައިރާންވިއެވެ. މޯޅިއަކަށް ދެމެމުން ދިޔަ މަދީނާ އޮތީ އެ އަރާމު ނިދިން ހޭލަން ބޭނުން ނުވެފައެވެ. އުރުޖުވާން ދޮރު ފޮތި ކަހާލުމާއެކު މުޅިތަނަށް ރަސްކަން ކުރީ އިރުގެ ރަން ދޯދިތަކެވެ.

" މަދީނާ....ވޭކް އަޕް....އާންޓް އަށް ގޮވާބަލަ މިރެލް...."

މިރެލް އޭނާގެ ލޯބި ދެއަތުން މަދީނާގެ މޫނުގައި ހިފެހެއްޓިއެވެ. ކޯތާފަތަށް ފިތައިލިއެވެ. މަދީނާ ލޮލުގެ އެސްފިޔަތައް ޖަހައިލަމުން ލޯ ހުޅުވާލިއެވެ. އޭނަގެ ނަޒަރު މިރެލްގެ މޫނަށް ހުއްޓުމާއެކު ސިހިފައި ތެދުވުނެވެ.

"މިރެލް...މިރެލް.....ޔޫ އާ ހިއާ.....މިރެލް..."އޭނަ މިރެލް ގެނެސް މޭގައި ޖައްސާފައި ބާރުކޮށްލިއެވެ. މިރެލް އަށް ވެސް ލިބުނު ހައިރާންކަމުން ކުޑަކޮށް ބިރުގަނެފައި އަޑެއްލައްވާލެވުނެވެ. އޭނަ މިރެލް ގަޔާ ލާ ފިތަލީ އެ ކުއްޖާގެ ނޭވާ ވެސް ހުއްޓިދާނޭ ހާ ބާރަށް ވިއްޔާއެވެ.

"މަދީނާ.....އާ ޔޫ އޯކޭ؟" އުރުޖުވާން ކަންބޮޑުވެފައި މިރެލް އުރައިލިއެވެ.

"މިރެލް....މިރެލް....އައި ޖަސްޓް....ޝީ އިޒް އޯކޭ...." މަދީނާ ހާސް ކަމާއެކު ވާހަކަ ދައްކަން ފެށި ނަމަވެސް އިރުކޮޅަކުން ހަމަޔަކަށް އެޅެމުން ދިޔައެވެ. އޭނާ އެ ހާދިސާ އުރުޖުވާންއަށް ކިޔައިދީފި ކަމުގައި ވާނަމަ އިތުރު މައްސަލައަކަށް ވެދާނެއެވެ. ރޭގެ ހުރިހާ ކަމެއް އޭނާގެ ސިކުނޑީގައި ކުޅެވެމުންދިޔައީ ފިލްމެއްގެ މަންޒަރު ހެންނެވެ. އޭނައަށް މޭމަތީ އަތް އަޅާލެވުނީ އުވައިސްގެ މަތިން ހަދާންވެފައެވެ. ރޭގައި ހަމަ ޔަގީންކޮށް އުވައިސް އޭނަގެ ގާތަށް އައެވެ.

" ބޭޑް ޑްރީމް؟ޑިޑް ޔޫ ސްލީޕް ވޯކް؟" އުރުޖުވާން ކަންބޮޑުވިއެވެ.

މަދިނާ ކުރީންވެސް ނިދީގައި ހިނގާކަން އޭނާއަށް އެނގެއެވެ. ނަމަވެސް ރުޤްޔާ ކުރުމަށް ފަހު އެކަންތައް ރަނގަޅުވިއެވެ. އެފަދަ ކަމަކާ އަނެއްކާ މަދީނާ ކުރިމަތިލާން ޖެހިދާނެ ތީ ހިތް ބިރުގަތެވެ. މިރެލް ވެސް އޭނާގެ މޫނު އުރުޖުވާންގެ މޭގެ ތެރޭގައި ފޮރުވާލިއެވެ. މަދީނާ ހިނދުކޮޅަކަށް ހިމޭނުން އިނދެފައި ހިނިގަނޑެއް ޖަހާލިއެވެ.

"ނޯ ވޭއި...ފަނީ ސްޓޯރީ އަސްލު....އައި ވެންޓް ފޯ އޭން އާލީ ވޯކް ބޭރުގަ....ފަޖުރު ގަޑިވީމަ އެހާ އައްޔެއް ވެސް ނޫން....ޕްލަސް އައި ފެލް އެންޑް ގޮތް ޑިޒީ....އެނދާ ހަމަޔަށް އާދެވުނީ ކިހިނެއް ކަމެއްވެސް ނޭނގޭ....އައި ޖަސްޓް ރިމެމްބާޑް....." މަދީނާ ވާހަކަ އެއް ހަދާލިއެވެ. އުރުޖުވާން އަށް އެއީ ހަގީގަތެއް ކަމުގައި ގަބޫލުކުރަން ދަތިވެފައި ހުރެވުނެވެ.

"އަސްލުވެސް އޭ....އެއްޗެއް ނުވެސް ކައި ހިނގަން ނިކުތީ....ޔޫ ނޯ އައި ވޯންޓެޑް ޓު ސްޓާޓް ޑައިޓިންގ....ބަޓް އައި ގެސް އައިމް އެލާޖިކް ޓު އިޓް...." މަދީނާ އެނދުން ތެދުވުނީ މަޖާވެފައެވެ.

" ޔޫ ޝުއާ ރައިޓް....ނޯ ލައިސް؟" އުރުޖުވާން މަދީނާއަށް ބަލައިލީ ސީރިޔަސް ނަޒަރަކުންނެވެ.

" މްމްމްހްމް...ނޯ ލައިސް....އޮފްކޯޒް..."އޭނަ ނިތަށް ރޫ އަރުވާލަމުން ހީލަމުން ދޮގު ފޮރުވަން މަސައްކަތްކުރިއެވެ.

" ލައިސް....އިޓްސް ބޭޑް...." މިރެލް ހިމޭނުން ހުރެފައި ބުނެލިގޮތުން އޭނަ ގަނޑުވާގޮތްވިއެވެ.

"އާންޓް ދޮގެއް ނަހަދާނެއޭ....ސްޕެޝަލީ މަންމި އަކަށް ދޯ....ޝީ އިޒް މައި ސިސްޓާ އާފްޓައޯލް....އާ ޔޫ ސްޓްރެސްޑް؟މީކާ އަންނާތީ؟އިޒް ދިސް އެބައުޓް ހިމް އޯލް ދިސް ޑައިޓިންގް؟" އުރުޖުވާން ދިމާ ކޮށްލާފަދަ ގޮތަކަށް އެހިއެވެ. އަދި މަދީނާ ގެ ކޮލުގައި ވިކާލިއެވެ.

" މީކާ؟" އޭނަ ހައިރާންވިއެވެ. މީކާއިލްގެ ހަނދާނެއް އޭނާގެ ސިކުނޑީގައި އެއްވެސް ވަރަކަށް ނެތެވެ.

"ސަޕްރައިޒް މަންމީ...." މިރެލް ދަތްތައް ދައްކައިލިއެވެ. އުރުޖުވާން އަށް އޭނާގެ ދުލުގައި ދަތް އަޅާލެވުނެވެ.

" ޑިޑް އައި ރިއަލީ ރުއިން އިޓް....ސޯ ސޮރީ....ނޭނގޭނެއެއްނު މީކާ އެއް ނުބުނޭ ވިއްޔާ ސަޕްރައިޒް އެކޭ...." އުރުޖުވާން ދެރަވިއެވެ.

" ނޯ....އިޓްސް ފައިން....ނަސީބެއްނު...އެހެން ނޫން ނަމަ ޕިޖާމާގަ ހުއްޓާ ކަންނޭނގެ ފެންނާނީ...." މަދީނާ ހުއްޓުނީ ލޯގަނޑުގެ ކުރިމަތީއެވެ.

" ވެލް މިކާ ލަވްޑް ޔޫ ސިންސް ޗައިލްޑްހުޑް ސޯ އައި ގެސް ހީ ވޯންޓް މައިންޑް ޔޫ ލުކިން ލައިކް އަ ޕޮޓޭޓޯވެސް...."

މަދީނާ ގެ ހިޔާލު ހުރީ ރޭގެ އެ ހިނދުކޮޅަށެވެ. އުވެއިސް ގެ ރައްކާތެރިކަމުގެ އަތް އޭނާގެ ގައިގާ އޮޅާލި ހިނދެވެ. އެ ހިޔާލުގައި ހުރި އިރު އޭނާގެ މޫނު ރަތްވިއެވެ.

" ކޮން ވަޑާމެއް...ހާދަ ފޯރި ގަދަ ކޮށްލާފަ...ވަޓްސް އޯލް ދިސް ހެޕިނެސް...." ކޮޓަރިއަށްވަނީ ކެނާންއެވެ. ކެނާން ގެ ވީލްޗެއާ ދުއްވަދޭން އެހީތެރިޔަކަށް ހުރީ ލޭލާއެވެ. އުރުޖުވާންގެ މޫނުމަތީގެ ކުލަ މުޅިން ބަދަލުވެގެން ދިޔައެވެ. މިރެލް އުރުޖުވާންގެ އުނގުން ފައިބައިގެން ފިޔަޖަހަމުން ދުއްވައިގަތީ ކެނާންއާއި ދިމާލަށެވެ.

" އޮ ނޯ....މާޒްގެ ބްރެކްފާސްޓް....އައި ޙޭވް ޓު ގޯ..." އުރުޖުވާން ހަލުވި ފިޔަވަޅުތަކުގައި އެތަނުން ނިކުތެވެ.

" އުރޫޖް އޯކޭ ތަ؟އައި މީން..." ކެނާންގެ ހިތުގައިވި އެއްޗެއް ބާރަށް ބުނެލެވުނުކަން އެނގުނީ މަދީނާ ޖަވާބު ދިނުމުންނެވެ.

" ތިބުނީ؟ޝީ އިޒް އޭޒް ނޯމަލް އޭޒް ޝީ ކޭން ބީ އޮފްކޯޒް..." މަދީނާ ލޯ އަޅައިލިއެވެ. އޭނާ ބޭނުންވީ އެކަނިވެލުމަށެވެ. މިރެލް، މަދިނާގެ އަތުގާ ކޮށްޓާލިއެވެ.

" އުވެއިސް...."މިރެލް ނިކަން ސިއްރުން އޭނަގެ ކަންފަތް ކައިރީގައި ކިޔައިލިއެވެ. އޭނާގެ ހިއްސުތަކަށް ތަފާތު އަސަރެއް ކުރުވިއެވެ. ރޭގައި އޭނަ ދިޔައީ ހަގީގަތުގައިވެސް މިރެލްގެ ފަހަތުން ބާވައޭ ހިތަށް އަރާފައި ބިރުގަތެވެ. މިހުރިހާ ކަމެއްގެ ޖަވާބު އޭނާއަށް ލިބޭނީ އުވެއިސް ފަރާތުންނެވެ. ކެނާން ހުރުމުން މިރެލް އާއި ވާހަކަ ދައްކަން އެއީ ރަނަގޅު ވަގުތެއް ނޫނެވެ.

" ކިހިނެއްވެފަ؟ފޮޓޯ ވެއްޓިފަ؟ވަޓްސް ރޮންގް ވިތް އެވްރީވަން ޓުޑޭއި..." ކެނާން ސުވާލުކުރިއެވެ.

" ސްޓޮޕް ބީންގް އިން އެވްރީވަންސް ބިޒްނެސް ކެނާން....ދެޓްސް ވަޓްސް ރޯންގް....ނައު ކޭން އައި ގެޓް ސަމް ސްޕޭސް ޕްލީޒް..." މަދީނާގެ ރުޅި ބޭލުނީ ކެނާން އަށެވެ.

***

"ކޮބާ މިރެލް؟" މާޒިމް ފާޚާނާއިން ނުކުމެފައި ތެތް އިސްތަށިގަނޑު ވިހުރައިލިއެވެ. ރޭގައި ހިނގައިދިޔަ ހާދިސާގެ ވާހަކަ ނުދައްކަން ދެމީހުންވެސް ހިތުން ނިޔަތް ގަނެފައިވާފަދައެވެ.

"މަދީނާގެ ކޮޓަރީގަ....." އުރުޖުވާން ފުން ނޭވާއެއް ދޫކޮށްލިއެވެ. ރޭގެ ވާހަކަ ނުދެއްކި ކަމުގައި ވިޔަސް އޭނަ ބޭނުންވީ މާޒިމް އާއި އެކު އެކަނި ވަގުތު ކޮޅެއް ހޭދަކޮށްލުމަށެވެ. އޭނަ ދުވަސް ފަށަން ބޭނުންވީ ލޯބިންނެވެ. އަދި މާޒިމްގެ ހިތުގައިވާ ލޯތްބަކީ ހަމައެކަނި މާޒިމް ގެ ހައްގެއްކަމުގައި ޔަގީން ކޮށްދޭން ބޭނުންވިއެވެ.

"ކިހިނެއްވީ؟" އޭނަ ބަލަހައްޓައިގެން ހުރީ މާޒިމް ލަދުގަންނަވާހާ ފުން ނަޒަރަކުންނެވެ.

"ލެޓްސް ރަންއަވޭއި....ޓު ދަ މައުންޓެއިންސް....ޓު ދަ ނައިޓް އިން ސްވިޒަލޭންޑް..." އުރުޖުވާން ގެ ލޮލުގެ ވިދުން ގަދަވިއެވެ. މާޒިމް ގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. މާޒިމް އޭނަގެ މޫނުގައި މަޑުމަޑުން ހިފަހައްޓައިލިއެވެ.

" އައި ވޯންޓް ދަ ސޭމް...." މާޒިމްވެސް ބޭނުންވީ އާ ފެށުމެކެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު